ފަރަންސޭސި ރައީސް މެކްރޯން: ރައްޔިތުންގެ ތާއިދު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ

Loading

Facebook
Twitter
WhatsApp

ފަރަންސޭސިވިލާތުގެ މަޖައްލާއެއްގައި ކީރިތި ރަސޫލާއަށް ކާޓޫނު ކުރެހި މައްސަލަ ދިފާއު ކުރެއްވުމާއި އެކަން ކުރި މީހުން ހިމާޔަތްކުރައްވައި ވާހަކަފުޅުދެއްކެވުމާ ގުޅިގެން ފަރަންސޭސިވިލާތުގެ ރައީސް އެމެނުއެލް މެކްރޯންގެ މަގުބޫލުކަން މުސްލިމް ދުނިޔޭގައި ވަނީ ވަރަށް ބޮޑަށް ކުޑަވެގެންގޮސްފައެވެ. ހަމައެގޮތަށް މެކްރޯންއަށް ތާއިދުކުރާ މީހުންގެ އަދަދު ފަރަންސޭސިވިލާތުގައިވެސް އިންތިހާއަށް ދަށަށް ހިނގައްޖެއެވެ. ޚިޔާލު ހޯދުމުގެ ބައެއް ދިރާސާތަކުން ދައްކާގޮތުގައި ގައުމުގެ 60 ޕަސެންޓު މީހުން މި ވަގުތު މެކްރޯނަށާއި އޭނާގެ ސަރުކާރަށް ތާއިދެއްނުކުރެއެވެ.

އޭނާ ރައީސްކަމަށް ހޮވިވަޑައިގަތީ ރައްޔިތުންގެ 66 ޕަސެންޓުގެ ތާއީދުލިބިގެންނެވެ. އެކަމަކު މިއަދު ރައީސް މެކްރޯންއަކީ ގައުމުގެ ރައްޔިތުން އެންމެ ބޮޑަށް ނުރުހޭ ސިޔާސީ ލީޑަރެވެ. މައްސަލައަކަށްފަހު މައްސަލައެއް އޭނާއަށް ދަނީ ކުރިމަތިވަމުންނެވެ. މުޒާހަރާއަކަށްފަހު މުޒާހަރާއެއް އޭނާއާ ދެކޮޅަށް ގައުމުގައި ކުރަމުން އެބަގެންދެއެވެ.

ދާދިފަހުން ފަރަންސޭސިވިލާތުގައި ހެދި ދިރާސާއަކުން ދައްކަނީ ރައީސް މެކެރޯންގެ ސިޔާސަތަށް ތާއިދު ކުރަނީ ގައުމުގެ އެންމެ 29 ޕަސެންޓު މީހުންކަމެވެ.

ޚިޔާލު ހޯދުމުގެ ހުރިހާ ވޯޓަކުން ވެސް ދައްކަނީ މެކްރޯންގެ ތާއީދު ވަރަށް ބޮޑަށް ކުޑަވަމުންދާކަމެވެ. އެކި ދިރާސާތަކުން އެކިވަރަށް ދެއްކިޔަސް ޔަގީންވާކަމަކީ ހުރިހާ ދިރާސާއަކުން ވެސް މެކްރޯންގެ ތާއީދު ވަރަށް ބޮޑަށް ކުޑަވަމުންގޮސްފައިވާކަމެވެ. ވަޒީފާނެތް މީހުންގެ އަދަދު އިތުރުވަމުންދިއުމާއި އިގުތިސާދީ މައްސަލަތައް ގައުމުގައި އިތުރުވަމުންދަނީއެވެ. ޚާއްޞަކޮށް އޭނާގެ އެންވަޔަރަންމަންޓް މިނިސްޓަރ ނިކޮލަސް ހުލޮޓު އިސްތިއުފާ ދެއްވުމަކީ މެކްރޯންގެ މަގުބޫލުކަމުގައި ޖެހުނު ވަރަށްބޮޑު ލައްގަނޑެކެވެ. ހަމައެޔާއެކު މެކްރޯންގެ އަރިސް ބޭފުޅެއްކަމުގައިވާ ދާޚިލީ ވަޒީރުގެ އިސްތިއުފާއިން ވެސް ބޮޑު ލޮޅުމެއް މެކްރޯންގެ ސަރުކާރަށް ވަނީ އަރާފައެވެ.

މެކްރޯން 2017ގެ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވީ ބަޔަކު އުއްމީދު ނުކުރާހައި ބޮޑު އަޣުލަބިއްޔަތަކުންނެވެ.

ފަރަންސޭސިވިލާތުގެ އިންތިޚާބު ދެން އޮންނާނީ 2022 އޭޕްރީލު މަހުގެތެރޭގައެވެ.

ފަރަންސޭސިވިލާތުގެ ކަނައަތު ފިޔައިގެ ލީޑަރ އަދި މެކްރޯންގެ ވާދަވެރިޔާ މެރީ ލެ ޕެން ބުރާސްފަތި ދުވަހު ވަނީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ލެ ޕެން ވިދާޅުވީ އިންތިޚާބަށް އޭނާ ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވާކަމަށެވެ.

ފަރަންސޭސިވިލާތުގެ އިންތިޚާބަށް ތައްޔާރުވެވަޑައިގަތުމުގެ މަސައްކަތް ރައީސް މެކްރޯން ފަށްޓަވައިގެން ކުރިއަށް ގެންދަވާއިރު ފަރަންސޭސިވިލާތުގެ އެކިއެކި ޔުނިއަންތަކުން މެކޮރޯންގެ ސިޔާސަތުތަކާ ދެކޮޅަށް ގައުމުގައި ބޮޑެތި މުޒާހަރާތައް ކުރަމުންދާތާ ދެއަހަރެއްހާ ދުވަސް ވެއްޖެއެވެ. އެ މުޒާހަރާތަކުގެ ނުބައި އަސަރު ދެން އޮންނަ އިންތިޚާބެއްގައި މެކޮރޯންއަށް ކުރާނެކަމުގެ އަސަރުތައް ދައްކަނީ ޚިޔާލު ހޯދުމުގެ ނަތީޖާތަކުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް