ރާއްޖެއިން ކޯވިޑް19 އަށް އިތުރު 51 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން އެހެން ރަށްތަކުން ފައްސިވި 32 މީހުންގެ ތެރެއިން 3 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ތަރައްޤީ ކުރަމުންދާ ރިސޯޓްތަކުން ވަނީ 28 މީހަކު ފައްސިވެފައެވެ.ހަމަ މިއާއެކު ސަފާރީއަކުން އެކަކު މިއަދު ފައްސިވިއެވެ. އަނެއް 19 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.
އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 14513 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، 917 އެކްޓިވް ކޭސް ހިމެނޭއިރު، 69 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .
މިބަލީގައި ރާއްޖެ އިން މިހާތަނަށް 49 މީހަކު ނިޔާވެފައި ވާއިރު، 13540މީހަކުވަނީ ބަލިން ފަސޭހަވެފައެވެ.