މޮނިޓަރިން އަށް ލާފައިވާ ރަށްތަކަށް ކެއަރ ޕެކޭޖް ޖެންޑަރ މިނިސްޓްރީން ފޮނުވަނީ!

Loading

Facebook
Twitter
WhatsApp

ކޮވިޑް19 އާއި ގުޅިގެން މިހާރު މޮނީޓަރިންގ ހާލަތަށް ގެނެސްފައިވާ ގއ އަދި ލާމު އަތޮޅުގެ ރަށްތަކުގައި ދަތި ހާލުގައި ދިރިއުޅޭ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް، އެ ފަރާތްތަކަށް ޖެންޑާ މިނިސްޓްރީން ކެއަރ ޕެކޭޖު ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.

މިއަދު އެމިނިސްޓްރީން ކޮށްފައިވާ ޓުވިޓެއްގައި ވިދާޅުވެފައިވަނީ ގއ.އަދި ލ.އަތޮޅުގެ ބައެއް ރަށްތައް މޮނިޓަރިންގ ގެ ހާލަތަށް ގެނައުމާއި ގުޅިގެން އެރަށްރަށުގެ ނާޒުކު ޙާލަތް ތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް އެ ފަރާތްތަކަށް ގުޅައި ކެއަރ ޕެކޭޖަސް ފޮނުވުމުގެ މަސައްކަތް ވަނީ ފަށާފައިކަމަށެވެ.

​މިހާރު މޮނީޓަރިންގގައި ވަނީ ގއ އަތޮޅުގެ ތިން ރަށެކެވެ. އެއީ ގއ. ދެއްވަދޫ، ދާންދޫ އަދި ވިލިނގިލި އެވެ. މި ރަށްތަކުން ކޮވިޑް-19ގެ ވޭދަނަތައް ވަނީ ފެނިފައެވެ.

މީގެ ކުރިން، ލ ފޮނަދޫ އާއި ގަން އޮތީ މޮނީޓަރިންގގައެވެ. އެހެންނަމަވެސް މި ދެ ރަށުން ވަކި ތަރުތީބެއް ނެތި ސުންކުތައް ނައްސިވުމާއި ގުޅިގެން މި ރަށްތައް ވަނީ މިއަދު ހުޅުވާލާފައެވެ.

ފޮނަދޫން ފައްސިވީ އެއް އާއިލާއެއްގެ ހަތަރު މީހެކެވެ. އެ މީހުންނަކީ މިހާރު ކޮވިޑް-19ގެ ވޭދަނަތައް ފެނިފައިވާ ގއ. ދެއްވަދޫ އިހަލަށް ނިސްބަތްވާ މީހުންނެވެ.

​މިހާތަނަށް ދެއްވަދޫން 43 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި ގއ. ދާންދޫން ދެ މީހުންނާއި ގއ. ވިލިނގިލިން މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް