ކުތުބުޚާނާގެ ޚިދުމަތް ހޮނިހިރު ދުވަހުވެސް ލިބޭނެ: ގައުމީ ކުތުބުޚާނާ

Loading

Facebook
Twitter
WhatsApp

 

ގައުމީ ކުތުބުޚާނާގެ ޚިދުމަތް މިއަދުން ފެށިގެން ކޮންމެ ހޮނިހިރު ދުވަހެއްގައިވެސް ލިބޭނެގޮތް ހަމަޖައްސައިފިއެވެ.

ގައުމީ ކުތުބުޚާނާއިން ބުނީ މިއަދުން ފެށިގެން އެ ލައިބްރަރީގެ ޚިދުމަތްދޭ ދުވަހެއްގެ ގޮތުގައި ހޮނިހިރު ދުވަސް ހިމަނާފައިވާކަމަށެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ސަރުކާރުން އެޅި ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ގައުމީ ޚުތުބުޚާނާ ބަންދުކުރުމަށްފަހު ޚިދުމަތް ދޭންފެށީ ނޮވެމްބަރު 22 ވަނަދުވަހުއެވެ.

އޭރު ގައުމީ ކުތުބުޚާނާ ހުޅުވުމަށް ހަމަޖެއްސީ ހަފްތާގެ ތިން ދުވަހުއެވެ. އެއީ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަސް އެވެ.  މި ދުވަސްތަކުގައި ލައިބްރަރީ ހުޅުވުމަށް ހަމަޖައްސާފައިވަނީ މެންދުރު 12 އިން ހަވީރު ތިނަކަށެވެ.

މިއަދުން ފެށިގެން ހޮނިހިރު ދުވަހުގައިވެސް ލައިބްރަރީގެ ޚިދުމަތް ދިނުމަށް ހަމަޖައްސާފައިވަނީ އެެހެންދުވަސްތަކުގައިވެސް ޚިދުމަތްދޭ ގަޑީގައި ކަމަށް ގައުމީ ކުތުބުޚާނާއިން ބުނެއެވެ.

ރާއްޖޭގެ އެންމެ ބޮޑު ލައިބްރަރީ ހުޅުވައި ޚިދުމަތް ދެމުން އަންނަނީ ކޮވިޑުގެ މިހާރުގެ ހާލަތަށް ބަލާ އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ކަމަށް ގައުމީ ކުތުބުޚާނާއިން ހާމަކުރެއެވެ. އެގޮތުން މިހާރު ލައިބްރަރީއަށް އެއްފަހަރާ ވަދެވެނީ 15 މީހުންނަށް ކަމަށް ވެއެވެ.

ލައިބްރަރީން މައުލޫމާތު ދޭ ގޮތުގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހަރުގަނޑުތަކުން ނަގާ ފޮތްތައް އަލުން ހަރުގަނޑުތަކަށް ލުމުގެ ކުރިން ޑިސްއިންފެކްޓް ކުރާނެއެވެ.

ލައިބްރަރީ ބަންދުކުރުމަށްފަހު ހުޅުވީ ކިޔަވާކުދިންނަށާއި ދިރާސާކުރާ ފަރާތްތަކަށް ޚާއްސަ ކޮށްގެން މަޝްވަރާކޮށްހަދާނެ ވަކި ކޮޓަރިއަކާ އެކުއެވެ. ކޮވިޑްގެ މިހާލަތުގައި މި ކޮޓަރީގައި އެއްފަހަރާ ތިބެވޭނީ ތިން މީހުންނަށެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް