ޝިޕިން އެޖެންޓުންގެ އިތުރުން ސެކަންޑަރީ ޝިޕިން އެޖެންޓުން އައްޔަންކުރަނީ

ރާއްޖެއަށް އަންނަ އަދި ފުރާ އުޅަދުފަހަރުގެ ކަންކަން ބެލެހެއްޓުމަށް އައްޔަންކުރާ ޝިޕިންގ އެޖެންޓުންގެ އިތުރުން ސެކަންޑްރީ ޝިޕިންގ އެޖެންޓުން އައްޔަންކުރަން ނިންމައިފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނެފިއެވެ. ކަސްޓަމްސް އިން ބުނީ ރާއްޖެ އަންނަ އަދި ފުރާ އުޅަނދުފަހަރުގެ ކަންކަން ބެލެހެއްޓުމަށް އުޅަނދުގެ ވެރިފަރާތް ނުވަތަ މާސްޓަރ ބޭނުންވެއްޖެނަމަ މުދަލާ ގުޅުމެއްނެތް ވަކި ހިދުމަތެއް ފޯރުކޮށްދިނުމަށް ސެކަންޑްރީ ޝިޕިންގ އެޖެންޓުން އައްޔަންކުރަން ހަމަޖައްސާފައިވާ ކަމަށާ މި އެޖެންޓުން ހަމަޖައްސަން ނިންމައިފައިވަނީ މިއަންނަ މަހުގެ 15 […]
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް އިންތިހާބު ބޭއްވޭ ގޮތަށް ބިލު ފާސްކޮށްފި!

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލިޔަސް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިހާބު ބޭއްވޭ ގޮތަށް އެ އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށްފި އެވެ. ސަރުކާރުގެ ފަރާތުން ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ހުށަހަޅުއްވާފައިވާ އެ ބިލް ފާސްކުރީ 38 މެންބަރުންގެ ވޯޓުންނެވެ. އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ. މިދިޔަ އަހަރު އެޕްރީލްގައި ބޭއްވުމަށް ތާވަލް ކުރި ކައުންސިލް […]
ވިޑް19: އިއްޔެ ފެނުނީ އިތުރު 69 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 69 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން އެހެން ރަށްތަކުން ފައްސިވި 34 މީހުންގެ ތެރެއިން 8 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށްތަކުންނެވެ.އަދި ތަރައްޤީ ކުރަމުންދާ ރިސޯޓްތަކުން ވަނީ 26 މީހަކު ފައްސިވެފައެވެ. އަނެއް 35 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 14582 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، 960 އެކްޓިވް ކޭސް ހިމެނޭއިރު، […]
ބާސެލޯނާއަށް ސުޕަރކަޕްގެ ތަށި ގެއްލިއްޖެ

ސްޕެނިޝް ސުޕަރކަޕްގެ ފައިނަލްގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބާސެލޯނާއާއި އެތްލެޓިކް ކްލަބް ބައްދަލުކުރި މެޗް 3-2ގެ ނަތީޖާއިން އެތްލެޓިކް ކްލަބުން ކާމިޔާބުކޮށް އެޓީމުން ތަށި އުފުލާލައިފިއެވެ. މެޗްގެ ފުރަތަމަ ގޯލް ޖަހާ ލީޑް ނެގީ ބާސާއިންނެވެ. މެޗްގެ 40 ވަނަ މިނިޓުގައި ގްރީޒްމަން ނަގައިދިން ލީޑް 42 ވަނަ މިނިޓުގައި ބާސާއަށް ގެއްލުނީ، އެތްލެޓިކް ކްލަބުގެ މާކޯސް ކާމިޔާބު ކޮށްދިން ގޯލާއި އެކުގައެވެ. ދެވަނަ ހާފް ފެށިގެން 77 ވަނަ މިނިޓުގައި ބާސާއަށް ދެވަނަ ފަހަރަށް […]
ކޯމާއެއްގައި އޮންނެވި ޔޫސުފް ދީދާތު ނިޔާވެއްޖެ

އިސްލާމް ދީން ދިރާސާކުރައްވައި ދީނީ ޢިލްމު ފެތުރުއްވުމަށް މަޝްހޫރު ޢިލްމުވެރިޔާ އަޙްމަދު ދީދާތުގެ ދަރިފުޅު، ޔޫސުފް ދީދާތު ނިޔާވެއްޖެއެވެ. އޭނާގެ ގަޔަށް ބަޑި ޖަހާފައިވަނީ އިއްޔެގެ ވަގުތެއްގައި ކޯޓުރޫމެއްގެ ބޭރުގައި ހުންނަވަނިކޮށެވެ. ދީންތަކާބެހޭ މަޢުލޫމާތު ހޯއްދަވައި ދިރާސާ ކުރައްވާ ފަރާތެއްކަމަށްވާ ޔޫސުފް ދީދަތު ނިޔާވީ ޑާބަންގެ ހޮސްޕިޓަލެއްގައި ކޯމާއެއްގައި އޮންނަވަނިކޮށްނެވެ. އޭނާ ހޮސްޕިޓަލަށް ގެންދެވުނީ ބަޔަކު ދިން ބަޑީގެ ޙަމަލާއެއްގައި ޒަޚަމްވުމާ ގުޅިގެންނެވެ. ހަމަލާ ދިނީ ކޮންބައެއްކަމެއް ނޭނގެއެވެ. ”ޔޫސުފް ހަމަހިމޭން އަމާން މަރަކުން ނިޔާވި އިރު […]
ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

މާލޭގައި ދިރިއުޅެމުންދާ ކ.ތުލުސްދޫ އަށް ނިސްބަތްވާ، ފާތިމަތު އުލްފާ ނަމަކަށް ކިޔާ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. އާއިލާގެ ފަރާތުން ސޯޝަލް މީޑިޔާގައި ބުނެފައިވާ ގޮތުގައި މިކުއްޖާ އެންމެ ފަހުން ފެނިފައިވަނީ އިއްޔެ ހެނދުނުއެވެ. ހެނދުނު ދިރިއުޅޭ ގެއިން ނިކުމެގެން ދިޔަފަހުން އަދި އެކުއްޖާގެ ޚަބަރެއް ނުވެއެވެ. މިކުއްޖާ ވަނީ ފިރިހެނަކު ބްލެކްމެއިލް ކޮށްގެން ގެންގޮސްފައި ކަމަށް ޢާއިލާއިން ތުހުމަތު ކުރެއެވެ. މިހާރު މިމައްސަލަ ވަނީ ފުލުހުންނަށް ރިޕޯޓް ކޮށްފައެވެ. މިކުއްޖާގެ މައުލޫމާތެއް ލިބިއްޖެ […]
ކެނެޑާއާއި އެމެރިކާގައި ކުޑަކުދިން ކައިވެނި ކުރުން: ޙައްލު ނުވެ އޮތް މައްސަލައެއް

ފަހުގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި އެމެރިކާއާއި ކެނެޑާގައި ކުޑަކުދިން ކައިވެނި ކުރުންވަނީ ގާނޫނާއި ގަވާއިދު ތަކުން ހުއްދަ ކުރެވިފައެވެ. ކެނެޑާގައި ދާދިފަހުން ކުރެވުނު ދިރާސާއަކުން ހާމަވާގޮތުގައި ދެކުނު އެމެރިކާގައި ކުޑަކުދިން ކައިވެނިކުރުންވަނީ ގާނޫނީ ގޮތުން ހުއްދަ ކަމެއް ގޮތުގައި ކަނޑައެޅިފައެވެ. ދެހާސް ވަނަ އަހަރުން 2018ވަނަ އަހަރާ ދެމެދު 3,600އަށް ވުރެ ގިނަ ކައިވެނީގެ ސެޓްފިކެޓު ވަނީ 18އަހަރުނުފުރޭ ކުޑަކުދިންނަށް ދެވިފައެވެ. މީގެ ތެރެއިން 85 އިންސައްތައަކީ އުމުރުގެ ގޮތުން ބޮޑު ތަފާތެއް ހުންނަ ފިރިހެނުންނާއި ކައިވެނި […]
ހުޅުމާލޭގައި ހަނދަމުންދިޔަ އިމާރާތެއްގައި މަރުވިމީހެއްގެ މަރުގެ މައްސަލައިގައި މީހަކު ހޯދަނީ

މިދިޔަ އަހަރުގެ ފެބުރުއަރީ 17 ވަނަދުވަހު ހުޅުމާލޭގައި ހަނދަމުންދިޔަ އިމާރާތަކުން ގަލެއް ވެއްޓި ބޮލަށް ބޮޑެތި ޒަޚަމްތަކެއްލިބިގެން މަރުވި ބިދޭސީމީހާގެ މަރުގެ މައްސަލައިގައި މީހަކު ހޯދުމަށް ފުލުހުން މިއަދު އިއުލާން ކޮށްފިއެވެ. ހާދިސާ ހިނގިތާ ދެ އަހަރު ފަހުން ފުލުހުން މި މައްސަލައާ ގުޅިގެން ހޯދަމުންދާކަމަށް އިއުލާންކުރީ މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވި މީހާއާ އެކު އެ އިމާރާތުގައި މަސައްކަތްކުރި މީހަކު ހޯދުމަށެވެ. ފުލުހުން މިއަދު ބުނީ އެ މުއައްސަސާއިން ބަލަމުންދާ މަރުގެ މައްސަލައަކާ ގުޅިގެން […]
ހަނގުރާމައަށް ސީރިއާއަށް ދިޔަ ކަމަށް ތުހުމަތު ކުރެވޭމީހަކު ދޫކޮށްލައިފި

ހަނގުރާމައަށް ސީރިއާއަށް ދިޔަކަމަށް ތުހުމަތުކޮށް ހައްޔަރު ކުރި މީިހަކު ޓެގް އެޅުވުމަށްފަހު ދޫކޮށްލައިފި އެވެ. ފުލުހުން މިއަދު ބުނީ އެ މީހާއަކީ ޓެރަރިސްޓް ޖަމާއަތަކާއެކުސީރިޔާގެ ދާޚިލީ ހަނގުރާމައަަށް ބައިވެރިވުމަށް ސީރިއާ އަށް ދަތުރުކުރިކަމުގެ ތުހުމަތުގައި 15 އޮކްޓޯބަރު ދުވަހުގެ ރޭ ހައްޔަރުކުރި އުމުރުން 34 އަހަރުގެ ފިރިހެނެއްކަމަށެވެ. ފުލުހުން ބުނީ އެ މީހާ ހައްޔަރުކުރުމަށްފަހު ނޭޝަނަލް ރަޖިސްޓްރޭޝަން ސެންޓަރުގައި ބެހެއްޓުމަށްފަހު ޑިސެމްބަރު ތިން ވަނަ ދުވަހު ދޫކޮށްފައިވާކަމަށެވެ. އެ މީހާ ދޫކޮށްފައި ހުންނަ ހުރުމުގައި މޮނިކޮމް އަމރުގެ […]
ކޯވިޑް19: އިއްޔެ ފެނުނީ އިތުރު 51 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 51 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން އެހެން ރަށްތަކުން ފައްސިވި 32 މީހުންގެ ތެރެއިން 3 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ތަރައްޤީ ކުރަމުންދާ ރިސޯޓްތަކުން ވަނީ 28 މީހަކު ފައްސިވެފައެވެ.ހަމަ މިއާއެކު ސަފާރީއަކުން އެކަކު މިއަދު ފައްސިވިއެވެ. އަނެއް 19 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 14513 އަށް ވަނީ އަރައިފައެވެ. އޭގެ […]