އިޒުރޭލާއެކު ހެދި އެއްބަސްވުމުގެ ސަބަބުން ޔޫ އޭ އީއާއެކު އޮތް ސިޔާސީ ގުޅުން މެދުކަނޑާލަން ޖެހިދާނެ: އުރުދުގާން

އިޒުރޭލާއެކު ސިޔާސީގުޅުން ގާއިމުކުރަން ޔޫ އޭ އީން ނިންމުމުން، އަބޫދާބީގައި ހުންނަ ތުރުކީގެ އެމްބެސެޑަރ އަނބުރާ ގެންނަން ޖެހިދާނެކަމަށް އެގައުމުގެ ރައީސް ވިދާޅުވެއްޖެއެވެ. އިޒުރޭލާއެކު ސިޔާސީގުޅުން ގާއިމުކުރަން ޔޫ އޭ އީން އެއްބަސްވެ، އެކަން ހާމަކުރުުމުން، ޔޫ އޭ އީ އާއެކު ގާއިމުކޮށްފައިވާ ސިޔާސީގުޅުން މެދުކަނޑާލައި، ޔޫ އޭ އީގައި ހުންނަ ތުރުކީގެ އެމްބެސެޑަރ އަނބުރާ ގެންނަން ތުރުކީން ވިސްނަމުންދާކަމަށް ރައީސް ރަޖަބް ޠައްތިބު އުރުދުގާން ވިދާޅުވެއްޖެއެވެ. ތުރުކީގެ ޚާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި ޔޫ އޭ […]
އެޗް.ޕީ.އޭ އާއި ގައުމު ޙަވާލުކޮށްގެން ނުހުންނެވުމަށް ރައީސުލް ޖުމްޙޫރިއްޔާއަށް ދަންނަވަން

ކްރޯނާ ވައިރަސް އަކީ ބަޔަކު އަޑީގައި ތިބެގެން ހިންގާ ޖަރީމާއެއްކަމުގައި ބެލެވެން ފަށައިފިއެވެ. މިވަބާ އަކީ، އުފައްދައިގެން ހިންގާ ވަބާ އެއްކަމަށްވެސް ބާރުލައިފަ އަޑުތައްމިވަނީ ފެތުރިފައެވެ. ބަލި ނުޖެހޭ އެތައްހާސް ރައްޔިތުން އެބައްޔަށް ޕޮޒިޓިވްވެ ނޫނީ ބަލިޖެހިފައިވާކަމަށް ބުނާ މީހަކާ ކޮންޓެކްޓް ވެއްޖެކަމަށް ބަލާ އެކަހަށި ބަންދެއްގައި ތިބެން ޖެހުމުގެސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ދަށްވެ ނިކަމެތިވެ، މި ބައްޔަށް ފަރުވާ ހޯދުމުގެ ނަމުގައި، އަގުބޮޑު މެޝިނަރީތަށް ދައުލަތުން ރައްޔިތުންގެ ޓެކްސް ފައިސާއިން ނާއި ބޭރުގެ އެހީއިން […]
ދެ ޕެޓްރޯލް ޝަޑަކުން ފައިސާ ބަލައިގަންނާނީ ހަމައެކަނި ކާޑުން

ފިއުލްސަޕްލައި އޮފް މޯލްޑިވްސް ( އެފްއެސްއެމް) އިން މާލޭގައި ހިންގާ ދެ ޕެޓްރޯލް ޝެޑެއްގައި އަންނަ ހޯމަ ދުވަހުން ފެށިގެން ފައިސާ ބަލައިގަންނާނީ ހަމައެކަނި ކާޑުން ކަމަށް އެ ކުންފުނިން ބުނެފި އެވެ. އެކުންފުނިން ކުރި އިއުލާންއެއްގައި ބުނެފައިވާ ގޮތުން ކާޑުން ފައިސާ ދެއްކޭގޮތަށް ހަމަޖައްސާފައި ވާނީ ކާނިވާ ސަރަހައްދުގައި ހުންނަ އީޒީފިލް 2 އާއި މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި ހުންނަ އީޒީފިލް 4 ގައެވެ. އެކުންފުނިން ބުނީ ސްޓެލްކޯ ސަރަހައްދުގައި ހުންނަ އީޒީފިލް 1 އަދި […]
8-2 ގެ ނަތިޖާއިން ބާސާ ލަދުގަންނުވާލާ، ބަޔާން ސެމީއަށް!

ރޭ ކުޅެވުނު ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލް މެޗުގައި 8-2 އިން ބާސެލޯނާ ބަލިކޮށް ބަޔާންމިޔުނިކް ފަސޭހަކަމާއި އެކު ސެމީއަށް ދަތުރު ކޮށްފިއެވެ. މެޗް ފަށައިން މާއިރުތަކެއް ނުވެ މެޗްގެ ހަތަރުވަނަ މިނިޓުގައި ބަޔާންގެ ތޯމަސް މުލާވަނީ އެޓީމަށް ގޯލެއް ކާމިޔާބު ކޮށްދީ ލީޑް ނަގައިފައެވެ. ނަމަވެސް މެޗްގެ 7 ވަނަ މިނިޓުގައަ ބަޔާންގެ އަލާބާ އަތުން ބައިކޮޅަށް ވަތް ގޯލާއިއެކު މެޗްގެ ނަތީޖާ ހަމަހަމަ ވިއެވެ. އޭގެ ފަހުން ބަޔާންއިން ކައިރި ކައިރީގައި ތިންގޯލް ކާމިޔާބުކޮށް […]
ކޯވިޑް-19: އިއްޔެ ފައްސިވީ 78 މީހުން!

ރާއްޖެއިން ކޯވިޑް-19 އަށް އިއްޔެ 78 މީހަކު ފައްސިވީ ކަމަށް އެހްޕީއޭއިން ހާމަކޮށްފިއެވެ. އެގޮތުން އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 74 ކޭސް ފެނިފައިވަނީ ގްރޭޓަރ މާލެ ސަރަހައްދުންނެވެ. އަދި އަނެއް ހަތަރު ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އިއްޔެ ރާއްޖެއިން ކޮވިޑަށް ފައްސިވީ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ދިވެހިންކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން އިއްޔެ ވަނީ 46 ދިވެއްސަކު ބައްޔަށް ފައްސިވެފައެވެ. އޭގެ އިތުރުން އިއްޔެ ފައްސިވެފައިވަނީ ބަނގްޅަދޭޝްގެ 25 މީހަކާއި، އިންޑިޔާގެ 4 […]
އެކެޑެމިކް ކަލަންޑަރު އާންމުކޮށްފި

މިއަހަރުގެ އެކެޑެމިކް ކަލަންޑަރަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު އާންމުކޮށްފިއެވެ. ބަދަލުތަކާއި އެކު އެޑިއުކޭޝަން މިނިސްޓްރީން މިއަދު އާންމުކުރި އެކެޑެމިކް ކަލަންޑަރުން ދައްކާގޮތުގައި މިއަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން އަންނަ ޖެނުވަރީ މަހު ފަށައި ޖޫން މަހުގެ ނިޔަލަށް ނިންމާ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ. އެއީ 2021 ވަނަ އަހަރުގެ ޖެނުވަރީ 12 އިން ޖޫން 24 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމޭނީ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހުއެވެ. އެޑިއުކޭޝަން […]
މަޖިލީހުގެ މެންބަރުންނަކީ ވެސް ފްރޮންޓްލައިން ޓީމްގެ ބައެއްކަމަށް ބުނުމުން ގިނަ ބައެއްގެ ފާޑު ކިޔުން ނަޝީދަށް!

ކޮވިޑް19ގެ ބަލިމަޑުކަމުގައި ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދިނުމަށް ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންގެ ތެރޭގައި މަޖިލިސް މެމްބަރުން ވެސް ހިމެނޭކަމަށް ވިދާޅުވުމުން ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިއްޔަގެ ޖަލްސާގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާ ސުވާލު ކުރުމަށް ކަނޑައަޅާފައިވާ ވަގުތު ނިމުމުން ރައީސް ނަޝީދު ވިދާޅުވީ، ކޮވިޑްއާ ދެކޮޅަށް ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންގެ ތެރޭގައި މަޖިލިސް މެމްބަރުން ވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ. ނަޝީދު ވިދާޅުވީ، […]
ޗައިނާއިން އިންޑިއާއަށް ދިން 750 މިލިއަން ޑޮލަރުގެ ލޯނު މިހާރު އިންޑިއާއިން ދިން ލޯނުގެ ގޮތުގައި ދިވެހިރާއްޖެއަށް ދިނީތަ؟

ޖޫން 2020 ގައި ޗައިނާއިން އެދިގެން އޭ އައި އައި ބީ (އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓުމަންޓް ބޭންކު) ން 750 މިލިއަން ޑޮލަރުގެ ލޯނު އިންޑިއާއަށް ދިނުމަށް ހުއްދަދިނެވެ. މިއި ކޮރޯނާ ވައިރަސްގެ ބަލާއާފާތާއި ކުރިމަތިލުމަށް އެހީތެރިވުމަށެވެ. އޭގެ ދެމަސްފަހުން، ކޮރޯނާ ވައިރަސްގެ ބަލާއާފާތާއި ކުރިމަތިލުމަށް އެހީތެރިވުމަށް ދިވެހިރާއްޖެއަށް އިންޑިއާއިން ދިން 250 މިލިއަން ޑޮަލަރުގެ ލޯނުއެހީއަށް ދިވެހި ސަރުކާރުންވަނީ ހިތުގެ ފުންމިނުން އިންޑިއާއަށް ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން، ގްރޭޓަރ މާލޭ ގުޅުވާލުމުގެ ބިޔަ ޕްރޮޖެކްޓު […]
ވަރުގަދަ އެތްލެޓިކޯ ބަލިކޮށް ލެއިޕްޒީގް ޗެމްޕިއަންސް ލީގުގެ ސެމީއަށް!

ރޭ ކުޅެވުނު ޗެމްޕިއަންސް ލިގުގެ ކުއާޓަރ ފައިނަލް މެޗްގައި، އެތްލެޓިކޯ މެޑްރިޑް ބަލިކޮށް ލެއިޕްޒީގް ސެމީއަށް ދަތުރު ކޮށްފިއެވެ. މި މެޗް ލެއިޕްޒީގް ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއިންނެވެ. މެޗްގެ ފުރަތަމަ ހާފުގައި މޮޅުކުޅުމެއް ދައްކާ، މެޗް ޑޮމިނޭޓް ކޮށްފައިވަނީ ލެއިޕްޒީގުންނެވެ. ދެޓީމުގެ ފަރާތުންވެސް ފުރަތަމަ ހާފުގައި ނުރައްކާތެރި ހަމަލާތަކެއް ފެނުނު ނަމަވެސް ދޭޓީމުން ކުރެ ޓީމަކުން އެހާފުގައި ގޯލެއް ޖަހައިފައެއް ނުވެއެވެ. ދެވަނަ ހާފް ފަށައި މާގިނައިރު ތަކެއް ނުވެ މެޗުގެ 50 ވަނަ […]
ކޯވިޑް-19: އިތުރު 128 ކޭހެއް ފެނިއްޖެ!

ކޯވިޑް-19 އަށް އިތުރު 128 މީހަކު ރާއްޖެއިން ފައްސިވެއްޖެއެވެ. އިއްޔެ ފައްސިވީ މީހުންގެ ތެރެއިން އެކަކު ފިޔަވާ އެހެން ހުރިހާ މީހުންނަކީ މާލެ ސަރަހައްދުގެ މީހުންނެވެ. އިއްޔެ ފައްސިވީ މީހުންނާއިއެކު ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިވަނީ 5494 އަށް އަރައިފައެވެ. މީގެ ތެރެއިން އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރުވެސް 2553 ކޭހެއް ފާހަގަ ކޮށްލެވޭ އިރު، އޭގެ ތެރެއިން 1476 ފަރާތެއް ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ. އަދި 156 މީހަކު ވަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓް […]