ކެނެޑާއާއި އެމެރިކާގައި ކުޑަކުދިން ކައިވެނި ކުރުން: ޙައްލު ނުވެ އޮތް މައްސަލައެއް

Loading

Facebook
Twitter
WhatsApp

ފަހުގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި އެމެރިކާއާއި ކެނެޑާގައި ކުޑަކުދިން ކައިވެނި ކުރުންވަނީ ގާނޫނާއި ގަވާއިދު ތަކުން ހުއްދަ ކުރެވިފައެވެ.

ކެނެޑާގައި ދާދިފަހުން ކުރެވުނު ދިރާސާއަކުން ހާމަވާގޮތުގައި ދެކުނު އެމެރިކާގައި ކުޑަކުދިން ކައިވެނިކުރުންވަނީ ގާނޫނީ ގޮތުން ހުއްދަ ކަމެއް ގޮތުގައި ކަނޑައެޅިފައެވެ. ދެހާސް ވަނަ އަހަރުން 2018ވަނަ އަހަރާ ދެމެދު 3,600އަށް ވުރެ ގިނަ ކައިވެނީގެ ސެޓްފިކެޓު ވަނީ 18އަހަރުނުފުރޭ ކުޑަކުދިންނަށް ދެވިފައެވެ. މީގެ ތެރެއިން 85 އިންސައްތައަކީ އުމުރުގެ ގޮތުން ބޮޑު ތަފާތެއް ހުންނަ ފިރިހެނުންނާއި ކައިވެނި ކޮށްފައިވާ އަންހެން ކުދިންނެވެ.

މި ދިރާސާއަކީ މީގެ ކުރިން ކުރެވުނު އެހެން ދިރާސާއަކުން 2000ވަނަ އަހަރުން 2015ވަނަ އަހަރުގެ ނިޔަލަށް 200,000އަށް ވުރެ ގިނަ ކުޑަކުދިން ކައިވެނި ކޮށްފައިވާކަން އެނގިގެންދިޔަތާ އަހަރުތަކެއް ފަހުން ކުރެވުނު ދިރާސާއެކެވެ. ކުރީގެ ދިރާސާއިންވެސް ފާހަގަ ވެގެން ދިޔައީ ކުރެވިފައިވާ ކައިވެނިތަކުގެ 87 އިންސައްތައަށް ވުރެ ބޮޑު އަދަދަކީ 18އަހަރު ނުފުރޭ އަންހެން ކުދިން އުމުރުގެ ގޮތުން ދޮށީ ފިރިހެނުންނާއި ކޮށްފައިވާ ކައިވެންޏެވެ.

ކުޑަކުދިންގެ ކައިވެނިކުރުމަކީ އޭގެ ސަބަބުން ނޭދެވޭ އެތައް ކަމަކާ ކުރިމަތިވާނެ ކަމެކެވެ. އެގޮތުން 18އަހަރު ފުރުމުގެ ކުރިން ކައިވެނި ކުރާ އަންހެން ކުދިން ގެވެށި އަނިޔާގެ ޝިކާރައަކަށް ވުމުގެ އިތުރުން ދަރިމައިވުމާއި ވިހެއުމުގެ ތެރޭގައި މައްސަލަ ދިމާވުމުގެ ފުރުސަތު ބޮޑެވެ. ހަމަ އެއާއެކު މި ކުދިންގެ ކިޔެވުން އިތުރަށް ކުރިޔަށް ގެންދިއުމުގެ ފުރުސަތު ކުޑައެވެ. ޖުމުލަ ގޮތެއްގައި 18އަހަރު ފުރުމުގެ ކުރިން ކައިވެނި ނުކުރާ އަންހެންކުދިންނާ އަޅާކިޔާއިރު މި ކުދިންގެ އިގުތިސާދީ އަދި ޞިއްޙީ ޙާލަތު ދަށެވެ.

ޔޫއެން އިން ހާމަކުރިގޮތުގައި މިކަންކަމުގެ އަސަރު އެކުދިންގެ އަމިއްލަ ދަރިންނަށްކޮށް އެކަށީގެންވާ ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދުމަތްތަކާއި ތަޢުލީމު ޙާޞިލު ކުރުމުގެ ފުރުސަތު ދިނުމަށް އެ ގައުމަށް ލިބިފައިވާ ބާރު ދަށް ވެގެން ދެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް