ވަރުގަދަ އެތްލެޓިކޯ ބަލިކޮށް ލެއިޕްޒީގް ޗެމްޕިއަންސް ލީގުގެ ސެމީއަށް!

Loading

Facebook
Twitter
WhatsApp

ރޭ ކުޅެވުނު ޗެމްޕިއަންސް ލިގުގެ ކުއާޓަރ ފައިނަލް މެޗްގައި، އެތްލެޓިކޯ މެޑްރިޑް ބަލިކޮށް ލެއިޕްޒީގް ސެމީއަށް ދަތުރު ކޮށްފިއެވެ. މި މެޗް ލެއިޕްޒީގް ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއިންނެވެ.

މެޗްގެ ފުރަތަމަ ހާފުގައި މޮޅުކުޅުމެއް ދައްކާ، މެޗް ޑޮމިނޭޓް ކޮށްފައިވަނީ ލެއިޕްޒީގުންނެވެ. ދެޓީމުގެ ފަރާތުންވެސް ފުރަތަމަ ހާފުގައި ނުރައްކާތެރި ހަމަލާތަކެއް ފެނުނު ނަމަވެސް ދޭޓީމުން ކުރެ ޓީމަކުން އެހާފުގައި ގޯލެއް ޖަހައިފައެއް ނުވެއެވެ.

ދެވަނަ ހާފް ފަށައި މާގިނައިރު ތަކެއް ނުވެ މެޗުގެ 50 ވަނަ މިނިޓުގައި ލެއިޕްޒީގުން ގޯލެއް ކާމިޔާބުކޮށް ލީޑު ނެގިއެވެ. ގޯލަށް ފަހު އެތްލެޓިކޯއިން ކުޅުން ރަނގަޅުކޮށް ނުރައްކާތެރި ހަމަލާތަކެއް އުފައްދަމުން ދިޔައެވެ. ޕޯޗުގަލްގެ ޒުވާން ކުޅުންތެރިޔާ ޖާއޯ ފިލިކްސްގެ ފަރާތުން މި މެޗުގައި ވަނީ ތަފާތު ކުޅުމެއް ފެނިގެން ގޮއްސައެވެ. އެތްލެޓިކޯއިން މެޗުގައި ޖެހި ހަމައެކެނި ގޮލް ކާމިޔާބު ކޮށްދިނީ މެޗުގެ 70 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީ އަކުން ޖާއޯ ފިލިކްސްއެވެ. މިޕެނެލްޓީ އެތްލެޓިކޯއަށް ހޯދައިދިނީ ވެސް ފިލިކްސް އެވެ.

މެޗުން މޮޅުވުމަށް އެތްލެޓިކޯއިން ކުރި އުއްމީދުތައް ނިމުމަކަށް އައީ މެޗުގެ 87 ވަނަ މިނިޓުގައި، ލެއިޕްޒީގް ޓައިލަރ އެޑަމްސް އޭރިޔާ ބޭރުން ފޮނުވާލި ބާރު ބޯޅަ އެޓީމުގެ ޑިފެންޑަރެއްގެ ގައިގާޖެހި ގޯލަށް ވަނުމުންނެވެ. މެޗުގެ އިތުރު ވަގުތުގައިވެސް އެތްލެޓިކޯއިން ނުރައްކާތެރި ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރި ނަމަވެސް ގޯލެއް ކާމިޔާބު ކުރުމަށް އެޓީމުން ނާކާމިޔާބު ވިއެވެ.

ލެއިޕްޒީގުން ސެމީފައިނަލްގައި އަންނަ އަންގާރަ ދުވަހުގެ ރޭ ބައްދަލު ކުރާނީ ވަރުގަދަ ޕީއެސްޖީ އާއި ދެކޮޅަށެވެ.

ލެއިޕްޒީގަކީ މިއަހަރު އަލަށް ޗެމްޕިއަންސް ލީގަށް ކޮލިފައިވީ ޓީމެކެވެ. އެޓީމަކީ 2009ވަނަ އަހަރު އުފެދި، ކުރު މުއްދަތެއް ތެރޭގައި ކުރިއަރައިގެން އައި ޓީމެކެވެ. އެޓީމުން ވަނީ 2017 ވަނަ އަހަރުގެ ބަނޑެސްލީގާގެ ރިހި މެޑަލްވެސް ހޯދައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް