ސްރީލާންކާގެ ވެއްޓިފައިވާ އިގްތިސާދުގައި އިންޑިއާ ރުޕީސް

Loading

Facebook
Twitter
WhatsApp


ސްރީލަންކާގެ ވެއްޓިފައިވާ އިގްތިސާދީ އަނދަވަޅުން އަރައިގަތުމަށް ދުނިޔޭގެ 5 ވަނައަށް އެންމެ ބޮޑު އިގްތިސާދު  އަދި އަވަށްޓެރި އިންޑިއާ އިން އެހީތެރިވެ ދިނުމުގެ ގޮތުން ސްރީލަންކާގެ ރައްޔިތުންނަށް ދިހަހާސް އެމެރިކާޑޮލަރުގެ އިންޑިއާ ރުޕީސް އަތުގައި ބަހައްޓައި އެފައިސާ އެހެންގައުމުތަކުގައި މާރުކޮށްގެން ވިޔަފާރި ކުރުމުގެ ހުއްދަ ދީފިއެވެ.                                                                

2021އިން 2022 އަށް އިންޑިއާއާއި ސްރީލަންކާގެ ވިޔަފާރިއަކީ 6.81 ބިލިއަން އެމެރިކާޑޮލަރު ކަމުގައި ވެއެވެ. އަދި އޭގެ ތެރެއިން ސްރީލަންކާއިންއިންޑިއާއަށް އެތެރެ ކުރެވުނު މިންވަރަށް ވުރެން އިންޑިއާއިން ސްރީލަންކާއަށް ބޭރުކުރެވުނު އަދަދު މާބޮޑަށްވެސް ގިނަކަމަށް ވެއެވެ.

ސްރީލަންކާއަށް މެދުވެރިވި އިގްތިސާދީ ނުކުޅެދުމުގެ ސަބަބުން މިއަހަރުގެ ވިޔަފާރީގެ މިންވަރު އުޅެނީ ކުރީ އަހަރަށް ވުރެން ދެބައިކުޅަ އެއްބައިގައެވެ.                              

އިންޑިއާގެ މި ނިންމުމުގެ ސަބަބުން ސްރީލަންކާގައި ޑޮލަރުގެ ތާށިކަމާހުރެ އެންމެ އަސާސީ ބޭނުން ތަކަށްވެސް މުދާ އެތެރެ ކުރުމަށް އެޅިފައިވާ ހުރަސް ތަކަށް ވަރަށްބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އަދި އެމެރިކާ ޑޮލަރުގެ ބަދަލުގައި އިންޑިއާ ރުޕީސް  މާރކެޓް ކުރުމަށް އިންޑިއާއިން ކުރަމުންދާ މަސައްކަތަށްވެސް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

އިންޑިއާއިން ރުޕީސް ބޭނުންކޮށްގެން ވިޔަފާރި ކުރުމުގެ އިންތިޒާމް ތަޢާރުފް ކުރަންފެށީ ރަޝިޔާގެ ބޭންކުތަކުން ސްވިފްޓް ބޭނުންކުރުން ހުޅަނގުގެ ގައުމުތަކުން ހުއްޓުވާލުމާއި ގުޅިގެން މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. މި އިންތިޒާމް ތަކުގެ ސަބަބުން ބައިނަލް އަގްވާމީ ވިޔަފާރީގެ ސެޓްލްމެންޓައް އިންޑިއާ ރުޕީސް ބޭނުން ކޮށްގެން ކުރުމުގެ މަގު ހުޅުވިގެން ދިޔައެވެ.                                           

ސްރީލަންކާއަށް މި ފަހިކޮށްދިން ފުރުސަތުގެ ބޭނުން ކުރުމަށްޓަކައި ފަހުން އަގު އަދާކުރާގޮތަށް އިންޑިއާއިން މުދާ ވިއްކާ ފަރާތްތަކާއެކު ބައިނަލް އަގްވާމީ ވިޔަފާރިއާއި އެހެނިހެން މާލީ ވަސީލަތްތައް ލިބި ގަތުމަށްޓަކައި ނެސްޓްރޯ އެކައުންޓެއް ހުޅުވަން ޖެހޭނެއެވެ. އަދި މިކަމަށްޓަކައި ސްރީލަންކާގެ ބޭންކުތަކުން އިންޑިއާގައި ގޮފިތަކެއްވެސް ހުޅުވަން ޖެހޭނެއެވެ.                                                         

ސްރީލަންކާއަށް މި ފޯރުކޮށްދިން ވަސީލަތުގެ ދަށުން ސްރީލަންކާގެ ކިޔަވާ ކުދިންނާއި ޓްއަރިސްޓުންނަށް ފަސް ހާސް އެމެރިކާ ޑޮލަރުގެ އިންޑިއާ ރުޕީސް އިންޑިއާއިން ނެގޭނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް