ރާއްޖެއިން ކޯވިޑް19 އަށް އިތުރު 124 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 13 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 11 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 100 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.
މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 21,268 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 2,502 އެކްޓިވް ކޭސް ހިމެނޭއިރު،157 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .
މިހާތަނަށް ރާއްޖެ އިން 64 މީހަކުވަނީ މި ބަލީގައި މަރުވެފައެވެ. އަދި 18,695މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.