ޓްރެކް ސަރަހައްދުގައި ޑައިވިން ޕްލެޓްފޯމެއް ހަދައިދޭނެ ބަޔަކު ހޯދަނީ

މާލޭ އިރު ދެކުނު ފަރާތުގައި ގާއިމްކޮށަފައިވާ ސްވިމިން ޓްރެކްގައި ޑައިވިން ޕްލެޓްފޯމެއް ހަދަން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްއިން މިއަދު ކޮށްފައިވާ އިއުލާނެއްގައިބުނެފައިވަނީ މާލޭގައި ހުންނަ ސްވިމިން ޓްރެކްސަރަހައްދުގައި ޑައިވިން ޕްލެޓްފޯމެއް ހަދަން ބޭނުންވާކަމަށާއި މި ޑައިވިން ޕްލެޓްފޯމްހަދައިދޭން ޝައުގުވެރިވާ ފަރާތްތަކުން ބީލަމް ހުށަހެޅުމުގެފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ. އެ އެސޯސިއޭޝަންގެ އިއުލާންގައިވާގޮތުން މިޕްރޮޖެކްޓްގައި މިއަދުން ފެށިގެން މިމަހު 21 އާހަމައަށް އޮންލައިންކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. މި ޑައިވިން ޕްލެޓްފޯމް އަޅާ […]

29 ގެސްޓުހައުސެއް ހުޅުވުމުގެ ހުއްދަ ދީފި

އަތޮޅުތެރޭގައި ހިންގާ ގެސްޓްހައުސްތަކުގެ ތެރެއިން މިހާތަނަށް 29 ގެސްޓްހައުސެއް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދީފިއެވެ. ޓޫރިޒަމް މިނިސްރީގެ ތަފާތު ހިސާބުތަކުން ދައްކާގޮތުން މިއަދާ އަމައަށް ހުއްދަދިން 29 ގެސްޓްހައިސް ނުވަ ރަށެއްގައި ހިންގާ ގެސްޓްހައުސްތަކެވެ. އެއީ ހަތަަރުއަތޮޅަކަށް ނިސްބަތްވާ ނުވަ ރަށެއްގައި ހުރި ގެސްޓްހައުސްތަކެކެވެ. އެރަށްތަކަކީ: ނ. ފޮއްދޫ ކ.ހުރާ ކ.މާފުށި ކ.ގުރައިދޫ އއ.މަތިވެރި އއ.އުކުޅަސް އއ. ތޮއްޑޫ ވ.ތިނަދޫ ވ.ފުލިދޫ ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިދިޔަ މާޗްމަހުގައި ގެސްޓްހައުސްތައް ބަންދުކުރިއެވެ. […]

ގައުމީ ދުވަހެއް ބައްދަލުކޮށްފައި ދާއިރު ހިތަށް އަރާ ބައެއް ކަންތައްތައް

މިއަހަރުގެ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ލިޔުމެއް ލިޔުމުގެ ދައުވަތު ލިބުމުން، އެއްޗެއް ލިޔަން ނުލިޔަން ހުރެފައި، އެންމެ ފަހުން، ކޮންމެ ވެސް އެއްޗެއް ލިޔަން ނިންމައި މި ލިޔުން ލިޔަން ފެށީމެވެ. އެކި ގައުމުތަކުގައި، ގައުމީ ދުވަހެއް ފާހަގަކުރަނީ ޚާއްސަ މުނާސަބަތަކާއި ގުޅުވައިގެންނެވެ. ގިނަފަހަރަށް އެދުވަސް ގުޅެނީ އެ ގައުމުގެ މިނިވަންކަމާއެވެ. ބޭރުގެ ބާރެއްގެ ދަށުން ގައުމު މިނިވަންވުމާއެވެ. އެދުވަސް ފާހަގަކުރުން ގުޅެނީ ގައުމުގައި މި އަގު، އާދެ، މިނިވަންކަމުގެ އަގު ވަޒަންކޮށް ދެމެހެއްޓުމާއެވެ. ގައުމުގެ […]

ކޯވިޑް19: އިއްޔެ އިތުރު 32 މީހަކު ބައްޔަށް ފައްސިވެއްޖެ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 32 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 11 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 21 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 27 މީހުންނަކީ ދިވެހިންނެވެ. އަދި އަނެއް 5 މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 11,210 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 1002 އެކްޓިވް ކޭސް ހިމެނޭއިރު، 39 […]

އައްޑޫގައި ނުރައްކާތެރި މާރާމާރީއެއް ހިނގައިފި!

އައްޑޫ އަތޮޅު ހިތަދޫގައި ރޭ ދަންވަރު ނުރައްކާތެރި މާރާމާރީއެއް ހިނގައިފިއެވެ. ބެލެވޭ ގޮތުގައި މިއީ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެކެވެ. މިމާރާމާރީގެ ތެރެއިން އެކަކުގެ ހާލު ސީރިއަސްވެ އައްޑޫ އިކުއޮޓޯރިއަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. މަޢުލޫމާތު ލިބޭގޮތުގައި އޭނާގެ ހަށިގަނޑުގެ އެކިތަންތަނަށް ކަތިވަޅިއެއް ފަދަ އެއްޗަކުން ބޮޑެތި ޒަޚަމްތަކެއް ވަނީ ދީފައެވެ. އަދި އެއްއަތުން ބައެއް ބުރިވެފައި ވާކަމަށްވެސް ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މައުލޫމާތު ލިބޭގޮތުގައި ޒަޚަމްވި މީހާގެ އަތުން ދެއިނގިއްޔެއްވަނީ އެއްކޮށް ބުރިވެފައެވެ. […]

ސަރުކާރާއި ދެކޮޅަށް ބޮޑެތި މުޒާހިރާތައް ބާއްވަމުންދާތީ ތައިލޭންޑުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

ސަރުކާރާއި ދެކޮޅަށް ބޮޑެތި މުޒާހިރާތައް ބާއްވަމުންދާތީ, ތައިލޭންޑުގެ ބޮޑުވަޒީރުވަނީ ބުރާސްފަތި ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު ތައިލޭންޑުގައި އިއުލާންކޮށްފިއެވެ. މުޒާހިރާގެ ބައިވެރިން ދަނީ ބޮޑު ވަޒީރުެގ އިސްތިޣުފާއަށް ގޮވާލައި، ގައުމުގައި އޮތް ރަސްކަން ބަދަލު ކުރުމަށް ގާނޫނު އަސާސީ އިސްލާހު ކުރުމަށް ގޮވާލަމުންނެވެ. ބޮޑުވަޒީރު އިސްޣުފާ ނުދެނީސް މުޒާހިރާ ހުއްޓާނުލާނެކަމަށްބުނެ، އެތައް ހާސް ބަޔަކު ބޭންކޮކްގައި ހުންނަ ބޮޑުވަޒީރުގެ އޮފީސް ކައިރިއަށް އެއްވެ މުޒާހިރާކުރަމުން ދަނިކޮށް، ބުދަ ދުވަހު ބޮޑުވަޒީރު ޕްރަޔޫތު ޗަން-އޮޗާ ވަނީ ކުއްލި ނުރައްކަލުގެ […]

ބީއެމްއެލްއަށް ހުޅުމާލެއިން ބިމެއް ގަނެފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޮފީސް އިމާރާތް ހެދުމަށް ހުޅުމާލެ އިން ބިމެއް ގަނެފިއެވެ. ބީއެމްއެލް އިން މިބިން ގަނެފައިވަނީ 58.7 މިލިއަން ރުފިޔާއަށެވެ. ބީއެމްއެލް އިން ގަނެފައި ވަނީ އެޗްޑީސީގެ މިލްކުގައިވާ ހުޅުމާލޭ ލޮޓް ނަމްބަރު 11611 އެވެ. އެއީ 15،822.5 އަކަފޫޓު (1469.96 އަކަމީޓަރު)ގެ ބިމެކެވެ. އެ ބިން ގަނެފައި ވަނީ އަކަފޫޓަކަށް 3،710.11 ރުފިޔާގެ ރޭޓުންނެވެ. އެޗްޑީސީއިން ހުށަހެޅީ އެ ބިން 58،701،475 ރުފިޔާއަށް ވިއްކުމަށެވެ. އެ ގޮތަށް ދެ ފަރާތުން އެއްބަސްވެ، […]

ރާއްޖޭގައި އިންޑިއާ ސިފައިންގެ 200މީހުން އުޅޭނެ: ޢުމަރު

ރާއްޖޭގައި ތިންސަރަހައްދެއްގައި 200 އިންޑިއާ ސިފއިން އުޅޭނެކަމަށް ރާއްޖޭގެ ކުރީގެ ހޯމްމިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ. ޢުމަރު ނަސީރު މިހެން ވިދާޅުވެފައި މިވަނީ މިއަދު މިފާހަގަ ކުރެވޭ ޤައުމީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވެވި މެސެޖެއްގައެވެ. އެމެސެޖުގައި ޢުމަރު އތުރަށް ވިދާޅުވެފއިވަނީ މި ޒަމާނުގައި ދުނިޔޭގެ ބާރުތަކުން ޤައުމުތަށް އަޅުވެތި ކުރަނީ ކުރީގައި އާންމު ގޮތެއްގައި ހަނގުރާމަ ކުރާ އުސޫލަކުން ނޫން ކަމަށެވެ. އަދި މިޒަމާނުގައި އަޅުވެތިކަމުގެ ދަށަށް ގެންދިއުމުގައި ތަފާތު އުކުޅުތައް ބޭނުން ކުރާ ކަން ފާހަގަކުރައްވައި […]

ކޮވިޑް ވެކްސިން ޖެހުމަށް ޗައިނާގައި ދިގު ކިއުތަކެއް ހަދައިފި

ކޮވިޑް-19އިން ދިފާޢުވުމަށް ޗައިނާ އިން އުފެއްދި ވެކްސިން ޢާންމުން ތަޖްރިބާ ކުރުމަށް އިއްޔެ ހުޅުވުމާއި އެކު އެތައް ހާސް ބަޔަކު ވެކްސިން ޖަހަން ކިއު ހަދައިފި އެވެ. ކްލިނިކަލީ ގޮތުން ހަދަން ޖެހޭ ޓްރަޔަލްތަށް ނިމިފައި ނުވިޔަސް އިރުމަތީ ޒެޖިއާން ޕްރޮވިންސްގެ ޔިވޫ ސިޓީގެ ކޮމިޔުނިޓީ ހެލްތު ސެންޓަރުގެ ބޭރުގައި ވެކްސިން ނެރުމުގެ ކުރިން ކިއު ހަދައިފައިވެއެވެ. އަދި ވެކްސިން ޖަހައިދީފައިވަނީ ޑޯޒެއް 45ޕައުންޑަށެވެ. ވެކްސިން ޖެހުމުގެ ކުރިން ވެކްސިން ޖަހަން ވޮލެންޓިއަރ ކުރި ފަރާތްތަކުން ވަނީ […]

ގައުމީދުވަހު ރައީސް ސޯލިޙު ގައުމާއި މުޚާތަބުކުރައްވައިފި.

ރާއްޖޭގެ ފަޚުރުވެރި ގައުމީދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެރި ރައްޔިތުންނަށް ވަރަށް އިޚުލާސްތެރިކަމާއިއެކު ތަޙުނިޔާދަންނަވާ ހެޔޮއެދުންތައް ފޮނުއްވަވައިފިއެވެ. ރާއްޖޭގެ އުފާވެރި ގައުމީދުވަހުގެ ހަނދާންތައް ގުޅިފައިވަނީ ވަރަށްމަތިވެރި ގައުމީ ބަތޮލެއް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ ދިފާޢުގައި ކުރެއެވި މަތިވެރި ޖިހާދަކުންކަމުގައި ހަދާންކޮށްދެއްވިއެވެ. މިއަދަކީ ޕޯޗްގީސްގެ އަޅިވެތިކަމުން ދިވެހިރާއްޖެ މިނިވަނަކުރުމަށް އުތީމު ބޮޑުތަކުރުފާނު ކުރެއްވި މަތިވެރި ޖިހާދުގެ ހަނދާންތަަައް އަޅުގަނޑުމެން އާކުރާދުވަސް. އެހެންކަމުން އެމަތިވެރި ޖިހާދުގެ ޒިކުރާ އާކުރަމުން އެ ރަދުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތްދެއްވުންއެދި ދުޢާކުރެއްވިއެވެ. ގައުމީ ޙަޔާތުގެ […]