ކޯވިޑް-19: އިއްޔެ ފައްސިވީ 78 މީހުން!

Loading

Facebook
Twitter
WhatsApp

ރާއްޖެއިން ކޯވިޑް-19 އަށް އިއްޔެ 78 މީހަކު ފައްސިވީ ކަމަށް އެހްޕީއޭއިން ހާމަކޮށްފިއެވެ. އެގޮތުން އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 74 ކޭސް ފެނިފައިވަނީ ގްރޭޓަރ މާލެ ސަރަހައްދުންނެވެ. އަދި އަނެއް ހަތަރު ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ.

އިއްޔެ ރާއްޖެއިން ކޮވިޑަށް ފައްސިވީ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ދިވެހިންކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން އިއްޔެ ވަނީ 46 ދިވެއްސަކު ބައްޔަށް ފައްސިވެފައެވެ. އޭގެ އިތުރުން އިއްޔެ ފައްސިވެފައިވަނީ ބަނގްޅަދޭޝްގެ 25 މީހަކާއި، އިންޑިޔާގެ 4 މީހަކާއި، ނޭޕާލްގެ އެކަކާއި އަދި ސްރީލަންކާގެ 2 މީހުންނެވެ.

އިއްޔެ ފެނުނު ކޭސްތަކާއި އެކު ރާއްޖެއިން ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިވަނީ 5572 އަށް އަރައިފައެވެ. އޭގެ ތެރެއިން އެކްޓިވް ކޭސްތަކުގެ ގޮތުގައި މިވަގުތު ފާހަގަ ކުރެވެނީ 2540 ކޭސްއެވެ. އިއްޔެއާއި ހަމަޔަށް އައިސޮލޭޝަން ފެސިލިޓީތަކުގައި 1508 މީހަކު ތިބިއިރު، 150 މީހަކު ހޮސްޕިޓަލްތަކުގައި ވަނީ އެޑްމިޓް ކުރެވިފައެވެ.

މާލެ ފަހަނަ އަޅާ ގޮސް ކޮވިޑު މިވަނީ އަތޮޅު ތެރޭގައިވެސް ފެތުރެން ފަށައިފައެވެ. އެގޮތުން އިއްޔެއާއި ހަމަޔަށް އަތޮޅުތެރޭގެ 15 ރަށަކުން ވަނީ ކޯވިޑް-19 ގެ އެކްޓިވް ކޭސްތައް ފެނިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް