ކޯވިޑް19: 139 ދިވެހިންނާއި އެކު، ޖުމްލަ 170 މީހުން އިއްޔެ ފައްސިވެއްޖެ!

Loading

Facebook
Twitter
WhatsApp

އިއްޔެ ރާއްޖެއިން ކޯވިޑް19 އަށް ޖުމްލަ 170 މީހަކު ފައްސިވެއްޖެއެވެ. އިއްޔެ ފައްސިވީ މީހުންގެ ތެރޭގައި 139 ދިވެހިން ހިމެނެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 1 ކޭހެއް ފިޔަވާ ބާކީ ހުރިހާ ކޭހެއް ފެނިފައިވަނީ ގްރޭޓަރ މާލެ ސަރަހައްދުންނެވެ.

ދިވެހިންގެ އިތުރުން ދެން އިއްޔެ ފައްސިވެފައިވަނީ ބަނގްޅަދޭޝްގެ 23 މީހަކާއި، އިންޑިޔާގެ 7 މީހަކާއި، ސައުތް އެފްރިކާގެ އެކަކެވެ.

މިއަދު ފައްސިވީ މީހުންނާއި އެކު މި ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިވަނީ 6079 އަކަށް އަރައިފައެވެ. މީގެ ތެރެއިން 2407 އެކްޓިވް ކޭސް ފާހަގަ ކުރެވޭ އިރު، 144 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ. އަދި 1427 ފަރާތެއް ވަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި އެކަހެރި ކުރެވިފައެވެ.

ރާއްޖެއިން މިބަލީގައި މިހާތަނަށް 24 މީހަކު ނިޔާވެފައި ވާއިރު، 3648 މީހަކު ވަނީ ބަލިން ފަސޭހަ ވެފައެވެ. ރާއްޖެއިން މިބައްޔަށް ޓެސްޓް ކުރުމަށްޓަކާ 98175 ސުންކު ނަގާ ބައްޔަށް ޓެސްޓް ކޮށްފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް