ކޯވިޑް-19: އިއްޔެ ފައްސިވީ 124 މީހުން!

Loading

Facebook
Twitter
WhatsApp

ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 124 މީހަކު ފައްސިވެއްޖެއެވެ. އޭގެ ތެރެއިން 118 މީހުންނަކީ ގްރޭޓަރ މާލެ ސަރަހައްދަށް ނިސްބަތްވާ މީހުންނެވެ. ބާކީ 6 މީހުން ފައްސިވެފައިވަނީ އަތޮޅު ތެރެއިންނެވެ.

އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 100 ދިވެހިން ހިމެނޭއިރު، އޭގެ އިތުރަށް ހިމެނެނީ ބަނގްޅަދޭޝްގެ 16 މީހަކާއި، އިންޑިޔާގެ 3 މީހަކާއި، ނޭޕާލްގެ 2 މީހަކާއި، ފިލިޕީންސްގެ އެކަކާއި، ޔޫކްރެއިންގެ މީހަކާއި އަދި އޮސްޓްރޭލިޔާގެ އެކަކެވެ.

މިއަދު ފައްސިވީ މީހުންނާއިއެކު  ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިވަނީ 5909 އަކަށް އަރައިފައެވެ. މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި 2389 ކޭހެއް ފާހަގަ ކުރެވޭއިރު އޭގެ ތެރެއިން 138 މީހަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ. އަދި 1478 މީހަކު ތިބީ އައިސޮލޭޝަން ފެސިލިޓީ ތަކުގައެވެ. ރާއްޖެއިން މިހާތަނަށް 3488 މީހަކު ވަނީ މިބަލިން ރަނގަޅު ވެފައެވެ.

އިއްޔެއާ ހަމަޔަށް އަތޮޅުތެރޭގެ 18 ރަށަކުން އެކްޓިވް ކޭސްތައް ވަނީ ފާހަގަވެފައެވެ. އަތޮޅުތެރޭގައި އެކްޓިވެ ކޭސްތައް ފެންނަ ރަށްތަށް މިދަނީ ދުވަހުން ދުވަހަށް އިތުރު ވަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް