އިސްރާއީލުންގެ އާދޭސް 50 ގައުމަކަށް

Loading

Facebook
Twitter
WhatsApp

އިސްރާއީލާއި ފަލަސްތީނުގެ ދެކޮޅުވެރިކަމުގެ މައްސަލާގައި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފަޔަށް ޔުނައިޓެޑް ނޭޝަންސް އިން ވޯޓަށް އެހުންހުއްޓުވަން ތާއީދު ހޯދުމުގެ ގޮތުން 50 ގައުމެއްގެ ވެރިންނަށް އިސްރާއީލުގެ ބޮޑުވަޒީރު ޔައިރް ލަޕީދު ސިޓި ފޮނުވައިފިއެވެ.

ލަޕީދުގެ ސިޓީގައި އެ ބޭފުޅުންނަށް ވިސްނާދޭން މަސައްކަތް ކުރައްވާފައިވަނީ އިސްރާއީލްއާއި ފަލަސްތީނުގެ މައްސަލައަކީ އެ ދެގައުމުން ވާހަކަދައްކައިގެން ނިންމަންޖެހޭ ކަމެއްކަމަށާއި އަދި މިފަދަ ވޯޓެއް ނެގުމުގެ ސަބަބުން މުޅި ސަރަހައްދަށް ނުރަނރަޅު އަސަރުތަކެއް ކުރާނެކަމުގައެވެ.

ފަލަސްތީނުގެ ބިން ޙަވާލުކުރުމަށް ޔޫ.އެން.އިން ނެރެފައިވާ އެތަކެއް ގަރާރުތަކަކާއި އިޒްރޭލުން ވަނީ ދެކޮޅުހަދާފައެވެ. އަދި މިހާރުވެސް އިޒްރޭލުގެ އުދުވާންތައް ފަލަސްތީނަށް ކޮންމެދުވަހަކު ދެމުންގެންދެއެވެ. 

ގިނަ ގައުމުތަކުން ގަބޫލުކުރާ ގޮތުގައި އިޒްރޭލްއަށް އެގޮތަށް ޔޫ.އެން ގެ ގަރާރުތަކަށް ގޮން ޖެހެނީ އެމެރިކާ އިން އިޒްރޭލަށް އޮންނަ ކަނު ލޯތްބެއްގެ ސަބަބުންނެވެ.                                            

Loading

2 Responses

    1. ހަމަ ދީފާނެ. ބޭނުމީ ލާރިކޮޅެއް. ލާރިކޮޅު ލިބުނީމާ އެގޮތަށް ވޯޓްދީފާ ބުނާނީ ޢަރަބި ގައުމުތައްވެސް އޯކޭ އޭ އަދި އަހަރެމެންގެ މައިސަރުކާރު ނިއުޑެލްހީ ވެސް އޯކޭ އޭ! މީއޮތީވާ ޒީރޯ ޓޮލެރެންސް ސަރުކާރެއް #އެޖެންޑާ19 އިން ދިވެހީނަށް ހޯދަދީފާ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް