އަންވަރުގެ ކަޅި ސަރުކާރުން ފޯރުކޮށްދޭ ސަބްސިޑީތަކާ ދިމާލަށް    

Loading

Facebook
Twitter
WhatsApp
Maldives News
Maldives News

މެލޭޝިޔާގެ މީޑިއާތަކުން މަޢުލޫމާތު ދޭގޮތުގައި މެލޭޝިޔާގެ އިގްތިސާދުވެސް ނުކުޅެދުމާއި ކުރިމަތިލާފައިވާ މިދަނޑިވަޅުގައި ސަރުކާރުން ރައްޔިތުންނަށް އެއްހަމައެއްގައި ފޯރުކޮށްދެމުން އަންނަ ބައެއް އިނާޔަތްތައް (ސަބްސިޑީ ތައް) ނިކަމެތ ފަގީރުންނަށް އިސްކަންދޭ ގޮތަށް އަލުން މުރާޖަޢާ ކުރައްވަން ގަސްދު ކުރައްވާކަމުގައި އަލަށް އިންތިޚާބު ކުރެވުނު ބޮޑުވަޒީރު އަންވަރ އިބްރާހިމްގެ ވިދާޅުވެއްޖެއެވެ.

މިގޮތަށް ހެދުމުން ނިކުމެދާނެ އެއްވެސް ނުރަނގަޅު ނަތީޖާއެއް އޮތްތޯ ބަލާފައި އަންގަން ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް މިހާރު އޮންނާނީ ދެ ހަފްތާގެ މުހުލަތެއް ދީފާ ކަމަށްވެސް ވިދާޅުވިއެވެ.

މެލޭޝިޔާގެ ހުރިހާ ރައްޔިތުންނަށްވެސް ފިއުލް އާއި ކުކިންގ އޮއިލް އަދި އިލެކްޓްރިސިޓީ އާއި ހަކުރާއި ފުށުންވެސް ގެންދަނީ ސަބްސިޑީ ފޯރުކޮށް ދެމުންނެވެ. މިއީ ސަރުކާރުތަކުން އުފުލަމުން އަންނަ ވަރަށް ބޮޑު ބުރައެކެވެ. ނަމަވެސް ސަރުކާރު ހިންގަނީ ރައްޔަތުންގެ ޓެކްސް ފައިސާއިން ކަމަށް ވުމާއި އެކު އެކަމުގައި ރައްޔަތުންނަށް އެންމެ ހަމަހަމަ އުސޫލެއް ހޯދުން މުހިންމުކަމުގައި ބެލެންޖެހޭކަމަށެވެ.                                                              

އަންވަރު ވިދާޅުވަނީ ސަބްސިޑީ އަކީ އެންމެންނަށް ލިބެންޖެހޭ އެއްޗެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމުގައެވެ. ސަބްސިޑީއަކީ ހަމައެކަނި އެ ލިބުން ޙައްގުވާ ފަދަ ނިކަމެތި ފަގީރުންނަށް ލިބެންޖެހޭ އެއްޗެކެވެ. މިހާރު މިއޮންނަގޮތުން މުއްސަނޖެއް ފަގީރެއް އެ ކަމުގައި އިސްތިސްނާއެއް ނުވެއެވެ.

ދެން ލުއިތަކެއް ލިބެންޖެހޭނީ އުފެއްދުންތެރި ކާރުޚާނާ ތަކަށެވެ. އެ ކާރުޚާނާތަކަށް ލިބޭ އެއްވެސް ސަބްސިޑީއެއް ނެތެވެ. މި މައްސަލާގައި ވަޒީރުންގެ މަޖިލީހުގައި ވަރަށް އަވަހަށް މަޝްވަރާ ކުރާނެކަމަށް އަންވަރު ވިދާޅުވިއެވެ.

އިގްތިސާދީ ނުކުޅެދުންތެރި ކަމާހުރެ މުދަލުގެ އަގު އުފުލެމުން ދިޔަނަމަވެސް ސަބްސިޑީ ދިއުން ހުއްޓުމަކަށް ގެނެސް ކުޑަ ބަޖެޓެއް މިދިޔަ ސަރުކާރުން ހުށައެޅީ މީގެ 2 މަސްދުވަސް ކުރިންނެވެ. މެލޭޝިޔާ ސަރުކާރުން މިއަހަރު އެކަނިވެސް 18 ވަރަކަށް ބިލިއަން އެމެރިކާޑޮލަރު ސަބްސިޑީގެ ގޮތުގައި ހޭދަކޮށްފިއެވެ.                 

އަންވަރު އިބްރާހިމް ބޮޑުވަޒީރަކަށް އިންތިޚާބުވުމާއި ގުޅިގެން މެލޭޝިޔާގައި އިންވެސްޓްކުރާ ފަރާތްތަކަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބިގެން ހިގަނއްޖެކަމަށް ބުނެއެވެ. ފާއިތުވެގެންދިޔަ ދުވަސްތަކުގައި ތަފާތު 3 ބޮޑުވަޒީރުންނާއި އެކު އިގްތިސާދު ހަމަޔަކަށް އެޅުވިދާނެކަމަށް ކުރެވުނު ޔަގީންކަމެއްނެތް ތަޖްރިބާ އަންވަރުގެ ވެރިކަމުގައި ހަމަޔަކަށް އެޅިގެންދާނެކަމަށް އެފަރާތްތަކުން އުންމީދުކުރެއެވެ. އެހެނީ ބޮޑުވަޒީރު އަންވަރަކީ އެތަކެއް އަހަރެއްވަންދެން އެގައުމުގެ ބޮޑުވަޒީރުގެ ނައިބު ކަމާއި މާލީ ވަޒީރުކަން ކުރައްވާފައި ހުންނެވި ތަޖުރިބާކާރު ބޭފުޅަކަށް ވާތީއެވެ.

Loading

One Response

  1. މިރާއްޖޭގައި ތިޔަކަންތައް ކުރުން މާލަސްވެއްޖެ. އާސަންދައިގެ ފައިދާވެސް މުއްސަނދިންނާއި އިއްޒަތްތެރިންނަށް. ފަގީރު މީހާ ކުރިމަތިލާންޖެހޭ ރެޑްޓޭޕް ތައް ގިރާކޮށް އާސަންދައާއި ހަމަޔަށް އާދެވޭއިރު ގިނަފަހަރަށް ދެވޭނެ އެއްޗެއް ނޯވޭ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް