އިނގިރޭސި ވިލާތުގައި މިއަހަރު ފިނިމޫސުމް މައިނަސް 10 އަކަށް

އިނގިރޭސި ވިލާތުގެ މޫސުމާބެހޭ އޮފީހުން ސްނޯ އާއި ގަނޑުފެނާއި އަދި ދުންފިނީގެ ރީދޫ އިންޒާރު އާންމުކޮށްފައި ވަނިކޮށް މިދިޔަ އާދީއްތަ ދުވަހުގެ ރޭ ފިނިހޫނުމިން މައިނަސް 10 ދަރަޖަ ސެންޓިގްރޭޑަށް ވެއްޓި ބޮޑެތި މައި އެއާރޕޯރޓް ތަކުގެ ޚިދުމަތަކަށް ބުރޫ އަރައިފިއެވެ.  ހީތުރޯ އަށް އައި 50 ފްލައިޓާއި ގެޓްވިކް އެއަރޕޯރޓަށް ޖައްސަންއައި 30 ފްލައިޓް ކެންސަލް ކުރަންޖެހި އަދި ބައެއް ފްލައިޓް ލަސްކޮށް އެހެން މަންޒިލްތަކަށް ފޮނުވަން ވެސް ޖެހުނެވެ. އަދި ކޯންވެލް އާއި ގުލޫސެސްޓަރޝަޔަރ ފަދަ ބައެއް ރަށްރަށުގައި މަގުތައް ބޭނުން […]

ސަޢޫދީ އެރޭބިޔާއިން ހިންގަވާ ބިޔަ މަޝްރޫއުތަކަށް ބަލާލުމެއް.

ސަޢޫދީ އެރޭބިޔާއަކީ އިސްލާމީ އުންމަތުގެ އެންމެ މުގައްދަސް ބިން ކަމުގައި ގަބޫލު ކުރުމުގެ އިތުރުން  ދިވެހިންގެ ހިތްތަކުގައިވެސްވަނީ އެގައުމަށް ވަރަށް ޚާއްސަ މަގާމެއް ދެވިފައެވެ. ސަޢޫދީ އެރޭބިޔާގެ ތަރައްގީއާއި ކުރިއެރުން ދިވެހިން ގުޅިފައިވާކަހަލަ އިޙުސާސެއް ގެނެސްދެއޭވެސް ބުނެވިދާނެއެވެ.                            ސަޢޫދީ އެރޭބިޔާގައި 2 ކިލޯމީޓަރުގެ ( 6560 ފޫޓް) އުސް އިމާރާތެއް އެޅުމުގެ މަޝްރޫޢު އެއް   ޢިއުލާނު ކޮށްފިއެވެ. އެ މަޝްރޫއުގެ ބަޖެޓަކީ 5 ބިލިއަން އެމެރިކާ ޑޮލަރެވެ. މި ޢިމާރާތް އެޅުމަށް […]

ޔޫކްރެއިންގެ ހަނގުރާމަ އަތުން ދޫވެގެން ހިނގައިދާނެ ކަމުގެ ބިރުއެބަ އޮތް!

ނިއުސްމީޑިއާ ރިޕޯޓްތައް ބުނަގޮތުގައި މިދިޔަ ހުކުރުދުވަހު ނޭޓޯގެ އާންމުކުރި އިންޓަރވިއު ރިލީޒެއްގައި ޔޫކްރެއިނާއި ރަޝިޔާއާ ދެމެދު ކުރެވެމުންދާ ހަނގުރާމަ އަތުންދޫވެ އެއީ ނޭޓޯ އާއި ރަޝިޔާއާއި ދެމެދު ކުރެވޭ ހަނގުރާމައަކަށް ބަދަލުވެގެން ހިގައިދާނެކަމުގެ ބިރު ބޮޑުވެއްޖެކަމަށް ބުނެފިއެވެ.  ނޯވޭޖިއަން ބްރޯޑްކާސްޓަރ އެން.އާރް.ކޭ. އިން ކުރެއވި ސުވާލަކާ ގުޅިގެން ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޯލްޓެންބާރގް ވިދާޅުވީ މިހާރު ކަންތައް ގޯސްވަމުންމިދާ ގޮތުން ދެން އަނބުރާ ނާދެވޭވަރަށް ޙާލަތު ގޯސްވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ ކަމަށެވެ.                   […]

މަތިންދާ ބޯޓުދަތުރުގައި މޯބައިލް ފޯނު ނިއްވާލުން ނިމުމަކަށް އައީ!

ޖައްވުތެރޭގައި ސެލޫލަރ މޯބައިލް ފޯނު ބޭނުން ކުރުމުން ބިމުގައި ގާއިމްކޮށްފާ ހުންނަ ނެޓްވާރކްތަކަށް ނުރައްކާ ވެދާނެ ކަމަށް ބަލައިގެން  1991 ގައި އެމެރިކާގެ ފެޑެރަލް ކޮމިޔުނިކޭޝަން ކޮމިޝަނުން އެކަން މަނާކޮށްފައި  އޮތުމުގެ ސަބަބުން  މަތިންދާ ބޯޓުދަތުރުގައި މޯބައިލް ފޯނު ނިއްވާލުން ނިމުމަކަށް ގެންނަން ޔޫރަޕިއަން ޔޫނިއަން ހަމަޖައްސައިފިއެވެ.  އިނގިރޭސި ވިލާތުގެ ފްލައިޓް ސޭފްޓި ކޮމިޓީގެ ޗެއަރމަން ޑާއި ވިޓިންގހަމް ވިދާޅުވީ މަތިންދާ ބޯތުފަހަރުގައި މޯބައިލް ފޯނު ބޭނުންކުރުން މަނާ ކުރުމަކީ ފުރިހަމައަށް މަޢުލޫމާތު ހޯދުމަކާ ނުލައި ކޮށްފައި އޮތް ކަމެއް ކަމަށެވެ.  އޭރު ވިސްނިފައިއޮތީ މޯބައިލް ފޯނު މަތިންދާބޯޓުގެ ތެރޭގައި […]

ސަޢޫދީންގެ ރަތްދޫލަ މަރުޙަބާ ޗައިނާގެ ރައީސަށް

ތެލުގެ ބޭނުމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން  ސަޢޫދީ އެރޭބިއާއަށް އާދޭސްކުރަމުން ގެންދާތާ 2 މަސްދުވަސްފަހުން ޗައިނާގެ ރައީސަށްސަޢޫދީ ރަތްދޫލައިގެ މަރުޙަބާއެއް ދަންނަވައިފިއެވެ.  އިއްޔެއިން ފެށިގެން  ޗައިނާގެ ރައީސް ސަޢޫދީ އެރޭބިޔާއަށް ކުރައްވަމުންގެންދަވާ 3 ދުވަހުގެ ދަތުރުފުޅުގައި  ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާނާއި އަދި ގަލްފުގެ ގައުމުތަކުގެ އެންމެ އިސްވެރިންނާއިއެކު ބައްދަލު ކުރައްވާނެކަމަށާއި އެބައްދަލުވުން ތަކުގައި 30 ބިލިއަން އެމެރިކާ ޑޮލަރުގެ ހަކަތައާއި ވަސީލަތްތައް ގާއިމުކުރުމުގެ އެއްބަސްވުމެއް ކުރެވޭނެކަމަށް ސަޢޫދީ އެރޭބިޔާ އިން ބުނެފިއެވެ. މި ބައްދަލުވުން ތަކުގެ ސަބަބުން ޗައިނާގެ އިގްތިސާދު ޗައިނާގެ ފުޅަފުން ބޭރަށް ގެންދަން […]

މެލޭޝިޔާގެ 5 ޖީ ނެޓްވާރކް މަޝްރޫޢު ދެވަނަ ވިސްނުމަކަށް

މެލޭޝިޔާގެ ކުރީގެ ސަރުކާރުން އެގައުމުގައި 5 ޖީ ނެޓްވާރކް ގާއިމްކުރަން ސްވިޑްންގެ އެރިކްސަން އަށް ދީފައިވަނީ އެކަމަށްޓަކައި ކޮންމެހެން ފުރިހަމަ ކުރަން ޖެހޭ އުސޫލުތައް ފުރިހަމަނުކޮށް ބުނެ ކަރަޕްޝަންގެ   ޝަކުވާތައް ބޮޑުވެފާވުމުން އެ މައްސަލަ އަލުން ބައްލަވާނެ ކަމަށް މިހާރުގެ ބޮޑުވަޒީރުދާތޯ ސްރީ އަންވަރު އިބްރާހިމް ވިދާޅުވެއްޖެއެވެ.  އަންވަރު އިބްރާހިމް މިހެން ވިދާޅުވީ އެމަނިކުފާނުގެ ފުރަތަމަ ވަޒީރުންގެ މަޖިލީހުގެ ޖަލްސާ ނިންމަވާ ލެއްވުމަށް ފަހުގައެވެ. އަންވަރު ވިދާޅުވީ ކުރީގެ ސަރުކާރުން ޑިޖިޓަލް ނޭސަނަލް ބަރްހަދް އުފައްދަވައި އެ މަޝްރޫޢު އެކުންފުންޏަށް ދީފައިވަނީ ހަމަހަމަ ކަމާއި އިންސާފުގެ އުސޫލުތައް އެއްފަރާތްކޮށްފައި ކަމަށެވެ. އެހެންނަމަވެސް […]

އިނގިރޭސި ވިލާތާއި ވޭލްސްގައި ނަސާރާ ދީނުގެއަޣްލަބިއްޔަތު ގެއްލިއްޖެ

އިނގިރޭސި ވިލާތާއި ވޭލްސްގައި ފުރަތަމަފަހަރަށް ނަސާރާ ދީނުގެ އަޣްލަބިއްޔްތު ގެއްލިއްޖެއެވެ. ސަރުކާރުން  އަންގާރަދުވަހު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އިނގިރޭސިވިލާތާއި ވޭލްސްގައި ނަސާރާ ދީނަށް ތަބާވާ މީހުންގެ އަދަދު މިހާރު އުޅެނީ 50 އިންސައްތައަށް ވުރެން ދަށުގައެވެ.  ޑެއިލީ ޓެލެގްރާފުން ހާމަކުރިގޮތުގައި 2021 ވަނައަހަރު އިނގިރޭސި ވިލާތާއި ވޭލްސްގެ އާބާދީގެ 46.2 އިންސައްތަ ނުވަތަ ގާތްގަނޑަކަށް 28 މިލިއަން މީހުން ގަބޫލުކުރަނީ ނަސާރާ ދީނެވެ. އެއީ 2011 ވަނަ އަހަރާ އަޅާކިޔާއިރު ގާތްގަނޑަކަށް 13 އިން ސައްތައިގެ މަދުވުމެކެވެ. އެ […]

އަތްތިލަ އައްސިވާ ބަލި ޖެހޭ ސަބަބުތައް

އަތްތިލަ އައްސިވާ ބަލި ނުވަތަ ކާޕަލް ޓަނެލް ސިންޑްރޯމް އަކީ އަތުކުރީގައިވާ ފަތިނާރަކަށް ފިތުމުން ކުރިމަތިވާ ޙާލަތެކެވެ. އާންމު ގޮތެއްގައި ކާޕަލް ޓަނެލް ސިންޑްރޯމް ކުރިމަތިވަނީ އަތުކުރީގައިވާ ”މީޑިއަން ނާރވް“ އަށް ފިތިގެންނެވެ. ނޫނީ އެފަތިނާރަށް ބާރުވެ، ފިތޭތީ އެވެ. ކާޕަލް ޓަނެލް ސިންޑްރޯމް އަށް ބައެއް ފަހަރު ”މީޑިއަން ނާރވް ކޮމްޕްރެޝަން“ މިހެން ކިޔައި އުޅެއެވެ. ކާޕަލް ޓަނެލް އަކީ އަތްތިލައިގެ ބަނޑުފުށުގައި އިންނަ، އޭގެ ތެރެއިން ފަތިނާރުތައް އަތުގެ އިގިލިތަކަށް ގޮސްފައިވާ ހަނި މަގެކެވެ. ކާޕަލް ޓަނެލް […]

ޔާމީން ފްރޭމް ކޮށްދޭން އެއްބާރުލުން ދީފިނަމަ ދަޢުވާ ނުކުރާނެ!

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމު ފްރޭމް ކޮށްދޭން އެއްބާރުލުން ދީފިނަމަ އެމީހުން މައްޗަށް އިތުރު ދަޢުވާ ނުކުރާނެ ކަމަށް ޚަޞްމުން ކައިރީގަ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒު ވިދާޅުވާ އޯޑިއޯ އެބަހުރި ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ. ޔާމީންގެ ވަކީލުން މިއަދު ހެނދުނު ބޭއްވެވި ނިއުސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ދިފާޢީ ޓީމުގެ ވަކީލު އަލީ ޝާހު ވިދާޅުވީ ވަކިގޮތަކަށް ރައީސް ޔާމިން ފްރޭމް ކުރުމަށާއި،ވަކިގޮތަކަށް ބަޔާން ދީފި ނަމަ އެފަރާތްތަކުގެ […]

ތާރީޚުގެ ތެރެއިން:އެމެރިކާ އުފަންވީ ނަސާރާދީން ގަބޫލުކުރާ ގައުމެއްގެ ގޮތުގައިތަ؟

ކޮންމެ ބައެއްގެ މެދުގައިވެސް އެމީހުން ގަބޫލުކުރާ އާދަކާދަތަކަކާއި އުސޫލުތަކެއް ހުރެއެވެ. އެއީ އެބަޔަކު ގަބޫލުކުރާ ދީނޭވެސް ބުނެވިދާނެއެވެ. ހަމަ އެފަދައިން ބަޔަކުމީހުންގެ ނަސްލު ދެނެގަތުމުގައި އެބަޔަކުގެ އިއްޔެއާއި މިއަދުގެ ޙަގީގަތް ދެނެގަތުންވެސް ބޭނުމެވެ. ހަމައެފަދައިން ބާރުގަދަ ގައުމުތަކާއި ބާރުގަދަ މީހުން އެމީހުންގެ އާރާއި ބާރު އެހެން ގައުމުތަކާއި މީހުންގެ މައްޗަށް ހިންގުމުގެ ތަފާތު އުކުޅުތައްވެސް ބޭނުން ކުރެއެވެ. އެއްޒަމާނެއްގައި ކޮލޯނިއަލިޒަމްގެ ނަމުގައި ގައުމުތައް އިސްތިޢުމާރުކޮށް އަޅުވެތި ކުރަމުން ގެންދިޔައެވެ.   އެގޮތަށް އެކަންތައް ކުރަމުން ގެންދިއުން އުނދަގޫކަމަށް ވުމުން ދެން ތައާރުފް ކުރެވިގެން […]