ކުތުބުޚާނާގެ ޚިދުމަތް ހޮނިހިރު ދުވަހުވެސް ލިބޭނެ: ގައުމީ ކުތުބުޚާނާ

  ގައުމީ ކުތުބުޚާނާގެ ޚިދުމަތް މިއަދުން ފެށިގެން ކޮންމެ ހޮނިހިރު ދުވަހެއްގައިވެސް ލިބޭނެގޮތް ހަމަޖައްސައިފިއެވެ. ގައުމީ ކުތުބުޚާނާއިން ބުނީ މިއަދުން ފެށިގެން އެ ލައިބްރަރީގެ ޚިދުމަތްދޭ ދުވަހެއްގެ ގޮތުގައި ހޮނިހިރު ދުވަސް ހިމަނާފައިވާކަމަށެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ސަރުކާރުން އެޅި ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ގައުމީ ޚުތުބުޚާނާ ބަންދުކުރުމަށްފަހު ޚިދުމަތް ދޭންފެށީ ނޮވެމްބަރު 22 ވަނަދުވަހުއެވެ. އޭރު ގައުމީ ކުތުބުޚާނާ ހުޅުވުމަށް ހަމަޖެއްސީ ހަފްތާގެ ތިން ދުވަހުއެވެ. އެއީ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަސް […]

ކޯވިޑް19: މިއަދު ފެނުނީ އިތުރު 50 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 50 މީހަކު މިއަދު ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން އެހެން ރަށްތަކުން ފައްސިވި 23 މީހުންގެ ތެރެއިން 16 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ތަރައްޤީ ކުރަމުންދާ ރިސޯޓްތަކުން ވަނީ 7 މީހަކު ފައްސިވެފައެވެ. އަނެއް 27 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 14375 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، 845 އެކްޓިވް ކޭސް ހިމެނޭއިރު، […]

މޮނިޓަރިން އަށް ލާފައިވާ ރަށްތަކަށް ކެއަރ ޕެކޭޖް ޖެންޑަރ މިނިސްޓްރީން ފޮނުވަނީ!

ކޮވިޑް19 އާއި ގުޅިގެން މިހާރު މޮނީޓަރިންގ ހާލަތަށް ގެނެސްފައިވާ ގއ އަދި ލާމު އަތޮޅުގެ ރަށްތަކުގައި ދަތި ހާލުގައި ދިރިއުޅޭ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް، އެ ފަރާތްތަކަށް ޖެންޑާ މިނިސްޓްރީން ކެއަރ ޕެކޭޖު ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ. މިއަދު އެމިނިސްޓްރީން ކޮށްފައިވާ ޓުވިޓެއްގައި ވިދާޅުވެފައިވަނީ ގއ.އަދި ލ.އަތޮޅުގެ ބައެއް ރަށްތައް މޮނިޓަރިންގ ގެ ހާލަތަށް ގެނައުމާއި ގުޅިގެން އެރަށްރަށުގެ ނާޒުކު ޙާލަތް ތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް އެ ފަރާތްތަކަށް ގުޅައި ކެއަރ ޕެކޭޖަސް ފޮނުވުމުގެ […]

ރާއްޖޭގެ އިގްތިސާދު އިތުރު ބާރުމިނެއްގައި ކުރިއަށްގެންދިއުމަށް ޗައިނާއިން އެހީވާނެ.

ރާއްޖޭގެ އިގްތިސާދު އިތުރު ބާރުމިނުގައި ކުރިއެރުވުމަށް ޗައިނާގެ ކުންފުނިތަކުން އަލުން އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަށް ދިވެހިރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު، ޒަންގް ލީޒޯންގް ވިދާޅުވެއްޖެއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތައް ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު އިއްޔެ ކުރެއްވި ޒިޔާރަތުގައި ސަފީރު ޒީލޯންގް ބައިވެރިވެ ވަޑައިގެންނެވިއެވެ. ސަފީރު މިއަދު ވިދާޅުވީ، އުނދަގޫ ވަގުތުގައިވެސް އެ ގައުމަށް ނިސްބަތްވާ ކުންފުނިތަކުންވެސް ރާއްޖޭގައި މަސައްކަތް ފަށާފައިވާ ކަމަށާއި މި މަސައްކަތްތައް ފެށުނީ ރާއްޖޭގެ ވެސް […]

ދުނިޔޭގައި ހުރި އެންމެ މުސްކުޅި އަންހެން ދައިތަ: ބޭނުންވަނީ 120 އަހަރު ވާނދެން ފުރިހަމަ ސިއްހަތެއްގައި ހުންނަން

ދުނިޔޭގައި މިވަގުތު ހުރި އެންމެ މުސްކުޅި މީހާ ބުނިގޮތުގައި އޭނާ ބޭނުންވަނީ 120 އަހަރު ވާނދެން ފުރިހަމަ ސިއްހަތެއްގައި ދިރި ހުރުމަށެވެ. ދުނިޔޭގައި މިވަގުތު ހުރި އެންމެ މުސްކުޅިއަކީ ޖަޕާނުގެ އަންހެނެއްކަމުގައިވާ ކަނެ ޓަނަކައެވެ. އޭނާގެ 118 ވަނަ އުފަންދުވަސް ފާހަގަކުރީ މި ޖެނުއަރީ މަހުގެ ދެވަނަ ދުވަހުގައެވެ. އޭނާ އުފަންވީ 2 ޖެނުއަރީ 1903ގައެވެ. ޖަޕާނުގެ ހުޅަނގުގެ ރަށެއްކަމުގައިވާ ފޮކޯކާގައި ދިރިއުޅޭ ކަނެ ޓަނަކައަކީ ދުނިޔޭގައި އުޅޭ އެންމެ މުސްކުޅިއާ ކަމަށް ކަނޑަޅައި ބަލަންފެށީ 2019ގެ […]

ކޯވިޑް19: އިއްޔެ ފެނުނީ އިތުރު 48 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 48 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން އެހެން ރަށްތަކުން ފައްސިވި 29 މީހުންގެ ތެރެއިން 15 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށްތަކުންނެވެ.އަދި ތަރައްޤީ ކުރަމުންދާ ރިސޯޓްތަކުން ވަނީ 14 މީހަކު ފައްސިވެފައެވެ. އަނެއް 19 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 14325 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، 806 އެކްޓިވް ކޭސް ހިމެނޭއިރު، […]

ޖިހާދުގެ ޕާސްޕޯޓް ނުހިފެއްޓޭނެކަމަށް ކުރި އަމުރު ސްޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި

ކުރީގެ ނައިބްރައީސް އަބްދުއްﷲ ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓަން ކްރިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުގައި ބާތިލު ކުރުމުން ޕޮރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ. ޕީޖީ އޮފީހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މި މައްސަލަ ހައިކޯޓުން ނިންމަވާފައިވާ ގޮތާމެދު ހތްހަމަނުޖެހޭތީ އެ މައްސަލަ އިލްތިމާސް ކޮށްދެއްވުން އެދި ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ. ޖިހާދުގެ ޕާސްޕޯޓް ހިފެެއްޓީީ ފިނޭންސް މިނިސްޓަރަކަށް އެމަނިކުފާނު ހުންނެވިއިރު ކ. އަތޮޅުގެ ފުށިދިއްގަރުފަޅު ތަރައްގީކުރަން ބަޔަކާ ހަވާލުކުރި […]

ނަމާދުގައި ތިބާ ވަނީ ކޮން ދަރަޖަ އެއްގައި ހެއްޔެވެ؟

އިބުނު ޤައްޔިމް رحمه الله ވިދާޅުވި އެވެ. މީހުން ނަމާދުގައި ތަފާތު ދަރަޖަތަކަށް ބެހިގެން ވެއެވެ. ފުރަތަމައީ : ނަމާދުގައި އޭނާގެ ނަފްސަށް އަނިޔާވެރިވެ ފަރުވާ ކުޑަކޮށްފައިވާ މީހާއެވެ. އެއީ އެނަމާދަށް ކުރެވޭ ވުޟޫގައި ވެސް ފަރުވާކުޑަކޮށް އަދި ނަމާދުގެ ވަޤުތުންވެސް ފަސްކުރާ މީހާއެވެ. އަދި ނަމާދުގެ ޙަރަކާތްތަކާއި އިންތަކާއި ރުކުންތަކުގައި ވެސް ފަރުވާކުޑަކުރާ މީހާއެވެ. މިއީ މުޢާޤަބް (معاقب) މީހެކެވެ. ( ނަމާދަށް ފަރުވާ ކުޑަކުރުމުން އުޤޫބާތް ދެވޭނެ މީހެކެވެ. ) ދެވަނައީ : އެ […]

10 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 10 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސާރވިސް އިން ބުނީ މި މަސްތުވާތަކެއްޗަކީ ބްރެޒިލް އިން ރާއްޖެ އައި އެ ގައުމުގެ ރައްޔިތެއްގެ އަތުން އަތުލައިގަތް މަސްތުވާތަކެއްޗާއި ލަޓްވިއާގެ ރައްޔިތެއްގެ އަތުން އަތުލައިގަތް މަސްތުވާތަކެތި ކަމަށެވެ. ކަސްޓަމްސް އިން ބުނީ ބްރެޒިލް މީހާ ރާއްޖެ އައިސްފައިވަނީ ނޮވެމްބަރު 28 ވަނަ ދުވަހު ކަމަށާ އުމުރުން 21 އަހަރުގެ މި ފިރިހެންމީހާޣެ އަމަލުތައް ހުރި ގޮތުން އޭނާ […]

ފަށާ ތަޢުލީމުގެ މުދައްރިސުން ތަމްރީން ކުރުމަށް 30 ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި.

ފަށާ ތަޢުލީމުގެ މުދައްރިސުން ތަމްރީން ކުރުމަށް 30 ސްކޮލަރޝިޕްގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީއިން ހުޅުވާލައިފިއެވެ. އެޑިއުކޭޝަން މިނިސްޓްރީއިން ކޮށްފައިވާ އިޢުލާނެއްގައި ވާގޮތުން، މި ފަރާތްތަކުގެ ކިޔެވުން ހަމަޖެހިފައިވާނީ ޤައުމީ ޔުނިވާސިޓީއިންނެވެ. އަދި ޔުނިވާސިޓީގެ ދަނާލުން އެކޮމޮޑޭޝަން ހަމަޖެހޭނެ ކަމަށްވެސް އިއުލާނުގައި ވެއެވެ. މިއާއިއެކު އިތުރު އެލަވަންސްތައްވެސް އެފަރާތްތަކަށް ލިބިގެން ދާނެއެވެ. މި ސްކޮލަޝިޕަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ހަފްތާއަކު 20 ގަޑިއިރަށް ވުރެން ގިނަ އިރު އުޅެންޖެހޭ ވަޒީފާއެއްގައި ނޫޅުން ހިމެނެއެވެ. މި ސްކޮލާޝިޕްތައް 60 […]