އުތުރު ކޮރެޔާގެ އިންޒާރު އެމެރިކާއަށް 

ދެވަނަ ބޮޑު ހަނގުރާމާގައި ފުރަތަމަފަހަރަށް އިންސާނީ ތާރީޚުގައި ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުމުން އޭގެ ހިތި ރަހަ އަދިއަދަށްދާންދެންވެސް ޖަޕާނުގެ ރައްޔިތުން އަރުތެރޭން ނުފިލައެވެ. ނިއުކްލިއަރ ހަތިޔާރު ބޭނުން ކޮށްފާނެ ވާހަކަދައްކާ އަޑު އިވުނަސް ގައިން ހީބިހި ނަގައިގެން ދެއެވެ.  އެކަމަކު މިއަދު އެވާހަކަތައްވެސް މިއޮތީ ދީވާލީ މޫސުމުގައި އިންޑިއާގެ ކަންކޮޅުތަކުގައި ފަޓާސް ބޭނުން ކުރުންކަހަލަ އިޝްތިހާރަކަށް ވެފައެވެ.ހައިރާންވާން ޖެހޭކަމަކީ އެވާހަކަ އެންމެގަދަޔަށް ދައްކަނީ އެނުބައި ވިހަ ހަތިޔާރު ބޭނުންކުރި އެމެރިކާ ކަމަށް ވާތިއެވެ. އަބަދުވެސް އެމެރިކާ ދުނިޔޭގެ ސުލްޙަމަސަލަސް ކަމަށް ލޯބިކުރާ ވާހަކައިންނެވެ. […]

ޕާސް އާއި އެކު މެލޭޝިޔާގެ ސިޔާސީ ދަތުރު، އާ ސަރުކާރު އުފެއްދުމުގެ ސުންގަޑި މާދަމާ..

މިމަހުގެ 19 ވަނަދުވަހު ބޭއްވުނު މެލޭޝިޔާގެ އާންމު އިންތިޚާބުގައި ކުރީގެ ބޮޑުވަޒީރު މުހުޔިއްދީން ޔާސީންގެ ބައިވެރިންގެ ތެރޭގައި ހިމެނޭ އިސްލާމިކް ޕާޓީ ޕާސް އިން ފުރަތަމަ ފަހަރަށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. އެކަމާއި ގުޅިގެން މީޑިއާ ރިޕޯޓް ބުނާގޮތުން މެލޭޝިޔާގައި ބަނގުރަލާ ލޮޓްރީއާއި ގޭމްބްލިންގ އަދި ކެސިނޯގެ ވިޔަފާރީގެ މާރކެޓްތަކުގެ އަގު ވަރަށްބޮޑަށް ވެއްޓިގެން ދާނެއެވެ. އެހެނީ ޕާސް ޕާޓީ އިން ގަބޫލުކުރާގޮތުގައި އެޕާޓީގެ އެންމެބޮޑު އެއް އަސާސަކީ އިސްލާމީ ޝަރިޢަތް ކަނުގައި މިއަދާހަމަޔަށްވެސް ބުނަމުން އަންނާތީއެވެ. ވުމާއިއެކު އެޕާޓީން ދެކޭގޮތުގައި އެފަދަ ކަންތައްތަކަކީ ޙަރާމް ކަންތައް ތަކެވެ. އަދި […]

މެލޭޝިޔާގެ އާ ސަރުކާރު އުފެއްދުމުގެ ސުން ގަޑި! 

މެލޭޝިޔާގައި އާ ސަރުކާރެއް އުފެއްދުމުށް ބޭނުންވާ ޕާލަމެންޓުގެ އިތުރު ގޮނޑިތައް ޔަގީންކޮށްގެން ހުށައެޅުމަށް ރަސްގެފާނު ދެއްވާފައިވާ ސުން ގަޑި( މިއަދު މެންދުރުފަހުގެ 2 އާ ހަމަޔަށް ) ކައިރިވަމުން ދިޔަދިޔަހެން ބޮޑުވަޒީރަށް ވުމުގެ ފުރުސަތު ހުޅުވިފައިވާ އަންވަރު އިބްރާމް އާއި މުހުޔިއްދީން ޔާސީން އުޅުވަން ޖެހިވަޑައިގެންފައިވާ އިންތިޚާބީ ދޮރުގެ ތަޅުދަނޑި ވީތަނެއް އަދިވެސް ނޭގެއެވެ. އެހެންނަމަވެސް އަންވަރު ވިދާޅުވަނީ އޭނާއަށް ބޭނުންވާ 112 ގޮނޑި އޮތީ ކަށަވަރު ވެފައިކަމުގައެވެ. އެހެންނަމަވެސް ބަރިސާން ނޭޝަނަލް ގެ ޗެއަރމަން ޙަމީދީ އާއެކު އެއްވެސް ވާހަކައެއް ނުދައްކަވާ ކަމަށާއި އަދި އޭނާއަށް ތާއީދުކުރާ ފަރާތްތަކުން ހަމަޖެހިލައިގެން […]

ނެގެންހުރި ތެލުގެ މިންވަރު ވަރަށް މަދުވެއްޖެ  -އަރާމްކޯ 

މުޅިދުނިޔެ ތެލުގެމައްޗަށް ބުރޯސާވެފައިވާ މިންވަރަށް އެއްވެސް ބަދަލެއް ނާންނާތީއާއި މިހާރު ނެގެންހުރި ތެލުގެ މިންވަރު ވަރަށް ބޮޑަށް މަދުވެފައިވާތީ ވަރަށް އަވަހަށް ތެލުގެ އަގު އުފުލިގެން ހިނައިދާނެ ކަމަށް ލަންޑަނުގައި އޮތް ބައްދަލުވުމެއްގައި ސަޢޫދީގެ ބިޔަ ތެޔޮ ކުންފުނި އަރާމްކޯގެ ވެރިޔާ އަމީން ނާސިރު އަނެއްކާވެސް އިންޒާރު ދެއްވައިފިއެވެ.  ބާކީ ހުރި ތެލުގެ މިންވަރު މަދުވުމަކީ މުޅިދުނިޔެ ކަންބޮޑުވާން ޖެހޭނެ ކަމެކެވެ. ކެއްސަމުން ލޯގަނޑު އުކާނުލެވޭނެކަން އެނގެން ޖެހޭނެއެވެ. ޗައިނާގެ އިގްތިސާދު ހުޅުވި އޭވިއޭޝަން ފުޅާވެގެން ދިއުމާއެކު ޖެޓް ފިއުލް ބޭނުންވާ މިންވަރު ވަރަށް […]

ސަލާމްކުރަން ދިއްކޮށްލި އަތުގައި ތަފާލެއް ޖެހުން -–ޗައިނާ، ޔޫކޭ –   

ފާއިތުވެގެން މިދާ ދިހަވަރަކަށް އަހަރުދުވަހުގެ ތެރޭގައި އެންމެ ފުރަތަމަ ފަހަރު  އިނގިރޭސި ވިލާތާއި ޗައިނާއާއި ދެގައުމުގެ ގުޅުން ރަނގަޅު ކުރެވިދާނެމަގެއް ހޯދުމުގެ އުންމީދުގައި ބޮޑުވަޒީޒު ރިޝީ ސުނަކް ޗައިނާގެ ރައީސް ޒީ ޖިންޕިން އާއެކު  ޖީ -20 ސަމިޓްގެތެރޭން ބާއްވަން ތާވަލްކުރި ބައްދަލުވުން އަތަށް ގޮވައިފިއެވެ. މިއީ ބޭޖިންއާއި ދޭތެރޭ ކުރާ މުޢާމަލާތުގައި ހުޅަނގުގެ ލީޑަރުންގެ ވިސްނުން ހުރިގޮތް ދެނެގަތުމަކީ ޗައިނާއަށް އެހާ މުހިންމު ކަމެއްނޫންކަން އަންގައިދޭ ރަނގަޅު ފިލާވަޅެކެވެ.  އެހެންނަމަވެސް ލަންޑަންގެ ޑައުނިންގ ސްޓްރީޓް 10 ނަންބަރުން ބުނަނީ އެ ބައްދަލުވުން ނުބޭއްވުނީ އަންގާރަ ދުވަހުގެ ރޭ […]

ކުރިއަށް އޮތް ދެދުވަހު ރާއްޖޭގެ މޫސުމް ގޯސް ވާނެ 

ކުރިއަށް އޮތް ދެދުވަހު ރާއްޖޭގެ މޫސުމް ގޯސްވާނެ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. މިހާރު ކުރުމުންދާ ވިއްސާރަ ރާއްޖޭގެ އުތުރާ ދެކުނު އަދި މެދުރާއްޖޭގެ ތެރާރޭގެ ބައެއް އަތޮޅުތަކަށް ކުރާނެ ކަމަށާއި ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް މޫސުމާބެހޭ އޮފީހުން ލަފާކުރައްވައެވެ.  އެގޮތުން ރާއްޖޭގެ ކަނޑުތައްވެސް އާދަޔާ ޚިލާފަށް ގަދަ ވާނެކަމަށާއި ކަނޑުތަކުގައި  ރާޅުތައް 3ފޫޓާއި 5 ފޫޓާދެމެދުގެއުސްމިނަށް އުފުލޭނެ ކަމަށް ވެސް ލަފާކުރައްވާއިރު ވައިގެ އެވްރެޖްނިސްބަތުން 3 މޭލާއި 18 މޭލާދެމެދުގެ ބާރުމިނުގައިވައިގަދަވާނެ ޖަމަށާއި ކެރިގަނޑުގައި 13 މޭލަށް ވައިގަދަވާނޭކަމަށް ވެސް ލަފާކުރައްވައެވެ.      ރާއްޖޭގެ ރަށްތަކުގެ ތެރެއިން އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ފ.އަތޮޅު ނިލަންދޫ އަށެވެ. އެރަށަށް 110 […]

އެޗް.ޑީ.ސީ އާއި ދޭތެރޭ ބިރުގަންނަނީ މިހެން ވެދާނެތީ: 2

https://sandhaanu.today/24978/ އާއި ގުޅޭ…. ކުޅުދުއްފުށިގައި އަޅާ އިމާރަތްތަކުން ކުޅުދުއްފުށީގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމުގައި އިސްކަން ދޭންޖެހޭނެއެވެ. ހަމައެފަދައިން ހުޅުމާލޭން ބޯހިޔާވަހިކަން ދިނުމުގައި މާލޭގެ ރައްޔިތުންނަށް އިސްކަންދޭން ޖެހޭނެއެވެ. އެއީ ގަބޫލުކުރަންޖެހޭ ޙަގީގަތެކެވެ. އެކަމަކު އާދައިގެ ރައްޔިތުމީހާގެ އަތްނުފޯރާވަރަށް އަގުބޮޑުކޮށް ހަމައެކަނި މުއްސަނދިންނަށް އެ އިމާރާތްތައް ވިއްކައިގެން ފައިދާ ހޯދުމަކީ ފުރަތަމަދުވަހު ސަރުކާރުން ހުޅުމާލެ ހިއްކަން ނިންމި ނިންމުގެ ވިސްނުންފުޅާއި ސިޔާސަތު ކަމުގައި ދިވެހިން ގަބޫލެއް ނުކުރެވެއެވެ.                       […]

އެމެރިކާއާއި ޗައިނާގެ ގުޅުން ދުނިޔޭގެ ސަލާމަތަށްޓަކާ ވަރަށް ބޭނުން 

ބައިނަލް އަގްވާމީ ދުނިޔޭގެ މުހިންމު ވާހަކައެއް ދައްކާނަމަ އެންމެ ފުރަތަމަ ދައްކަންޖެހޭނީ އެމެރިކާއާއި ޗައިނާގެ ވާހަކައެވެ. ދުނިޔޭގައި އެންމެ ވާދަވެރި ދެ ގައުމޭވެސް ކިއިދާނެއެވެ. ދުނިޔޭގެ އިގްތިސާދާއި ވިޔަފާރީގެ ދެ މައިމަރުކަޒޭ ވެސް ބުނެވިދާނެއެވެ. އެމެރިކާއާއި ޗައިނާގެ އެކުވެރިކަމަކީ މުޅިދުނިޔެއަށް ފައިދާކުރާނެ ކަމަކެވެ.  ހަމައެފަދައިން އެ ދެގައުމުގެ ރުޅިވެރިކަމުން ދުނިޔޭގެ  ސުލްޙައާއި އަމާންކަމަށް ބޮޑެތި ނުރަނގަޅު ނުވަތަ ނުރައްކާތެރި އަސަރުތަކެއް ކުރާނެއެވެ. އެހެންވީމާ މި ދެ ބާރުގެ ގުޅުންތަކާއި ވިސްނުންތައް ހުރިގޮތުގެ ކޮންމެވެސް މިންވަރެއް އެނގުން ބޭނުމެވެ. ޗައިނާއަކީ ކިތަންމެ ދުރުގައި އޮތްނަމަވެސް އަވަށްޓެރި ގައުމުތައް ފިޔަވައި ދިވެހިންނާ […]

ޒިންމާ ނަގަންޖެހެނީ އަދި ޒިންމާނަގާނީ ކާކުތަ؟ 

މަތީގައިއެވާ ސުރުޚީއަކީ ވަރަށް ގިނައިން އަބަދުމެ ކުރެވެމުންދާ ސުވާލެކެވެ. ކޮންމެ ނުރައްކާތެރި ޙާދިސާއެއް ހިނގިޔަސް ނުވަތަ ކޮންމެ ނުރަނގަޅުކަމެއް މެދުވެރިވިޔަސް އެންމެ ފުރަތަމަ އިނގިލި ދިއްކުރަނީ ގާނޫނާ ގަވައިދަށެވެ. ގާނޫނާއި ގަވައިދު ހެދިފައިހުރި ގޮތަށެވެ.  ތަންފީޒުކުރަން ޙަވާލުކުރެވިފައިވާ އިދާރާތަކުގެ ދޯހަޅި ކަމާމެދުގައެވެ. އެކަމަކު ދިވެހިންގެ ހަރު ބަހެއްގައި އޮންނަފަދައިން ހަކުރު ރުނބައިގާވެސް ދެކޮޅު އޮންނާނެއެވެ. ވަރަށްބޮޑު ތެދެކެވެ. އިނގިލި ދިމާކުރުމުގެ ކުރިން ދެކޮޅު ބަލާލުން ހަމަ ރަނގަޅެވެ. އޭރުން މެދަށްވެސް އެ އިނގިލި ދިމާކުރަން ޖެހިދާނެއެވެ.                     […]

ރަޝިޔާއާއި ޔޫކްރެއިންގެ ކުރިމަތިލުން އިރުތަށް ހޫނުވެފާ 

ރަޝިޔާއާއި ޔޫކްރެއިންގެ ކުރިމަތިލުން މިހާރު އެންމެ ހޫނުވެފައިވާ ބަޚްމޫތު ސަރަހައްދަށް ރަޝިޔާގެ ޙަމަލާތައް ހުރިހާ ދިމާލަކުން އަމާޒުވެފައިވާ ކަމަށާއި އެ ސަރަޙައްދުގައި ދިރިއުޅުމުގެ ޙާލަތު ވަރަށްބޮޑަށް ނިކަމެތި ވެފައިވާ ކަމަށް ޑެޕިއުޓީ މޭޔަރ އޯލެކްސަންދަރު މަރޗެންކޯ ރޮއިޓަރސް އަށް ވިދާޅު ވެއްޖެއެވެ.  އޭނާ ވިދާޅުވެފައިވާ ގޮތުގައި މިހާރު އެ ސަރަހައްދުގައި ދިރިއުމަކީ ވަރަށް ނުރައްކާތެރި އަދި ބުރަކަމަކަށް ވެއްޖެއެވެ. އާބާދީގައި އަށްޑިހަ ވަރަކަށް ހާސް މީހުން ހަނގުރާމައިގެ ކުރިން ދިރިއުޅެމުން ގެންދިޔަ ނަމަވެސް މިހާރު ތިބީ ހަމައެކަނި ބާރަވަރަކަށްހާސް މިހުންނެވެ.  އެހެންމީހުން ހަނގުރާމަގައި ނުޖެހެން އެކި ދިމަދިމާލަށް ހިނގައްޖެއެވެ. ކަރަންޓާ ފެނުގެ ޚިދުމަތް […]