ކެމްޕެއިނަށް ރަށްރަށަށް ކަރަންޓީނު ނުވެ،ދެވޭ ގޮތަށް އުސޫލު ބަދަލުކޮށްފި!

Loading

Facebook
Twitter
WhatsApp

ކަރަންޓީނު ނުވެ، މާލެއިން ނުވަތަ މޮނީޓަރިންގެ ހާލަތުގައި އޮތް ރަށަކުން އެހެން ރަށަކަށް، ކެމްޕެއިން ކުރުމަށް ދަތުރުކުރުމުގެ ހުއްދަ އެޗްޕީއޭ އިން ދީފި އެވެ.

މިރޭ ގެނެސްފައިވާ ބަދަލުގައި ބުނެފައި ވަނީ ތާއީދު ހޯދުމާއި، ކެމްޕޭނުގެ ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް، އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރާންވާނީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އެ ކަމަށް ކަނޑައަޅައި އާންމުކުރާ ޚާއްޞަ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

އެ ގައިޑްލައިންގެ ދަށުން ކަރަންޓިނާ ނުލާ ދަތުރުކުރުމުގެ ހުއްދަ ދެނީ 72 ގަޑިއިރު ކުރިން ހަދާފައިވާ ނެގެޓިވް ޕީސީއާރް ޓެސްޓަކާއެކު ފަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށެވެ.​ފަސް ދުވަހަށްވުރެ ދިގު މުއްދަތަކަށް ދަތުރުކުރާނަމަ، 10 ދުވަހުގެ މުއްދަތަށް ކަރަންޓިންވާން ޖެހެ އެވެ.

​މި ދަތުރުތަކުގައި 5 މީހުންނަށްވުރެ ގިނައިން މީހުން ބައިވެރި ނުނެވޭނެކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި ދަތުރުކުރުމުގެ ކުރިން ކެންޑިޑޭޓުން އަދި ކެންޑިޑޭޓުންގެ ފަރާތުން ދަތުރުކުރާ މީހުން އެކަމަށް ހުއްދަ ހޯދަންޖެހެއެވެ.

​އޭގެ އިތުރުން އެޗްޕީއޭއިން ދީފައިވާ ހުއްދަ ރަށަށް ފުރުމުގެ ކުރިން އެރަށެއްގެ ކައުންސިލަށް ފޮނުވަންޖެހެ އެވެ.

އަދި ރައްކާތެރިކަމާއެކު ދަތުރުކުރުމުގެ އިންތިޒާމް އެ ފަރާތަކުން ހަމަޖެއްސުމާއި ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ ނުވަތަ ޕޮޒިޓިވްވި މީހަކާއި ކޮންޓެކްޓްވެފައިވާނަމަ ދަތުރުގައި ބައިވެރިނުވެވޭނެ ކަމަށް ގައިޑްލައިންގައި ބުނެ އެވެ.

ކެމްޕެއިނަށްދާ ޓީމުތަކުން ޑޯޓުޑޯ ކުރިއަށް ނުގެންދިއުމަށާއި އަދި ޖަލްސާ ބާއްވާނަމަ ހާމަކަން ބޮޑު ތަނެއްގައި ވީހާވެސް ކުޑަ ވަގުތެއް ހޭދަވާނޭ ގޮތަކަށް ބައްދަލުވުން ބޭއްވުމަށް ވަނީ ކަނޑައަޅާފައެވެ.

Loading

2 Responses

  1. Covid akee majiliss ge raees ge jeebun nere dhookolla undayeh kan kashavaru ve nimijje! Miskiy thah bandhukuran gengulhey mdn ukulheh kan. Raajjeyga aslu covid neiy kan saabithuvee.

  2. މީހަކީ މައިމޫނާ. ވަރަށް ސާބަސްފުޅު. ޝުކުރިއްޔާ. ތިވަރުވެސް އެންމެރަނަގަޅުކަމަށް ޕޕއެމް އިންބުނަނީ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް