އޮބާމާގެ އަނބިކަނބަލުންގެ ފާޑު ކިޔުން ޓްރަންޕަށް!

އޮބާމާގެ އަނބިކަނބަލުން ޓްރަންޕަށް ވަރަށް ބޮޑަށް ފާޑު ކިޔާ ވާހަކަ ދައްކަވައިފިއެވެ. އޮބާމާގެ އަނބިކަނބަލުން މިޝައިލް އޮބާމާ ވިދާޅުވެފައިވަނީ ޑޮނަލްޑް ޓްރަމްޕަކީ އެމެރިކާ އަށް ލިބުނު ރަނގަޅު ރައީސެއް ނޫން ކަމަށާއި އެމެރިކާ އެއްބައިވަންތަކަން ޤާއިމް ކުރެވޭނީ ޓްރަމްޕުގެ ބަދަލުގައި ވެރިކަމަށް ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން ގެނެސްގެން ކަމަށެވެ. ”ޓްރަމްޕަކީ އެމެރިކާ އަށް މިއަދު ދިމާވެފައިވާ ގޮންޖެހުންތައް ހައްލު ކުރުމުގެ ގާބިލްކަން ހުރި މީހެއް ނޫން“ ކަމަށް މިޝައިލް ވިދާޅުވެފައިވެއެވެ. އަދި ”ޓްރަމްޕުގެ ސިޔާސަތުތައް ފެއިލްވުމުން […]
ފެލިވަރުގައި 17.5 މިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަނީ

ފެލިވަރުގައި 17.5 މިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން ސަރުކާރުން ތައްޔާރު ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ފެލިވަރާއި ކޫއްޑު ތަރައްގީ ކުރުމުގެ ގޮތުން ފަށާ މަޝްރޫއަށް ފައިނޭންސް ދީފައިވަނީ ސައުދީ ފަންޑާއި އިންޑިއަން އެގްޒިމް ބޭންކުގެ ލޯނު އެހީގައި ކަމަށް ސަރުކާރުން ހާމަކުރެއެވެ. އެގޮތުން އެގްޒިމް ބޭންކުގެ އެހީގައި ފެލިވަރުގައި 17.5 މިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. ފެލިވަރުގައި ހިނގާ މި ބޮޑު މަޝްރޫއުގެ ދަށުން ފެލިވަރު ފަޅުން ބައެއް ހިންގައިގެން […]
ކޯވިޑް19: 139 ދިވެހިންނާއި އެކު، ޖުމްލަ 170 މީހުން އިއްޔެ ފައްސިވެއްޖެ!

އިއްޔެ ރާއްޖެއިން ކޯވިޑް19 އަށް ޖުމްލަ 170 މީހަކު ފައްސިވެއްޖެއެވެ. އިއްޔެ ފައްސިވީ މީހުންގެ ތެރޭގައި 139 ދިވެހިން ހިމެނެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 1 ކޭހެއް ފިޔަވާ ބާކީ ހުރިހާ ކޭހެއް ފެނިފައިވަނީ ގްރޭޓަރ މާލެ ސަރަހައްދުންނެވެ. ދިވެހިންގެ އިތުރުން ދެން އިއްޔެ ފައްސިވެފައިވަނީ ބަނގްޅަދޭޝްގެ 23 މީހަކާއި، އިންޑިޔާގެ 7 މީހަކާއި، ސައުތް އެފްރިކާގެ އެކަކެވެ. މިއަދު ފައްސިވީ މީހުންނާއި އެކު މި ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިވަނީ 6079 […]
މިސަރުކާރުންވެސް އިންތިހާއަށް އެކުރީ ވަކަން!

މިހަފްތާގެ ތާޒާ ހޫނު ޚަބަރަކީ ކޯވިޑް-19 އާއި ގުޅިގެން، ދުބާއީ ކުންފުންޏަކާއި ހަވާލުކޮށްގެން ވެންޓިލޭޓަރުތަކެއް ރާއްޖެ ގެނައުމުގައި މަކަރާއި ހީލަތް ހަދައިފާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ ވާހަކައެވެ. އެކުންފުންޏަށް ވެންޓިލޭޓަރ ތައް ގެންނަން ހަވާލުކުރީ ޑަބްލިޔޫ.އެޗް.އޯ ގެ ލަފަޔާއެކީ ކަމަށް ހެލްތް މިނިސްޓްރީއިން ކުރިން ބުނި ނަމަވެސް، އެއީ ވެސް ބުހުތާން ދޮގުކަން މިވަނީ ހާމަވެފައެވެ. މިކަމަކީ ކުރިންވެސް ރައްޔިތުންގެ ކަންބޮޑުވުން އޮވެގެން އިންތިހާއަށް އެ ވައްކަންތަކުގެ ވާހަކަ މީސް މީޑިއާގަޔާއި ރައްޔަތުންގެ މަޖިލިސްގައިވެސް ތަކުރާރުކޮށް ދައްކާފައިވާ […]
އަލިފުޅުތުއްތު ފައުންޑޭޝަނުން އައިޖީއެމްއެޗަށް ޕީސީއާރު މެޝިނެއް ހަދިޔާ ކޮށްފި!

އަލިފުޅު ތުއްތު ފައުންޑޭޝަންގެ ފަރާތުން އައިޖީއެމްއެޗަށް ޕީސީއާރު މެޝިނެއް ހަދިޔާ ކޮށްފިއެވެ. މި މެޝިން ހަދިޔާކޮށްފައިވަނީ އެކަމަށްޓަކާ މިއަދު ބޭއްވި ހަފްލާއެއްގައެވެ. މި މެޝިނުގެ ކެޕޭސިޓީއާއި އެހެނިހެން މައުލޫމާތު އަދި އައިޖީއެމްއެޗުން ހާމައެއް ނުކުރެއެވެ. އައިޖީއެމްއެޗުން ބުނެފައިވަނީ އެފަރާތުން ހަދިޔާ ކޮށްފައިވަނީ ޕާކިމްޕާމާ ބްރޭންޑުގެ މެޝިނެއް ކަމަށެވެ. މީގެ އިތުރުން މާބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ރާއްޖެއިން ފުރަތަމަ ކޯވިޑް19 ފެނުނުތާ 4 މަހަށްވުރެން ގިނަ ދުވަސްވެފައިވާއިރު، ފެބްރުއަރީ މަހުން ފެށިގެން ރާއްޖޭގައި އަންނަނީ ޕީސީއާރު ޓެސްޓް […]
ގެސްޓް ހައުސް އޯނަރުން ވާނުވާ ނޭނގި ގޮތްހުސްވެފައި!

ރާއްޖޭގައި މީގެ 10 ވަރަކަށް އަހަރުކުރިން ފެށި ލޯކަލް ޓޫރިޒަމް ނުވަތަ ގެސްޓްހައުން ވިޔަފާރިއަކީ މިހާރު ރާއްޖޭގެ ގިނަ ބަޔަކު އެކަމުން ރަނގަޅު އާމްދަނީއެއް ހޯދަމުން އަންނަ ވިޔަފާރިއެކެވެ. ނަމަވެސް ކޯވިޑް19 އާއި ގުޅިގެން ބޯޑަރތައް ބަންދުކުރުމާއި ގުޅިގެން ގެސްޓްހައުސް ވިޔަފާރިކުރާ އެތައް ބަޔަކަށް ވަނީ ގޮތް ހުސްވެފައެވެ. ނަމަވެސް ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރ ހުޅުވާ ރިސޯޓްތަކަށް ގެސްޓުން އަންނަން ފެށުމާއި ގުޅިގެން ގެސްޓް ހައުސްތަކަށް އުއްމީދު އާވިނަމަ ވެސް މިއަދާއި ހަމަޔަށްވެސް ގެސްޓް […]
ސްޓްރޯކް ޖެހޭ މީހުންނަށް ފަރުވާދޭން އައިޖީއެމްއެޗްގައި ހާއްސަ ސެންޓަރެއް!

ސްޓްރޯކް ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ސެންޓަރެއް އައިޖީއެމްއެޗުގައި ހުޅުވައިފިއެވެ. އައިޖީއެމްއެޗުން މިއަދު ހާމަކޮށްފައިވާ ގޮތުގައި މިސެންޓަރުގައި ހަ އެނދު ހިމެނޭ އިރު 2 އެނދު ވެންޓިލޭޓަރުގައި ފަރުވާދެވޭނެ ގޮތަށް ހަމަޖެހިފައިވާނެކަމަށެވެ. އެ ހޮސްޕިޓަލުން މައުލޫމާތު ދެއްވާ ގޮތުގައި މިސެންޓަރުގައި 24 ގަޑިއިރު ފަރުވާ ދެވޭ ގޮތަށް ހުޅުވިފައި ހުންނާނެކަމަށެވެ. ސްޓްރޯކް ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ސެންޓަރުން ދެވޭ ޚިދުމަތްތަކުގެ ތެރޭގައި ސްޓްރޯކް ޖެހިފައި ރަނގަޅުވަމުން އަންނަ މީހުންނަށް ސްޕީޗް ތެރަޕީ ދިނުމާއި، ފިޒިއޮތެރަޕީ އަދި […]
ކޯވިޑް-19: އިއްޔެ ފައްސިވީ 124 މީހުން!

ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 124 މީހަކު ފައްސިވެއްޖެއެވެ. އޭގެ ތެރެއިން 118 މީހުންނަކީ ގްރޭޓަރ މާލެ ސަރަހައްދަށް ނިސްބަތްވާ މީހުންނެވެ. ބާކީ 6 މީހުން ފައްސިވެފައިވަނީ އަތޮޅު ތެރެއިންނެވެ. އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 100 ދިވެހިން ހިމެނޭއިރު، އޭގެ އިތުރަށް ހިމެނެނީ ބަނގްޅަދޭޝްގެ 16 މީހަކާއި، އިންޑިޔާގެ 3 މީހަކާއި، ނޭޕާލްގެ 2 މީހަކާއި، ފިލިޕީންސްގެ އެކަކާއި، ޔޫކްރެއިންގެ މީހަކާއި އަދި އޮސްޓްރޭލިޔާގެ އެކަކެވެ. މިއަދު ފައްސިވީ މީހުންނާއިއެކު ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ […]
ޑރ. އޭޕީޖޭ އަބްދުލްކަލާމްގެ ހަޔާތްޕުޅުން ރަން ސަފްޙާތަކެއް!

ޑރ.އޭޕީޖޭ އަބްދުލް ކަލާމަކީ އިންޑިޔާގެ މަޝްހޫރު އޭރޯސްޕޭސް ސައިންޓިސްޓެކެވެ. 1931 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ޑރ.އަބްދުލް ކަލާމް ވަނީ އިންޑީޔާގެ 11ވަނަ ރައީސްކަމުގެ މަޤާމް ފުރުއްވައިފައެވެ. އެމަނިކުފާނު ރައީސްކަން ކުރައްވައިފައިވަނީ 2002 އަކުން 2007 ކަށެވެ. ޝައްކެއްނެތި ޑރ. ކަލަމް އަކީ ލާމަސީލު ނަމޫނާ ރައީސް އެކެވެ. އެމަނިކުފާނު މަޝްހޫރު ވެފައިވަނީ އެއްވެސް ހާލެއްގައި ބޮޑު ސައިންޓިސްޓަކަށް ވެގެންނެއް ނޫނެވެ. އެހެނެއް ކަމަކު އެމަނިކުފާނުގެ ދިރިއުޅުއްވުމު ވައްޓަފާޅި […]
އެސްޓީއޯގެ 2019ވަނަ އަހަރުގެ އަހަރީ ރިޕޯޓް އާންމުކޮށްފި!

އެސްޓީއޯއިން 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އާންމު ކޮށްފިއެވެ. 2019 ވަނަ އަހަރަކީ އެކުންފުންޏަށް މާލީ ގޮތުން އެންމެ ކާމިޔާބީއެއް ލިބުނު އަހަރުކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އެސްޓީއޯގެ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ 2019 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި އެކުންފުންޏަށް 303 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން އެރިޕޯޓުގައި އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު މުޙައްމަދު ރަޝާދްގެ ބަސކޮޅެއްވެސް ވަނީ ހިމަނައިފައެވެ. 2019 ވަނަ އަހަރު […]