ދުނިޔޭގައި ހުރި އެންމެ މުސްކުޅި އަންހެން ދައިތަ: ބޭނުންވަނީ 120 އަހަރު ވާނދެން ފުރިހަމަ ސިއްހަތެއްގައި ހުންނަން

Loading

Facebook
Twitter
WhatsApp

ދުނިޔޭގައި މިވަގުތު ހުރި އެންމެ މުސްކުޅި މީހާ ބުނިގޮތުގައި އޭނާ ބޭނުންވަނީ 120 އަހަރު ވާނދެން ފުރިހަމަ ސިއްހަތެއްގައި ދިރި ހުރުމަށެވެ.

ދުނިޔޭގައި މިވަގުތު ހުރި އެންމެ މުސްކުޅިއަކީ ޖަޕާނުގެ އަންހެނެއްކަމުގައިވާ ކަނެ ޓަނަކައެވެ. އޭނާގެ 118 ވަނަ އުފަންދުވަސް ފާހަގަކުރީ މި ޖެނުއަރީ މަހުގެ ދެވަނަ ދުވަހުގައެވެ. އޭނާ އުފަންވީ 2 ޖެނުއަރީ 1903ގައެވެ.

ޖަޕާނުގެ ހުޅަނގުގެ ރަށެއްކަމުގައިވާ ފޮކޯކާގައި ދިރިއުޅޭ ކަނެ ޓަނަކައަކީ ދުނިޔޭގައި އުޅޭ އެންމެ މުސްކުޅިއާ ކަމަށް ކަނޑަޅައި ބަލަންފެށީ 2019ގެ މާޗުމަހުގެ ތެރޭގައެވެ. އޭރު އޭނާގެ އުމުރަކީ 116 އަހަރެވެ.

ޓަނަކަ ދިރިއުޅެމުން ދަނީ ފޮކޯކާގައި މުސްކުޅިން އުޅެން ހަދާފައި ހުންނަ މަރުކަޒެއްގައެވެ. އޭނާ ދެކިލަން ބޭނުންވާ އޭނާގެ އާއިލާގެ މީހުންނަށް ވެސް ކޮވިޑް-19ގެ ބަލިމަޑުކަމާހެދި މިދުވަސްވަރު އޭނާއާ ބައްދަލެއް ނުކުރެވެއެވެ.

ރެއާއި ދުވާލު ތިން އިރު ސިއްހަތަށް ފައިދާ ހުރި ކާނާ ކައިގެން އުޅޭ ޓަނަކަ ގަވައިދުން ކަސްރަތުކޮށް ހަދައެވެ. ޑޮކްޓަރުން އޭނާގެ ސިއްހީ ހާލަތު ގަވައިދުން ބަލަމުން ގެންދެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް