ވިސާ ނެތި ތައިލެންޑަށް ދެވޭނެ

  ދިވެހިންނަށް ވިސާއާ ނުލައި ތައިލެންޑަށް ދަތުރުކުރެވޭނެ ގޮތް އެގައުމުން އަނެއްކާވެސް ހަމަޖައްސައިފި އެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާގުޅިގެން ތައިލޭންޑު ސަރުކާރުން އެގައުމުގައި އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި އެގައުމަށް ވިސާއާ ނުލާ ދަތުރުކުރެވޭގޮތަށް ހަމަޖައްސާފައިވާ ގައުމުތަކުން ވިސާ އެއްނެތި އެގައުމަށް އެތެރެ ކުރުން ވަގުތީގޮތުން ހުއްޓައިލި އެވެ. ތައިލެންޑަށް ވިސާއާ ނުލައި އެތެރެވެވޭނެގޮތް އެގައުމުގެ ސަރުކާރުން ދީފައިވަނީ އެހެންގައުމުތަކުން އެގައުމަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިންތިހާއަށް މަދުވުމާއި ގުޅިގެން އެގައުމަށް އެތެރެވާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ ބޭނުމުގައެވެ. […]

ކޯވިޑް19: އިއްޔެ ފެނުނީ އިތުރު 8 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 8 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 4 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި އަނެއް 4 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި މިއަދަކީ ޖޫން މަހުގެ 02 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ. ޖޫން މަހުގެ 02 ވަނަ ދުވަހު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވީ ދެމީހުންނެވެ. މިއަދު އަށް […]

ދެވަނަ ޓާމުގައި ސްކޫލްތަކުގައި ކިޔަވައިދިނުން ކުރިއަށްދާނެ ގޮތުގެ ސާކިއުލާއެއް ނެރެފި!

ކޮވިޑް-19 އާ ގުޅިގެން ދެވަނަ ޓާމުގައި ސްކޫލްތަކުގައި ކިޔަވައިދިނުމުގެ ކަންކަން ކުރިއަށްދާނެ ގޮތުގެ ސާކިއުލާއެއް އެޑިއުކޭޝަން މިނިސްޓްރީން ނެރެފިއެވެ. ކޮވިޑް19 ފެތުރެން ފެށުމާއެކު ރާއްޖޭގެ ސްކޫލްތައް ބަންދުކުރިއެވެ.އެއާއެކު އޮންލައިންކޮށް ކިޔަވައިދޭން ހުރިހާ ސްކޫލެއްގައިވެސް ފެށުނެވެ. ނަމަވެސް ފަހުން ވަނީ ކޮވިޑް ނުފެތުރޭ ރަށްރަށުގައި އެރަށްރަށު ސްކޫލްތަކަށް ގޮސް ކިޔަވައިދިނުމުގެ ކަންކަން ފަށާފައެވެ. އޭގެ ފަހުން މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ރަނގަޅުވުމާއެކު މާލޭގައިވެސް ވަނީ މަތީ ގްރޭޑްތަކަށް ސްކޫލްތަކުގައި ކިޔަވާދޭން ފަށާފައެވެ. ދެވަނަ ޓާމްގެ ކިޔެވުން އަންނަ […]

ރ.ވާދޫ މީހުން ރެދަން ބަލާތާ އެއްތައް އަހަރެއް!

މި ދުވަސްވަރު އެންމެ ގަދަޔަށް ދެކެވެނީ ހުޅުމާލޭ ބީޗުން ރެދަން ފެނިގެން އެވާހަކަ އެވެ. ރެދަންލުމަކީ ރާއްޖޭގައި އާ ކަމެއް ނޫނެވެ. މި ގޮތުން ރާއްޖޭގައި ރެދަން ލުމުގަައި އެންމެ މަޝްހޫރުވެފައިވަނީ ރ. ވާދޫ އެވެ. ރ. ވާދޫގައި ރެދަންލާން ފެށީ މި ފަހަކުން ނޫނެވެ. މީގެ އެތައް އަހަރެއް ކުރިން ފެށިގެން ކޮންމެ އަހަރަކުވެސް އެ ރަށުގެ ގޮނޑުދޮށުން މި ހިތްގައިމުކަން ފެނެއެވެ. މިދުވަސްވަރު އެ ރަށުގައި ވެސް ރެދަންލާއިރު މިއީ މި އަހަރު އެ […]

ފަރަންސޭސި ރައީސް މެކްރޯން: ރައްޔިތުންގެ ތާއިދު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ

ފަރަންސޭސިވިލާތުގެ މަޖައްލާއެއްގައި ކީރިތި ރަސޫލާއަށް ކާޓޫނު ކުރެހި މައްސަލަ ދިފާއު ކުރެއްވުމާއި އެކަން ކުރި މީހުން ހިމާޔަތްކުރައްވައި ވާހަކަފުޅުދެއްކެވުމާ ގުޅިގެން ފަރަންސޭސިވިލާތުގެ ރައީސް އެމެނުއެލް މެކްރޯންގެ މަގުބޫލުކަން މުސްލިމް ދުނިޔޭގައި ވަނީ ވަރަށް ބޮޑަށް ކުޑަވެގެންގޮސްފައެވެ. ހަމައެގޮތަށް މެކްރޯންއަށް ތާއިދުކުރާ މީހުންގެ އަދަދު ފަރަންސޭސިވިލާތުގައިވެސް އިންތިހާއަށް ދަށަށް ހިނގައްޖެއެވެ. ޚިޔާލު ހޯދުމުގެ ބައެއް ދިރާސާތަކުން ދައްކާގޮތުގައި ގައުމުގެ 60 ޕަސެންޓު މީހުން މި ވަގުތު މެކްރޯނަށާއި އޭނާގެ ސަރުކާރަށް ތާއިދެއްނުކުރެއެވެ. އޭނާ ރައީސްކަމަށް ހޮވިވަޑައިގަތީ ރައްޔިތުންގެ 66 […]

އެޗްޕީއޭގެ އެންގުމާ ޚިލާފުވާނަމަ ބޮޑެތި ޢަދަދުތަކުން ޖޫރިމަނާކުރާނެ

ހެލްތް ޕޮރޮޓެކްޝަން އެޖެންސީ ގެ ކޮވިޑް19 ކުއްލި ނުރައްކަލުގެ ޙާލަތުގައި، ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވާ އެންގެވުންތަކާއި ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު މިއަދު ޢާންމުކޮށްފިއެވެ. އެޗްޕީއޭ އިން އިން ބުނީ، މި އުސޫލަށް ކިޔާނީ ”އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި، ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ އެންގުންތަކާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު“ ކަމަށެވެ. މި އުސޫލުގެ މަޤްސަދަކީ އާންމު […]

ކޮވިޑްގެ އާ ސްޓްރެއިން އާއި އެކު ސަޢުދީ ބޯޑަރުތަށް ބަންދުކޮށްފި

ކޮރޯނާވައިރަހުގެ އާ ސްޓްރެއިންއެއް އިނގިރޭސިވިލާތުން ފެނުމާއި ގުޅިގެން އިއްޔެ ސަޢުދީޢަރަބިއްޔާއިން އެޤައުމުގެ ބޯޑަރުތައް ބަންދުކޮށްފި އެވެ. ސަޢުދީޢަރަބިއްޔާގެބޕްރެސް އޭޖެންސީން އެޤައުމުގެ އިންޓީރިއާ މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ ރިޕޯޓު ކުރި ގޮތުގައި އެޤައުމުން ވަނީ ވަޔާއި ކަނޑާއި އެއްގަމުގެ ބޯޑަރުތައް އެއް ހަފްތާއަށް ބަންދުކޮށްފަ އެވެ. އެހެންކަމުން އެ ދުވަސްތަކުގައި އެޤައުމަށް ދަތުރު ކުރަން އޮތް ބައިނަލްއަގުވާމީ ފްލައިޓުތައް މިހާރު ވަނީ ކެންސަލް ކޮށްފައި ކަމަށެވެ. މީގެ އިތުރުން ސަޢުދީއިން ވަނީ ވައިރަހުގެ އާ ސްޓްރެއިން ފެނުނު ޤައުމުތަކުން […]

ސަޢުދީޢަރަބިއްޔާގެ އައު ސަފީރުގެ ފަތްކޮޅު އަރުވައިފި

ސަޢުދީޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު މަތްރެކް ބިން އަބްދުﷲ އަލްއަޖާލީން އަލްދައުސަރީގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުއްވައިފި އެވެ. ރައީސް ޞާލިޙަށް ފަތްކޮޅު އަރުއްވާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ރައީސް އޮފީހުގައި އެކަމަށް ޙާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ސަޢުދީޢަރަބިއްޔާގެ އައު ސަފީރަށް ރައީސް ޞާލިޙް ވަނީ މަރުހަބާ ދަންނަވާފައެވެ. މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރާއްޖެއާއި ސަޢުދީޢަރަބިއްޔާއާއި ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ފާހަގަކުރައްވާ، ސަފީރު މަތްރެކްގެ ދައުރުގައި އެ […]

އިދިކޮޅު ކޯލިޝަނުން ޖަލްސާއެއް ބާއްވަނީ

އިދިކޮޅުން ޕްރްގްރެސިވް ކޮންގްރެސް ކޯލިޝަނުން އަންނަ ހޮނިހިރު ދުވަހު ”ވިސްނާ“ގެ ނަމުގައި ޖަލްސާއެއް ބާއްވަން ނިންމައިފައިވާ ކަމަށް އެކޯލިޝަނުން ބުނެފިއެވެ. ޖަލްސާ ބާއްވަނީ ކާނިވާ ސަރަހައްދުގައި ހޮނިހިރު ދުވަހުގެ ރޭ 8:30ގަ އެވެ. އެ ކޯލިޝަންގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އިބްރާޙިމް ޝުޖާއު ވިދާޅުވީ، އެ ޖަލްސާ ބޭއްވުމަށް އެދި ހުއްދަ ހޯދުމަށް ކަމާ ބެހޭ ފަރާތްތަކަށް މިހާރު ސިޓީ ފޮނުވާފައިވާ ކަމަށެވެ. ”އަޅުގަނޑުމެން އުންމީދުކުރަން މިފަހަރު މި ސަރުކާރަށް […]

ސްކޫލްތައް ހުޅުވާނީ އެރަށެއްގެ ޙާލަތަށް ރިޢާޔަތް ކޮށްފައިކަމަށް ތަޢުލިމީ ވުޒާރާއިން ބުނެފި

އަންނަ ޖެނުއަރީ މަހު ސްކޫލުތައް ހުޅުވައި ކިޔަވައިދޭނީ، އެ ރަށެއްގައި އާއްމު ސިއްހީ ހާލަތު ހުރި ގޮތަށް ރިއާޔަތް ކުރުމަށް ފަހު ކަމަށް ތަޢުލީމި ވުޒާރާއިން މިއަދު ބުނެފި އެވެ. މި އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ޖެނުއަރީ 10، 2021 ގައި ފަށާއިރު، އެވުޒާރާއިން ވަނީ ސްކޫލުތަށް ހުޅުވައިގެން ކިޔަވައިދިނުމަށް ތައްޔާރުވުމަށް ސްކޫލުތަކަށް އަންގައިފަ އެވެ. އެއާއެކު، ކިޔަވައިދިނުމުގެ ކަންކަން އިންތިޒާމު ކުރުމުގައި އަމަލުކުރާނެ ސާކިއުލާއެއް ފޮނުއްވާފައިވެ އެވެ. އެ ސާކިއުލާގައި ވިދާޅުވެފައިވަނީ، އާއްމު ހާލަތަށް […]