ކޯވިޑް19: މިއަދު ފެނުނީ އިތުރު 105 ވޭދަނަ!

Loading

Facebook
Twitter
WhatsApp

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 105 މީހަކު މިއަދު ފައްސިވެއްޖެއެވެ.

މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 4 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ. އަދި ތަރައްޤީ ކުރަމުންދާ ރިސޯޓްތަކުން ވަނީ 12 މީހަކު ފައްސިވެފައެވެ.ހަމަ މިއާއެކު ސަފާރީއަކުން މީހަކު މިއަދު ފައްސިވިއެވެ. އަނެއް 88 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 15,841 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، 1,644 އެކްޓިވް ކޭސް ހިމެނޭއިރު، 163 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .

ރާއްޖެއިން މިއަދު ކޮވިޑް-19 ބަލީގައި މީހަކު ވަނީ ނިޔާވެފައެވެ. މިއަދު ނިޔާވެފައި ވަނީ 88 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއާއެކު ރައްޖެއިން މިބަލީގައި ނިޔާވި މީހުންގެ އަދަދުތައް ވަނީ 52 އަކަށް އަރާފައެވެ. އަދި މިހާތަނަށް 14,139މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް