ސްރީލާންކާގެ ވެއްޓިފައިވާ އިގްތިސާދުގައި އިންޑިއާ ރުޕީސް

ސްރީލަންކާގެ ވެއްޓިފައިވާ އިގްތިސާދީ އަނދަވަޅުން އަރައިގަތުމަށް ދުނިޔޭގެ 5 ވަނައަށް އެންމެ ބޮޑު އިގްތިސާދު އަދި އަވަށްޓެރި އިންޑިއާ އިން އެހީތެރިވެ ދިނުމުގެ ގޮތުން ސްރީލަންކާގެ ރައްޔިތުންނަށް ދިހަހާސް އެމެރިކާޑޮލަރުގެ އިންޑިއާ ރުޕީސް އަތުގައި ބަހައްޓައި އެފައިސާ އެހެންގައުމުތަކުގައި މާރުކޮށްގެން ވިޔަފާރި ކުރުމުގެ ހުއްދަ ދީފިއެވެ. […]
ފިރިހެންކުޅި ކުޅުން ގާނޫނީގޮތުން މަނާކުރެވިފާއޮތް އޮތުން ސިންގަޕޯރުންއުވާލައިފި

ސިންގަޕޯރުގައި ފިރިހެންކުޅިކުޅުން އިސްތިއުމާރީންގެ ޒަމާނުއްސުރެން ގާނޫނީ ގޮތުން މަނާކޮށްފައިއޮތް އޮތުން އުވާލައިފިއެވެ. އަދި މިކަމާގުޅޭގޮތުން ގާނޫނުއަސާސީއަށް ގެނައި އިސްލާހުގައި ބުނެފައިވަނީ ކައިވެންޏަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރުވެރި ފަރާތަކީ ހަމައެކަނި ޕާރލަމެންޓް ކަމަށާއި އަދި މިހާރު ކައިވެންޏަކީ ހަމައެކަނި ފިރިހެނަކާ އަންހެނަކާ ދެމެދު ކުރެވޭ މުއާމަލާތެއްކަމުގައެވެ. ބެލެވޭގޮތުގައި ސިންގަޕޯރުން މިހާރު އެ ޚިޔާރުކުރަމުންދާ މަގަކީ އެގައުމަކީ މާލީގޮތުން ސަރަހައްދުގެ މައި މަރުކަޒު ކަމުގައި ހެދުމުގެ ވިސްނުމުގައިއެކަމަށްޓަކައި ބިދޭސީ ތަޖްރިބާކާރުންގެ ޝައުގުވެރިކަން އިތުރު ކުރުމާއި،އެގައުމުގައި މަޒްހަބީ ވިސްނުމާއި ފިކުރުއަށަގެންފައިވާ ޖަމާޢަތްތައް ފަހަތަށް ކޮއްޕާފައި ބޭތިއްބުމާއެކު ތަފާތު ނަސްލުތަކާއި އަދި […]
އިސްރާއީލުންގެ އާދޭސް 50 ގައުމަކަށް

އިސްރާއީލާއި ފަލަސްތީނުގެ ދެކޮޅުވެރިކަމުގެ މައްސަލާގައި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފަޔަށް ޔުނައިޓެޑް ނޭޝަންސް އިން ވޯޓަށް އެހުންހުއްޓުވަން ތާއީދު ހޯދުމުގެ ގޮތުން 50 ގައުމެއްގެ ވެރިންނަށް އިސްރާއީލުގެ ބޮޑުވަޒީރު ޔައިރް ލަޕީދު ސިޓި ފޮނުވައިފިއެވެ. ލަޕީދުގެ ސިޓީގައި އެ ބޭފުޅުންނަށް ވިސްނާދޭން މަސައްކަތް ކުރައްވާފައިވަނީ އިސްރާއީލްއާއި ފަލަސްތީނުގެ މައްސަލައަކީ އެ ދެގައުމުން ވާހަކަދައްކައިގެން ނިންމަންޖެހޭ ކަމެއްކަމަށާއި އަދި މިފަދަ ވޯޓެއް ނެގުމުގެ ސަބަބުން މުޅި ސަރަހައްދަށް ނުރަނރަޅު އަސަރުތަކެއް ކުރާނެކަމުގައެވެ. ފަލަސްތީނުގެ ބިން ޙަވާލުކުރުމަށް ޔޫ.އެން.އިން ނެރެފައިވާ އެތަކެއް ގަރާރުތަކަކާއި އިޒްރޭލުން ވަނީ ދެކޮޅުހަދާފައެވެ. […]
އެއަރ އިންޑިއާ ފަޅުވެރިންގެ ބޮލުގެ ނުރައިގާ ކުލަޖައްސަން އަންގައިފި

އެއަރ އިންޑިއާ ގެ ފަޅުވެރިންނާބެހޭ މުޅިން އާ ގަވައިދު ތަކެއް އެކަށަ އަޅައިފިއެވެ. އޭގެ ތެރޭގައި ބޮލުގެ ނުރައިގާ ކުލަ ޖެއްސުމާއި ތަލަވެފާހުންނަ ބޯ އެއްކޮށް ބޭލުމާއި އިސްކޮޅާއި ނުބައްދަލު ވަރަކަށް ފަލަ ނުވުން ހިމެނެއެވެ. ހިންދުސްތާނު ޓައިމްސް އިން ބުނާގޮތުގައި މިއަހަރު ޖެނުއަރީ މަހު ޓާޓާ ގުރޫޕުން އެއަރ އިންޑިއާއާއި ޙަވާލުވުމަށްފަހު ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އަޅަމުން ގެންދާ ފިޔަވަޅު ތަކުގެ ތެރޭގައި ކެބިންކުރޫންގެ ބުރުސޫރަ ރިވެތި ގޮތުގައި ތަމްސީލު ކުރުންވުންވެސް ހިމެނެއެވެ. މިދިޔަ […]
އަންވަރުގެ ކަޅި ސަރުކާރުން ފޯރުކޮށްދޭ ސަބްސިޑީތަކާ ދިމާލަށް

މެލޭޝިޔާގެ މީޑިއާތަކުން މަޢުލޫމާތު ދޭގޮތުގައި މެލޭޝިޔާގެ އިގްތިސާދުވެސް ނުކުޅެދުމާއި ކުރިމަތިލާފައިވާ މިދަނޑިވަޅުގައި ސަރުކާރުން ރައްޔިތުންނަށް އެއްހަމައެއްގައި ފޯރުކޮށްދެމުން އަންނަ ބައެއް އިނާޔަތްތައް (ސަބްސިޑީ ތައް) ނިކަމެތ ފަގީރުންނަށް އިސްކަންދޭ ގޮތަށް އަލުން މުރާޖަޢާ ކުރައްވަން ގަސްދު ކުރައްވާކަމުގައި އަލަށް އިންތިޚާބު ކުރެވުނު ބޮޑުވަޒީރު އަންވަރ އިބްރާހިމްގެ ވިދާޅުވެއްޖެއެވެ. މިގޮތަށް ހެދުމުން ނިކުމެދާނެ އެއްވެސް ނުރަނގަޅު ނަތީޖާއެއް އޮތްތޯ ބަލާފައި އަންގަން ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް މިހާރު އޮންނާނީ ދެ ހަފްތާގެ މުހުލަތެއް ދީފާ ކަމަށްވެސް ވިދާޅުވިއެވެ. މެލޭޝިޔާގެ […]
ޔޫކްރެއިން ހަނގުރާމައަކީ އެމެރިކާއިން ފައިދާ ނަގާ ބޮޑު ވިޔާފާރިއެއް -ޔޫރަޕް

ބައިނަލް އަގްވާމީ މީޑިއާތަކުން ޚަބަރު ދޭގޮތުގައި އެމެރިކާގެ ގްރީން އެނަރޖީ ސިޔާސަތުގެ ސަބަބުން ހަކަތައިގެ އަގުތައް އުފުލެމުންގޮސް ޔޫރަޕްގެ ގައުމުތައް “ ފުލް ބްލޯވްން ޕެނިކްގެ “ ޙާލަތަށް ދިއުމާއިއެކު އެމެރިކާގެ ރައީސް ބައިޑްން އަކީ ޙަގީގަތުގައިވެސް ޔޫކްރެއިން ހަނގުރާމައިގާ ޔޫރަޕްގެ ބައިވެރިއަކުތޯ ސުވާލުއުފަށްދާ ޔޫރަޕްގެ އެންމެ އިސް ލީޑަރުން ތުޙުމަތުގެ އިނގިލި ދިއްކުރަން ފަށައިފިއެވެ. ޕޮލިޓިކޯއާ ވާހަކަދެއްކެވި ޔޫރަޕްގެ ސިޔާސީ ބޭފުޅުން ވަނަވަރު ހާމަނުކުރުމަށް އެދިވަޑައި ގަންނަވަމުން ވިދާޅުވީ ރަޝިޔާއިން […]
މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް

މެލޭޝިޔާގެ 10 ވަނަ ބޮޑުވަޒީރުކަމަށް އިއްޔެ ( ނޮވެމްބަރ 24 ބުރާސްފަތި ) އައްޔަންކުރެވުނު އަންވަރު އިބްރާހީމް އަކީ މެލޭޝިޔާގެ ފަހުގެ ސިޔާސީ ތާރީޚުގައި އެންމެ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތި ލައްވަން ޖެހިވަޑައިގެންނެވި އަދި އިއްޔެގެ ކާމިޔާބީއާއި ހަމަޔަށްވެސް ގޮތްދޫނުކުރުމުގެ ވަރުގަދަ އަޒުމެއްގައި ހުންނެވި ބޭފުޅެކެވެ. ބޮޑުވަޒީރުގެ މަގާމަށްޓަކައި ގަދައަޅުއްވައި މަސައްކަތް ކުރެއްވުމުގައި ދިހަ އަހަރު ހޭދަކުރެއްވިއެވެ. މި މުއްދަތުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން އެމަގާމު ލިބިވަޑައިގެންފާނެ ކަމަށްވެސް ބެލެވުނެވެ. ސިޔާސީ މައިދާނުގައި […]
ޕާކިސްތާނުގެ ސިފައިންގެ ވެރިޔަކަށް އާސިމް މުނީރު

ޕާކިސްތާނުގެ ސިފައިންގެ ވެރިޔަކަށް ލެފްޓިނެންޓް ޖެނެރަލް އާސިމް މުނީރު އައްޔަން ކުރައްވައިފިއެވެ. މިހާރުގެ ސިފައިންގެ ވެރިޔާ ޖެނެރަލް ބަޖްވާ އެ މަގާމުގައި 6 އަހަރުގެ ޚިދުމަތަށްފަހު މި މަހުގެ ފަހުކޮޅު ރިޓަޔަރ ކުރައްވާނެއެވެ. ލެފްޓިނެންޓް ޖެނެރަލް އާސިމް މުނީރަކީ މީގެ ކުރިން ބޮޑުވަޒީރު އިމްރާން ޚާންގެ ދުވަސްވަރު ޕާކިސްތާނުގެ ޖާސޫސީ އިދާރާގެ ވެރިކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. މުނީރަކީ ކީރިތި ގުރުއާންވެސް ހިތުދަސް ބޭފުޅެކެވެ. ޕާކިސްތާނުގެ ސިފައިންގެ ވެރިޔާގެ މަގާމު ބަދަލުވެގެން މިދަނީ ކުރީގެ ބޮޑުވަޒީރު އިމްރާން […]
މެލޭޝިޔާގެ 10 ވަނަ ބޮޑުވަޒިރު ކަމަށް އަންވަރު އިބްރާހީމް

އެންމެފަހުގެ ޚަބަރު: މެލޭޝިޔާގެ 10 ވަނަ ބޮޑުވަޒީރު ކަމަށް އިދިކޮޅު ލީޑަރ ދަތޯ ސްރީ އަންވަރު އިބުރާހިމް އައްޔަން ކުރައްވައިފިއެވެ. އެގޮތަށް ހަމަޖެއްސެވީ ހަމަ ދެންމެ މިއަދު ހެދުނު މެލޭޝިޔާގެ އަގޮން (ރަސްގެފާނު) ގަނޑުވަރުގައި ބޭއްވެވި ރަސްމިއްޔާތު ގައެވެ. މިގޮތަށް ނިންމެވުމުގެ ކުރީން މިދިޔަ ހަތަރު ދުވަހެއްގެ ތެރޭގައި ރަސްގެފާނު ވަނީ މެލޭޝިޔާގެ ހުރިހާ ޕާޓީތަކުގެ ލީޑަރުންނާއި އެކު މަޝްވަރާ ބައްދަލުވުން ބާއްވަވައިފައެވެ. އަދި މިއަދު ހެދުނު، މެލޭޝިޔާގެ އެހެން ހުރިހާ ސްޓޭޓެއްގެ ރޫލަރުންނާއި އެކުވެސް އޯޑިއަންސްއެއް (ބައްދަލުވުމެއް)ބޭއްވެވިއެވެ. އެ ބައްދަލުވުމަށްފަހު މިވަނީ އެގޮތަށް ނިންމަވާ ޢިއުލަން […]
ޕާކިސްތާނު ސިފައިންގެ ވެރިޔާގެ ޢާއިލީ މުއްސަނދިކަން ތަހްގީގު ކުރަނީ

ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ ޖެނެރަލް ގަމަރު ޖާވީދު ބަޖްވާ އެ މަގާމުގައި ހުންނެވި އިރު ހަތިޔާރު ގަތުމުގެ މުޢާމަލާތުތަކުން އެތައް ބިލިއަން ރުޕީސްގެ ފައިދާ ޢާއިލާގެ ބޭނުމަށްޓަކައި ހޯދާފައިވާކަމަށް އޮންލައިން ނޫހަކުން ހާމަކުރި ރިޕޯރޓަކާ ގުޅިގެން ލީކުކޮށްލާފައިވާ ޓެކްސްއާ ބެހޭ ސިއްރު ލިއުންތަކެއްގެ މައްސަލަ ތަޙުގީގުކުރަން ސަރުކާރުން ނިންމައިފިއެވެ. ޕާކިސްތާނުގެ މާލީ ވުޒާރާއިން މިދިޔަ ހޯމަ ދުވަހު ބުނެފައިވަނީ ޖެނެރަލް ގަމަރް ޖާވީދު ބަޖްވާ ގެ ޢާއިލާއާ ބެހޭގޮތުން ލީކު ކޮށްލާފައިވާ ޓެކްސް އާ ބެހޭ މައްސަލަތަކަކީ ވަރަށް ސީރީއަސް މައްސަލަތަކެއް […]