10 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

Loading

Facebook
Twitter
WhatsApp

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 10 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާރވިސް އިން ބުނީ މި މަސްތުވާތަކެއްޗަކީ ބްރެޒިލް އިން ރާއްޖެ އައި އެ ގައުމުގެ ރައްޔިތެއްގެ އަތުން އަތުލައިގަތް މަސްތުވާތަކެއްޗާއި ލަޓްވިއާގެ ރައްޔިތެއްގެ އަތުން އަތުލައިގަތް މަސްތުވާތަކެތި ކަމަށެވެ.

ކަސްޓަމްސް އިން ބުނީ ބްރެޒިލް މީހާ ރާއްޖެ އައިސްފައިވަނީ ނޮވެމްބަރު 28 ވަނަ ދުވަހު ކަމަށާ އުމުރުން 21 އަހަރުގެ މި ފިރިހެންމީހާޣެ އަމަލުތައް ހުރި ގޮތުން އޭނާ އާއި މެދު ޝައްކުކުރެވިގެން ބަލައި ފާސްކުރި އިރު އޭނާ ހަށިގަނޑުގައި ފޮރުވާފައި ހުރި މަސްތުވާތަކެތި ފެނިފައިވާކަމަށެވެ. އޭނާގެ ހަށިގަނޑުން ި 66ކެޕްސޫލް ފެނިފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ. އަދި ކަސްޓަމްސް އިން ބުނީ މި ތަކެއްޗަކީ މަސްތުވާތަކެތީގެ ބާވތެއްކަމަށްވާ ކޮކެއިން ކަމަށާ މި ތަކެތީގެ ބަރުދަނުގައި 654.4 ގްރާމް ހުރިކަމަށެވެ.

ކަސްޓަމްސް އިން ހާމަކުރި ގޮތުގައި މަސްތުވާތަކެތި އަތުލައިގަތް ލަޓްވިއާ މީހާ ރާއްޖެ އައިސްފައިވަނީ ނޮވެމްބަރު ތިނެއްގައެވެ. އޭނާ އާ މެދު ޝައްކު ކުރެވިގެން ބަލައި ފާސްކުރިއިރު އޭނާގެ ލަގެޖްގެ ތެރެއިން ކޮކެއިން ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސް އިން ބުނީ އެމީހާއަކީ 23 އަހަރުގެ ފިރިހެނެއްކަމަށާ އޭނާ އަތުން އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 2.466 ކިލޯހުރި ކަމަށެވެ.

މި ދެމީހުންގެ އަތުން އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 10،921،400 ރުފިޔާ އަރާކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.

މި މަސްތުވާތަކެތި އަތުލައިގަތުމަށްފަހު މިފަދަ ތަކެތި އަތުލައިގަނެ އަމަލުކުރަންޖެހޭ އުސޫލާ އެއްގޮތަށް އަމަލުކުރުމަށް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް އިން ބުނެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް