ވިސާ ނެތި ތައިލެންޑަށް ދެވޭނެ

14

 

ދިވެހިންނަށް ވިސާއާ ނުލައި ތައިލެންޑަށް ދަތުރުކުރެވޭނެ ގޮތް އެގައުމުން އަނެއްކާވެސް ހަމަޖައްސައިފި އެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާގުޅިގެން ތައިލޭންޑު ސަރުކާރުން އެގައުމުގައި އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި އެގައުމަށް ވިސާއާ ނުލާ ދަތުރުކުރެވޭގޮތަށް ހަމަޖައްސާފައިވާ ގައުމުތަކުން ވިސާ އެއްނެތި އެގައުމަށް އެތެރެ ކުރުން ވަގުތީގޮތުން ހުއްޓައިލި އެވެ.

ތައިލެންޑަށް ވިސާއާ ނުލައި އެތެރެވެވޭނެގޮތް އެގައުމުގެ ސަރުކާރުން ދީފައިވަނީ އެހެންގައުމުތަކުން އެގައުމަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިންތިހާއަށް މަދުވުމާއި ގުޅިގެން އެގައުމަށް އެތެރެވާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ ބޭނުމުގައެވެ.

މިހާތަނަށް 54 ގައުމަކުން ވިސާ އަކާނުލާ ތައިލޭންޑަށް އެތެރެވެވޭނެ ގޮތް އެގަމުން ވަނީ ހަމަޖައްސާފައެވެ.

މި ލިސްޓުގައި ރާއްޖޭގެ އިތުރުން އެމެރިކާ، އިނގިރޭސިވިލާތް، މެލޭޝިއާ، ތުރުކީ، ފަދަ ގައުމުތައް ވަނީ ހިމަނާފައެވެ.

ތައިލެންޑަށް އެތެރެވޭވޭނެ ފަސޭހަ ގޮތްތަކެއް އެގައުމުން ހަމަޖެއްސީ ކޮވިޑް-19ގެ ބަލިމަޑުކަމާގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުކަމަށް ވެސް އެގައުމުން ހާމަކުރެއެވެ. އެގޮތުން އެގައުމަށް ދަތުރުކުރާ ފަރާތްތަަށް ގައުުމަށް  އެެތެރެވެވެނީ 72 ގަޑިއިރުނުވާ ޕީސީއާރު ޓެސްޓަކާއެކުއެވެ. އަދި މީގެ އިތުރުން އެގައުމުން ކަނޑައަޅާތަނެއްގައި ކަރަންޓީންވާންޖެހުމާއި ކޮވިޑުން ރައްކާތެރިވުމަށް ސަރުކާރުން ހަމަޖައްސާފައިވާ ގަވާއިދުތަކާއި އެއްގޮތަށް ފަތުރުވެރިން އަމަލުކުރުމަށް ތައިލެންޑް ސަރުކާރުން ވަނީ އެދިފައެވެ.

ދިވެހިންނަށް 30 ދުވަހުގެ އޮންއެރައިވަލް ޓޫރިސްޓް ވިސާ ލިބޭނެގޮތް ތައިލޭންޑް ސަރުކާރުން ވަނީ މިދިޔަ އަހަރު އޭފްރީލް އިން ފެށިގެން ހަމަޖައްސާފައެވެ. އަދި ވިސާއާ ނުލައި ތައިލެންޑަށް އެތެރެ ވުމަށްފަހު މަގްބޫލު އުޒުރެއް އޮވެގެން ވިސާގެ މުއްދަތު އިތުރުކުރަން ބޭނުންވެއްޖެނަމަ މުއްދަތު އިތުރު ކޮށްދިނުމުގެ ބާރު އެގައުމުގެ އިމިގްރޭޝަަނަށް އޮންނަ ގޮތަށް ވެސް އެގައުމުގެ ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ