ކޮވިޑް މެނޭޖުކުރުމުން‏ ލޯވީގެ ޕާފޯމަންސް އިންޑެކްސްގެ 25 ވަނައަށް ރާއްޖެ!

Loading

Facebook
Twitter
WhatsApp

އޮސްޓްރޭލިއާގެ އިންޑެޕެންޑެންޓް ތިންކް ޓޭންކް، ލޯވީ އިން ވަނީ، ކޮވިޑާ ދެކޮޅަށް ދުނިޔޭގެ 98 ގައުމަކުން ކުރި މަސައްކަތްތައް ބަލައި ދިރާސާކޮށް، ޕާފޯމަންސް އިންޑެކްސް އެއް ތަރުތީބުކޮށްފިއެވެ.

​އެ އިންޑެކްސްގައި ބަލާފައި ވަނީ ކޮންމެ ގައުމަކުން ވެސް ކޮވިޑްގެ 100 ކޭސް ފެނުނު ދުވަހުން ފެށިގެން، 36 ހަފްތާ ވަންދެން ބަލިމަޑުކަން މެނޭޖުކުރުމުގައި އަމަލުކޮށްފައިވާ ގޮތަށެވެ.

އެގޮތުން އިންޑެކްސް ތަރުތީބުކުރުމުގައި ބަލާފައި ވަނީ މީހުން ޓެސްޓު ކުރި މިންވަރަށާއި، ޕޮޒިޓިވްވި މީހުންގެ އަދަދާއި، ބަލީގައި މީހުން މަރުވި އަދަދާ ގުޅުންހުރި ކަންކަމަށް ބަލާފައެވެ.

އެންމެ ރަނގަޅަށް ކޮވިޑް މެނޭޖުކުރި ގައުމަކަށް އިންޑެކްސްގެ އެއްވަނައިގައި އޮތީ 4 ޕޮއިންޓާއެކު ނިއުޒީލެންޑެވެ.

އެލިސްޓުން ​ދެކުނު އޭޝިއާ ސަރަހައްދުން ދެވަނައަށް އެންމެ ރަނގަޅަށް ކޮވިޑް މެނޭޖުކުރާ ގައުމަކަށް ރާއްޖެ ވެފައިވަނީ 61 ޕޮއިންޓާ އެކުގައެވެ. އެއީ މުޅި އިންޑެކްސް 25 ވަނަ އެވެ. މި ސަރަހައްދުން އެންމެ ރަނގަޅަށް ކޮވިޑް މެނޭޖުކުރި ގައުމަކީ ސްރީލަންކާ އެވެ. ޖުމްލަ 76.6 ޕޮއިންޓާއެކު، ލަންކާ ހިމެނުނީ އިންޑެކްސްގެ 10 ވަނައިގަ އެވެ. ​އެންމެ ފުލުގައި އޮތީ 4.3 ޕޮއިންޓާ އެކު ބްރެޒިލް އެވެ.

​އެންމެ ފުރަތަމަ ބަލި ފެނުނު ޗައިނާ އެ ރޭންކިންގައި ހިމަނާފައެއް ނުވެ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް