ކޯވިޑް-19: އިތުރު 128 ކޭހެއް ފެނިއްޖެ!

Loading

Facebook
Twitter
WhatsApp

ކޯވިޑް-19 އަށް އިތުރު 128 މީހަކު ރާއްޖެއިން ފައްސިވެއްޖެއެވެ. އިއްޔެ ފައްސިވީ މީހުންގެ ތެރެއިން އެކަކު ފިޔަވާ އެހެން ހުރިހާ މީހުންނަކީ މާލެ ސަރަހައްދުގެ މީހުންނެވެ.

އިއްޔެ ފައްސިވީ މީހުންނާއިއެކު ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިވަނީ 5494 އަށް އަރައިފައެވެ. މީގެ ތެރެއިން އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރުވެސް 2553 ކޭހެއް ފާހަގަ ކޮށްލެވޭ އިރު، އޭގެ ތެރެއިން 1476 ފަރާތެއް ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ. އަދި 156 މީހަކު ވަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރެވިފައެވެ. ރާއްޖެއިން މިހާތަނަށް 2920 މީހަކުވަނީ މިބަލިން ފަސޭހަ ވެފައެވެ.

އަތޮޅުތެރޭގެ ގިނަ ރަށްތަކަކުން މިވަނީ ފަހަކަށް އައިސް ކޮވިޑުގެ ކޭސްތައް ފެނިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހއ.ކެލާ، ހއ.އިހަވަންދޫ، ހއ.ފިއްލަދޫ، ހދ.ނާވައިދޫ، ރ.ހުޅުދުއްފާރު، ބ.ކަމަދޫ، ބ.ކުޑަރިކިލު، ޅ.ހިންނަވަރު، ޅ.ނައިފަރު، ކ.މާފުށި، ކ.ތުލުސްދޫ، ވ.ފުލިދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ހިތަދޫ އަދި ފޭދޫއެވެ.

އިއްޔެ ބައްޔަށް ފައްސިވީ މީހުންގެ ތެރެއިން 83 މީހުންނަކީ ދިވެހިންނެވެ. އަދި ބާކީ މީހުން ނިސްބަތްވަނީ ބަނގްޅަދޭޝް، އިންޑިޔާ، ނޭޕާލް އަދި ސްރީލަންކާ އަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް