ގައުމީދުވަހު ރައީސް ސޯލިޙު ގައުމާއި މުޚާތަބުކުރައްވައިފި.

29

ރާއްޖޭގެ ފަޚުރުވެރި ގައުމީދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެރި ރައްޔިތުންނަށް ވަރަށް އިޚުލާސްތެރިކަމާއިއެކު ތަޙުނިޔާދަންނަވާ ހެޔޮއެދުންތައް ފޮނުއްވަވައިފިއެވެ. ރާއްޖޭގެ އުފާވެރި ގައުމީދުވަހުގެ ހަނދާންތައް ގުޅިފައިވަނީ ވަރަށްމަތިވެރި ގައުމީ ބަތޮލެއް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ ދިފާޢުގައި ކުރެއެވި މަތިވެރި ޖިހާދަކުންކަމުގައި ހަދާންކޮށްދެއްވިއެވެ.

މިއަދަކީ ޕޯޗްގީސްގެ އަޅިވެތިކަމުން ދިވެހިރާއްޖެ މިނިވަނަކުރުމަށް އުތީމު ބޮޑުތަކުރުފާނު ކުރެއްވި މަތިވެރި ޖިހާދުގެ ހަނދާންތަަައް އަޅުގަނޑުމެން އާކުރާދުވަސް. އެހެންކަމުން އެމަތިވެރި ޖިހާދުގެ ޒިކުރާ އާކުރަމުން އެ ރަދުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތްދެއްވުންއެދި ދުޢާކުރެއްވިއެވެ. ގައުމީ ޙަޔާތުގެ އެކިދުވަސްވަރު ދިވެހީންގެ މިނިވަން ކަމަށްޓަކައި  ގައުމީޖިހާދުގައި ގުރުބާންވެވަޑައިގެންނެވި އެންމެހާ ގައުމީ ބަތޮލުންގެ ހަނދާންތައް އާކޮށް އެމަތިވެރި ބަތޮލުންނަށް ހެޔޮދުޢާކުރުމަކީ މިިފަދަ ގައުމީ މުނާސަބަތެއްގައި އަދާކުރަންޖެހޭ ގައުމީވާޖިބެއްކަމުގައިވެސް ވިދާޅުވިއެވެ. ގައުމީފެންވަރުގައި ރާއްޖޭގައި ފާހަގަ ކުރެވޭދުވަސްތަކުގެ ތެރެއިން އަޅުގަނޑުމެންގެ ހިތްތަކުގައި އެންމެ މަތިވެރި ގަދަރެއްދެވިފައިވާ ދުވަހަކީ ގައުމީދުވަހެވެ. ގާނޫނު އަސާސީގައިވެސް ވަކިތާރީޚެއްގައި ކަނޑައެޅި ބަޔާންކޮށްފައިވާ ހަމައެކެނި މުނާސަބަތަކީވެސް މިއަދު އަޅުގަނޑުމެން މިފާހަގަ ކުރާ ރާއްޖޭގެ ގައުމީދުވަހުގެ މުނާސަބަތްކަމުގައި ރައީސް ވިދާޅުވިއެވެ.

ގައުމީ ދުވަހަށް މިހާމަތިވެރި ޖަރައެއް ދެވިފައިވަނީ ރާއްޖޭގެ މިނިވަންކަމަށާއި އަމިއްލަވަންތަކަމަށް އެންމެ މަތިވެރި ނަސްރެއް ލިބިފައިވަނީ އެދުވަހުކަމަށްވާތީކަމުގައެވެ. އެއީ ޕޯޗްގީޒުން ރާއްޖެ އަޅުވެތިކޮށްގެން އުޅެމުންއައިތާ ފަނަރަ އަހަރާއި ހަމަސް ވެފައިވަނިކޮށް އުތީމު ތިންބެއިންގެ ގައުމީޖިހާދުގައި ބޮޑުތަކުރުފާނު ރާއްޖެ މިނިވަންކުރެއްވި ދުވަސް. އެހެންކަމުން ގައުމީދުވަހުގެ ނަމުގައި މިއަދު އަޅުގަނޑުމެން މިފާހަގަކުރަނީ އިސްތިޢުމާރީ ބާރެއްގެ ދިގު އަޅުވެތިކަމުން ރާއްޖެއަށް މިނިވަންކަން ލިބުމުގެ އުފާކަން ވިދާޅުވެދެއްވިއެވެ. އަދި ވިދާޅިވީ ތިމަން މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ގައުމިއްޔަތުގެ އެންމެ މަތިވެރި ސިފައަކީ މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި ބައިނަލް އަގުވާމީގޮތުން ނޭވާލުމުގެ މަތިވެރި ނިޢުމަތް ލިބިފައިވުމެވެ. މިއަދުވެސް ރައީސް އަށް ލިބިވަޑައިގަންނަވާ މަތިވެރި އުފަލަކީ އަދި ހިތްހަމަޖެހުމަކީ ދިވެހގައުމަށްޓަކައި ދިވެހ ރައްޔިތުންގެ ދިފާޢުގައި ފުރާނަޔާއި ލެއިން ގުރުބާންވާން ތައްޔާރަށްއޮތް ސަލާމަތީ ފައުޖެއް މިގައުމުގައި ސާބިތުވެ އޮތަތީވެ ކަމުގައި ވިދާޅުވިއެވެ. މިއީ ހަމަ ކޮންމެ ދިވެއްސަކުވެސް ފަޚުރުވެރިވާނޭ ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ.

އެކާވިސްވަނަ ސައްތައިގެ ފިކުރިއްޔާތަކީ އަދި މިޒަމާނުގެ ސިޔާސީ އިގުތިސޯދީ ވިސްނުމަކީ މިނިވަން މުސްތަގިއްލު ގައުމެތަކެއްގެ ގުޅި ލާމެހިފައިވާ ބަދަހި އެއްމުޖުތަމަޢު، އަޅުގަނޑުމެންގެ މި ރާއްޖެއަކީވެސް މިދެންނެވި މުޖުތަކަޢުގައި ހިމެނޭ އެއް ޢާއިލާކަން ހަނދާންކޮށްދެއްވަމުން އިތުރަށްވިދާޅުވީ އަޅުގަނޑު މިއަދުވެސް ރާއްޖޭގެ ލޮބުވެތި ރައްޔަތުންނަށް ޔަގީންކަމާއިއެކު ދަންނަވަން ބޭނުންވަނީ ހުރިހާ ގައުމުތަކަކާއި އެކުވެސް ޚާރިޖީ ގުޅުންތައް އަޅުގަނޑުމެން  ހަރުދަނާކުރަމުން މިއަންނަނީ ދެކަމެއް ކަށްވަރު ކުރަމުންނެވެ. ފުރަތަކަމަ ކަމަކީ ރާއްޖޭގެ މިނިވަންކަމާއި ސިިޔާދަތު ފުރިހަމައަށް ރައްކާތެރި ކުރުމެވެ. ދެވަނަކަމަކީ  އެ  ގުޅުންތަކުގެ ސަބަބުން ރައްޔިތުންނަށް ފައިދާއާއި ލާބަ ލިބޭނެކަން ކަށަވަރުކުރުމެވެ. މިސަރުކާރުގެ ފުރަތަމަ ދުވަހުންފެށިގެން މިއަދާއި ހަމައަށްވެސް ތަންފީޒުކުރަމުން މިއަންނަނީ މިސިޔާސަތުކަމުގައި ވިދާޅުވިއެވެ.

މާތްﷲގެ ހެޔޮވާގިފުޅާއިއެކު ކުރިމަގުގައިވެސް ދަމަހައްޓާނީ މިސިޔާސަތު. މިސަަރުކާރު ފެށުނުއިރު ރާއްޖެއޮތީ ބައިނަލް އަގުވާމީ މުޖުތަމަޢުން ވަރަށްބޮޑަށް އެކެހެށިކުރެވިފައި. އެކަމުގެ ސަބަބުން ދިވެހިރާއްޖެއަށާއި ދިވެހިރައްޔަތުންނަށް ލިބެންހުރި އެތަށް މަންފާތަކަކާއި އެތަކެއް އެނހީތަކެއް ލިބުމަށްވަރަށް ބޮޑަށް ހުރަސްއެޅިފައިވާކަމުގައިވެސް ވިދާޅިވެދެއްވިއެވެ. ނަމަވެސް މިހާރު ރާއްޖޭގެ ޚާރިޖީގުޅުންތަށް ބަދަހިވަމުން އަންނަކަމަށާއި އަދި އެކަމުގެ ފައިދާވެސް ދިވެހިންނަށް ލިބެމުންއަތުވެއްޖެކަން ނޯޓުކުރެއްވިއެވެ. ޚިތާބު ނިންމަވާލެއްވީ އަޅުގަނޑުމެނަށް ލިބިފައިވާ އެންމެމަތިވެރި ނިޢުމަތަކީ އިސްލާމްދީނުގެ އުޖާލާ ނޫރުން އަޅުގަނޑުމެންގެ ހިތްތައް އަލިވެފައިވުންކަމުގައި ވިދާޅުވިއެވެ.

1 ހިޔާލު

  1. ރައީސްގެ ވާހަކަފުޅު ތާރީޚީ ޙަގީގަތްތަކުގެ މައްޗަށް ބިނާކުރެއްވިނަމަ މިއައްވުރެ ފުރިހަމަވާނެ. ރާއްޖޭގެ ބޮލި ރޯނު އެޒަމާނުގައި އޮތީ ދުނިޔޭގެ އިގުތިސޯދުގެ ކޮން ދަރަޖައެއްގައިކަމާއި އެމާރކެޓަށް ވާދަކުރާ ވިޔާފާރި އެމްޕަޔަރުންގެ އިންޓުރަސްޓު މިގައުމުގައި އޮތްވަރާއި ހުޅަނގާއި އިރުމަތީގެ ބާރުަގަދަ ދިދައިގެ ހިޔަލުގައި އިންޑިއާ ކަނޑުފޭރުނު ބަޔަކު އުޅުނުކަމާއި އެއީ ވަކިގައުމަކަށް ނިސްބަތްކުރުމުގެ ސަލާޙިއްޔަތު މުއައްރިޚުން ނުދޭ ޕައިރޭޓުގުރޫޕުތައް ކަމާއި ދިވެހިރާއްޖޭގެ ސިންގާސަންގައި ރިނދަލިކުރެއްވި ރައުހުންގެ ފަސްދާނަށްދާން ހުކުރުމިސްކިތުގެ ގަބުރުސްތާނުން ޖާގަދިނީ ވެރިކަމަސް ވެރިކަމަސް އައުމުގައި ދިލައެއް މިލައެއް ނެތްކަމަށް އޭރަކު އެހުންނަވާ ފަނޑިޔާރު މަނިކުފާނު ގަބޫލުފުޅު ކުރައްވާރަހަކަށް ކަމާއި މިހަގީގަތްތަކަށް ބަލާއިރު އިޖުތިމާޢީ ޢިލްމުގެ ބާނީ އިބުނު ޚަލްދޫންގެ ބަސްފުޅުކަމަށްވާ ތާރީޚު ތަދުވީން ކުރެވިފައިވަނީ ބޮޑެތިހެން ހީވާހާ ދޮގުތަކެއް ލައިގެންކަމާއި މިކަންކަން ފާހަގަކޮށް ތަޙުލީލީ ނަޒަރެއް ދެއްވިނަމަ ހާދަ ރަނގަޅޭ ހީވެއެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ