އޭޝިއާއިން ކޮރަޕްޝަން އެންމެ ކުޑަގައުމަކަށް ސިންގަޕޫރު
ޤައުމުތަކުގައި ކޮރަޕްޝަން އަށަގަނެފައިވާ މިންވަރު ދެނެގަތުމުމަށް ޓްރާންޕޭރެންސީ އިންޓަރނޭޝަނަލްގެ ފަރާތުން ކޮންމެ އަހަރަކު ތައްޔާރުކުރާ ކޮރަޕްޝަން ޕާރސެޕްޝަން އިންޑެކްސް 2020 އިން ދައްކާގޮތުން ސިންގަޕޫރު ހިމެނިގެން ދިޔައީ އޭޝިޔާ ގައުމުތަކުގެ ތެރެއިން ކޮރަޕްޝަން އެންމެ މަދުގައުމަށެވެ. މި ލިސްޓުން މުޅި ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ސިންގަޕޫރަށް ލިބުނީ ތިން ވަނައެވެ. އެއީ 183 ގައުމުގެ ތެރެއިންނެވެ. ޓްރާންސްޕޭރަންސީ ރިޕޯޓުގައި ސިންގަޕޫރަށް ލިބިފައިވަނީ 85 ޕޮއިންޓެވެ. މި ލިސްޓުގެ އެއްވަނައިގައި އޮތް ނިއުޒިލެންޑް އަދި ޑެންމާކަށް ލިބުނީ […]
ކޯވިޑް19: މިއަދު ފެނުނީ އިތުރު 105 ވޭދަނަ!
ރާއްޖެއިން ކޯވިޑް19 އަށް އިތުރު 105 މީހަކު މިއަދު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 4 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ. އަދި ތަރައްޤީ ކުރަމުންދާ ރިސޯޓްތަކުން ވަނީ 12 މީހަކު ފައްސިވެފައެވެ.ހަމަ މިއާއެކު ސަފާރީއަކުން މީހަކު މިއަދު ފައްސިވިއެވެ. އަނެއް 88 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 15,841 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، 1,644 އެކްޓިވް ކޭސް ހިމެނޭއިރު، […]
ކޮވިޑް މެނޭޖުކުރުމުން ލޯވީގެ ޕާފޯމަންސް އިންޑެކްސްގެ 25 ވަނައަށް ރާއްޖެ!
އޮސްޓްރޭލިއާގެ އިންޑެޕެންޑެންޓް ތިންކް ޓޭންކް، ލޯވީ އިން ވަނީ، ކޮވިޑާ ދެކޮޅަށް ދުނިޔޭގެ 98 ގައުމަކުން ކުރި މަސައްކަތްތައް ބަލައި ދިރާސާކޮށް، ޕާފޯމަންސް އިންޑެކްސް އެއް ތަރުތީބުކޮށްފިއެވެ. އެ އިންޑެކްސްގައި ބަލާފައި ވަނީ ކޮންމެ ގައުމަކުން ވެސް ކޮވިޑްގެ 100 ކޭސް ފެނުނު ދުވަހުން ފެށިގެން، 36 ހަފްތާ ވަންދެން ބަލިމަޑުކަން މެނޭޖުކުރުމުގައި އަމަލުކޮށްފައިވާ ގޮތަށެވެ. އެގޮތުން އިންޑެކްސް ތަރުތީބުކުރުމުގައި ބަލާފައި ވަނީ މީހުން ޓެސްޓު ކުރި މިންވަރަށާއި، ޕޮޒިޓިވްވި މީހުންގެ އަދަދާއި، ބަލީގައި މީހުން މަރުވި […]
އިދިކޮޅު ލީޑަރުން ގަންހިންގުން. ހެނދުނު ކޯޓަށް ޢަބްދުއްރަޙީމް، މެންދުރު ފަހުން ކޯޓަށް ރައީސް ޔާމީން
މިއަދު ހެނދުނު ފެނުނީ، ޕީޕީއެން-ޕީއެންސީ ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ލީޑަރ ޢަބްދުއްރަޙީމް ޢަބްދުﷲ ކްރިމިނަލް ކޯޓަށް ގެންދެވުނުތަނެވެ. މެންދުރު ފަހުން ފެނުނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ކްރިމިނަލް ކޯޓަށް ހާޒިރުކުރިތަނެވެ. ޢަބްދުއްރަޙީމްގެ މައްޗަށް އުފުލީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ހުކުން ކުރި ދުވަހު އެ ކޯޓުގެ ބޭރުގައި ކުރަމުން ދިޔަ މުޒާހަރާގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ގާޒީންނާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން […]
އިންޑިޔާގެ ކޮވިޑް 19 ވެކްސިން ޕްރޮގްރާމް ގޯހުން ގޯހަށް ގޮސް، މީހުން ބިރުވެރި ކަމެއްގެ ތެރެއަށް.
އިންޑިޔާގެ ކޮވިޑް 19 ވެކްސިން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮތަށް ކުރިއަށް ނުގެންދެވި، މަޑުޖެހިއްޖެ އެވެ. މިގޮތުން، އިންޑިޔާގެ ވަޓްސްއަޕް ބޭނުން ކުރަމުންދާ މީހުން ބުނާ ގޮތުގައި، އެވެކްސިން ޖެހުމުން، ބަލިމީހުންނަށް ނޭދެވޭ އަސަރުތައް ކުރެއެވެ. އަދި މިވެކްސިން ޖެހި މީހުންތަކުގެ ތެރެއިން ތިން މީހުން ވަނީ މަރުވެފައެވެ. މިހެންވުމުން، އާންމުންަގެ ތެރެއިން މީހުން ވެކްސިން ޖެހުމަށް އިންކާރު ކުރަމުން އެބަގެންދެއެވެ. މިހާރު އިންޑިޔާގައި ބޭނުން ކުރަމުން ގެންދަނީ ދެވައްތަރެއްގެ ވެކްސިން އެކެވެ. ފުރަތަމަ ވައްތަރަކީ […]
ފެބުރުއަރީ މަހުގެ ފަހުން މެލޭޝިޔާ އަނެއްކާވެސް އިތުރު ލޮކްޑައުން އަކަށް.
ފެބުރުއަރީ މަހުގެ ފަހުން އަނެއްކާވެސް މެލޭޝިޔާ ލޮކްޑައުން ކުރުމަށް ވާހަކަތައް ދެކެވެމުން އެބަ ދެއެވެ. މެލޭޝިޔާ ގެ ނޫހެއް ކަމަށްވާ މެލޭ ލެއިލް ނޫހުގައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، މެލޭޝިޔާ ސަރުކާރުން ވަނީ އެޤައުމު އަލުން ލޮކްޑައުން ކުރުމަށް މަޝްވަރާ ކުރައްވާ، އެކަމަށް އެއްބަސްވެލައްވާފައެވެ. މިގޮތުން، ކޮވިޑް 19 ގެ ކޭސްތައް އިތުރުވުން ކޮންޓްރޯލް ކުރުމަށް، ކުރިއަށް އޮތް ފެބުރުއަރީ މަހުގެ ފުރަތަމަ ހަފްތާ އަށް ފަހު ޤައުމު ލޮކްޑައުން ކުރުމަށް ނިންމަވާފައިވެއެވެ.
ޕްރިމިއަރ ލީގް: ޔުނައިޓެޑާއި އާސެނަލްގެ ފޯރިގަދަ މެޗް އެއްވަރުވެގެން ނިމިއްޖެ
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާއި، އާސެނަލް ބައްދަލުކުރި މެޗް އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި ނިމިއްޖެއެވެ. މެޗްގެ ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް، ޔުނައިޓެޑުގެ ފަރާތުން ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ލިބުނު ފުރުސަތު ތަކުގެ ބޭނުން ނުހިފި ހާފް ނިމުނީ ގޯލެއް ކާމިޔާބު ނުކުރެވިއެވެ. ދެވަނަ ހާފް ފެށިގެން އައިއިރު އާސެނަލްއިން ވަނީ ކުޅުން ރަނގަޅުކޮށް، ގޯލަށް ނުރައްކާތެރި ހަމަލާތަކެއް […]
ކޯވިޑް19: އިއްޔަ ފެނުނީ އިތުރު 122 ވޭދަނަ!
ރާއްޖެއިން ކޯވިޑް19 އަށް އިތުރު 122 މީހަކު ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 4 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ތަރައްޤީ ކުރަމުންދާ ރިސޯޓްތަކުން ވަނީ 25 މީހަކު ފައްސިވެފައެވެ. ހަމަ މިއާއެކު ސަފާރީއަކުން 3 މީހަކު ފައްސިވިއެވެ. އަނެއް 90 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 15,736 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، 1,582 އެކްޓިވް ކޭސް ހިމެނޭއިރު، 152 […]
އަދާލަތު ޕާޓީގެ އިންތިޚާބުން މޮޅުވީ އިމްރާން
ކުރިއަށް އޮތް 5 އަހަރަށް އަދާލަތު ޕާޓީގެ ރައީސްއެއް ހޮވުމަށް މިއަދު ބޭއްވި އިންތިޚާބު ކާމިޔާބު ކުރެއްވީ އެޕާޓީގެ މިހާރުގެވެސް ރައީސް އަދި މިސަރުކާރުގެ ހޯމް މިނިސްޓަރު ޝެއިޚު އިމްރާން އަބްދުﷲ އެވެ. ފުރަތަމަ ފަހަރަށް ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ ރައީސްއަކާއި އެމަނިކުފާނުގެ ނައިބެއް ހޮވުމަށް އޮންލައިންކޮށް މިއަދު ކުރިއަށްދިޔަ މި އިންތިޚާބުގައި އަދާލަތު ޕާތީގެ ރައީސް ކަމަށް ވާދަކުރެއްވީ ޝެއިޚު އިމްރާން އާއި މިހާރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީއެވެ. މި އިންތިޚާބުގައި […]
މާލޭގެ ބައެއް ޕާކިން ޒޯންތައް ކުއްޔަށް ދޫކުރަނީ
މާލެސިޓީގެ ބައެއް ޕާކިން ޒޯންތައް ކުއްޔައް ދޭން ނިންމާފައިވާ ކަމަށް މާލެ ސިޓީކައުންސިލުން ބުނެފިއެވެ. ސިޓީކައުންސިލުން ބުނީ ކުއްޔަށްދޭން ނިންމާފައިވަނީ އަމީނީމަގު ދެކުނުން އިއްޒުއްދީން މަގާއި ދޮންއަދަރާދަ ހިނގުމާއި ދެމެދުގައިވާ މަގުތަކާއި ގޯޅިތަކުގެ ޕާކިންގ ޒޯންތައްކަމަށެވެ. ޕާކިން ޒޯންތަކުން ކުއްޔަށް ދޫކުރަން ނިންމާފައިވަނީ ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރުމަށެވެ. އެއިން ސްލޮޓެއް ދޫކުރުމަށް ހަމަޖައްސާފައިވަނީ މަހަކު 1500 ރުފިޔާ އަށެވެ. ސިޓީ ކައުންސިލުން ބުނީ މި ސްލޮޓްތައް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި […]