އެއަރ އިންޑިއާ ފަޅުވެރިންގެ ބޮލުގެ ނުރައިގާ ކުލަޖައްސަން އަންގައިފި

Loading

Facebook
Twitter
WhatsApp
Maldives News

އެއަރ އިންޑިއާ ގެ ފަޅުވެރިންނާބެހޭ މުޅިން އާ ގަވައިދު ތަކެއް އެކަށަ އަޅައިފިއެވެ. އޭގެ ތެރޭގައި ބޮލުގެ ނުރައިގާ ކުލަ ޖެއްސުމާއި  ތަލަވެފާހުންނަ ބޯ އެއްކޮށް ބޭލުމާއި އިސްކޮޅާއި ނުބައްދަލު ވަރަކަށް ފަލަ ނުވުން ހިމެނެއެވެ.

ހިންދުސްތާނު ޓައިމްސް އިން ބުނާގޮތުގައި މިއަހަރު ޖެނުއަރީ މަހު ޓާޓާ ގުރޫޕުން އެއަރ އިންޑިއާއާއި ޙަވާލުވުމަށްފަހު ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އަޅަމުން ގެންދާ ފިޔަވަޅު ތަކުގެ ތެރޭގައި ކެބިންކުރޫންގެ ބުރުސޫރަ ރިވެތި ގޮތުގައި ތަމްސީލު ކުރުންވުންވެސް ހިމެނެއެވެ.

މިދިޔަ އޮކްޓޮބަރު މަހުގެ ތެރޭގައި ޢާންމުކުރި 40 ސަފްހާގެ ގަވައިދުގައި ޝިފްޓު ޑިއުޓީގައްޔާއި ޑިއުޓީ ނޫންގަޑިތަކުގައި ޑިއުޓީއަށް ތައްޔާރުވުމުގައި މުއައްޒަފުން އަމަލުކުރަންޖެހޭ ގަވައިދުތައް ހިމެނެއެވެ. އެ ގަވައިދުތަކުގެ ތެރޭގައި އުމުރާއި ގުޅޭގޮތުން ބޮލުގެ އިސްތަށި ގަނޑަށް އަންނަ ބަދަލުތައް ގުދުރަތީ ކުލައަކުން ކުލަޖެއްސުން ހިމެނެއެވެ.

އޭގެ ތެރޭގައި ފެޝަނަށް ބޭނުންކުރާ ކުލަތަކާ ބޮލުގައި ހީނާފަތް އެޅުން ހުއްދައެއް ނުކުރެއެވެ. މައްޗަށް ހުޅިޖެހުން ވެސް ހުއްދައެއް ނޫނެވެ.  ހަމަ އެފަދައިން ފިރިހެން މުއައްޒިފުންގެ ބޯ ތަލަވެފާހުރިނަމަ ބަހައްޓަން ޖެހޭނީ އެއްކޮށް ބާލާފައެވެ.

ތުނިކޮށް ކޮށާފައި ބެހެއްޓުން ހުއްދައެއް ނުކުރެއެވެ. ތުނބުޅި ބެހެއްޓުމާއި ކައިވެނީގެ ހަނދާނީ ތަނޑިގަނޑެއް އެޅުމާއި ސިކުންގެ މަޒުހަބުގެ މީހުންނަށް 0.5 ސެންޓިމީޓަރަށް ވުރެން ފުޅާކަން ކުޑަ ތަނޑި ގަނޑެއް އެޅިދާނެއެވެ. އެކަމަކު އޭގައި އެއްވެސް ކަހަލަ ޒީނަތްތެރި ކުރުމެއް ނުވަތަ ނިޝާނެއް ހުރެގެން ނުވާނެއެވެ. ފިރިހެނުން އެހެން އެއްވެސް ވައްތަރެއްގެ ގަހަނާއެއް ބޭނުންކޮށްގެން ނުވާނެއެވެ.                              

ޓާޓާ އިން އާންމުކޮށްފައިވާ މިގަވައިދުގެ ދަށުން މަތިންދާ ބޯޓުތަކުގެ ފަޅުވެރިން ކޮންމެފަހަރަކު ޑިއުޓީއަށް ދިއުމުގެ ކުރިން އިސްކޮޅާއި ބަރުދަން ޗެކްކުރަން ޖެހޭނެއެވެ.                                         

އެއަރ އިންޑިއާއިން ހާމަކުރާ ގޮތުގައި ކެބިންކުރޫން މާބޮޑަށް ފަލަކޮށްތިބުމަކީ އިމަރޖެންސީ ޙާލަތުތަކުގައި އޭގެ ނުރައްކަލާ ކުރިމަތިލާން ޖެހިދާނެކަމެކެވެ. އެހެންނަމަވެސް ސިއްޙީ ތަޖްރިބާކާރުން ތިބެގެން މެނުވީ ކެބިން ކުރޫންގެ ސިއްޙަތާއިބެހޭ ކަންތައްތައް ބަލާ ޗެކްކުރުމަށް ކެބިން ކުރޫންނާބެހޭ ޔުނިއަނުން އިއްތިރާޒު ކުރެއެވެ.              

ކެބިންކުރުންގެ ބުރު ސޫރަ ރިވެތި ގޮތުގައި ބެހެއްޓުމަށް މިގަވައިދުތަކުން ބާރުއަޅަމުން ގެންދާއިރު ކުންފުނީގެ މަސްލަޙަތާ ގުޅޭ ގޮތުންނާއި ސިޔާސީ އަދި ދީނީ އަގީދާއާއި ބެހޭގޮތުން ތިމަތިމާމެންގެ ރައުޔު އާންމު ކުރުމަކީވެސް މަނާ ކަމެކެވެ.                                                             

އެއަރ އިންޑިއާއިން ހިންދުސްތާން ޓައިމްސް އަށް މަޢުލޫމާތު ދެމުން ހާމަކޮށްފައިވަނީ މި ގަވައިދު ތަކާމެދު ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ގެންދާއިރު އަނެއްބަޔަކު ދެކޭގޮތުގައ މިއީ އަމަލުކުރެވޭ ވަރަށްވުރެން މާ ހަރުކަށި ގަވައިދު ތަކެކެވެ. ނަމަވެސް އަނެއް ބަޔަކު ދެކޭގޮތުގައި ކުންފުނީ ތަސައްވުރު ރަނގަޅު ކުރުމަށްޓަކައި މި ފަދަ ގަވައިދުތަކެއް ބޭނުމެވެ.                                                    

މިގަވައިދު ތަކާމެދު ފާޑުކިޔާ ގިނަބަޔަކު ބުނަމުން ގެންދަނީ ކެބިންކުރޫންގެ ބުރުސޫރަ ރީތިކޮށް ބެހެއްޓުމަށް ބާރު އެޅުމަށްވުރެން ބޮޑަށް ފްލައިޓްތަކުން ލިބިދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރަން އިސްކަންދޭން ޖެހޭކަމަށެވެ.  

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް