ޔާމީން ފްރޭމް ކޮށްދޭން އެއްބާރުލުން ދީފިނަމަ ދަޢުވާ ނުކުރާނެ!

Loading

Facebook
Twitter
WhatsApp

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމު ފްރޭމް ކޮށްދޭން އެއްބާރުލުން ދީފިނަމަ އެމީހުން މައްޗަށް އިތުރު ދަޢުވާ ނުކުރާނެ ކަމަށް ޚަޞްމުން ކައިރީގަ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒު ވިދާޅުވާ އޯޑިއޯ އެބަހުރި ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.

ޔާމީންގެ ވަކީލުން މިއަދު ހެނދުނު ބޭއްވެވި ނިއުސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ދިފާޢީ ޓީމުގެ ވަކީލު އަލީ ޝާހު ވިދާޅުވީ ވަކިގޮތަކަށް ރައީސް ޔާމިން ފްރޭމް ކުރުމަށާއި،ވަކިގޮތަކަށް ބަޔާން ދީފި ނަމަ އެފަރާތްތަކުގެ މައްޗަށް ދައުވާ ނުކުރުމަށްވެސް ފުލުހުންގެ އިސްވެރިން ނިންމެވިކަމަށެވެ.

ޝާހު ވިދާޅުވީ އެފަދަ ބައެއް އޯޑިއޯތައްވެސް އެބަހުރިކަމަށެވެ. ”އަޅުގަނޑު ހިތުން މިހާރު އެ އޯޑިއޯތައްވެސް މިކޮޅަށް ލިބިފާ ހުރިކަން ފުލުހުންނަށްވެސް އެނގޭނެ.“ 

ޝާހު އިޝާރާތް ކުރެއްވީ ކުރީގެ ނައިބު ރައީސް ވަގު އަދީބު އާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ވަގު ޒިޔާތު އާއި އޭސީޕީ ރިޔާޒު ހެއްދެވި ޑީލުގެ މައްޗަށް ކަމަށް ބެލެވެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތް ހިންގި ކަމަށް އަމިއްލަ އިއުތިރާފް އޮތް އެ ދެވަގުންނަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް އިސްވެ ހުންނަވައި ޚިޔާނާތުގެ ދަޢުވާތައް ލުއި ކޮށްފައިވާކަން ފާހަގަކުރައްވަމުން ޝާހު ވިދާޅުވީ ޕީ.ޖީ އަކީ ޝަމީމަކީ އަދީބު އާއި ޒިޔާތުގެ އަތުން ވަރަށް ބޮދު އުޖޫރައެއް ހޯދައިގެން އެދެވަގުން ގެ ވައްކަން ދިފާޢުކޮށްދޭން ވަކީލެއްގެ ގޮތުގައި ކުރިން ޙަރަކާތްތެރި މީހަކަށްވެފައި ރައީސް ޔާމީނަށް ކުރާ ދައުވާގައި މަސްލަހޙަތު ބޮޑުތަނުން ފުށޫއަރާ ކަމުގައެވެ. އަދި އެކަން ވަރަށް ރަނގަޅަށް ޕީ.ޖީ ޝަމީމްއާއި ޕޮލިސްގެ އިންވެސްޓިގޭޝަން ޓީމަށްވެސް އެނގޭނޭ ކަމަށެވެ.

ރައީސް ޔާމީނުގެ މައްޗަސް މިހާރު ކުރިމިނަލް ކޯޓްގައި ކުރެވޭ ޝަރީޢަތުގެ އެންމެފަހުގެ އަޑުއެހުންތައްވަނީ ނިންމާލެވިފައެވެ. ދެން އޮންނާނީ ޙުކުމް ކުރުންކަމުގައި ވަނީ އަންގާފައެވެ.

ޝާހު ވަނީ ޚާއްސަކޮށް ތަޙުގީގު މަރުޙަލާގައި ޕީޖީ އާއި ފުލުހުން ޢަމަލުކުރިގޮތް ހެދިފާހުރި ގާނޫނުތަކާއި ގަވާޢިދުތަކަށް ޙުރުމަތްކޮށް ހިތާފާނުވާކަމަށް ބުނެ، ވަރަށް ބޮޑަށް އެކަންތައްތައް ކުށްވެރިކުރައްވާފައެވެ.

Loading

2 Responses

  1. ޔާމީނުގެ ޝަރިޢަތަކީ ސީދާ ސިޔާސީ ގޮތުން ކުރާ ދަޢުވާ ޑުރާމާއެކވެ. ދައުލަތަށް ގެއްލުނު އެމްއެމްޕީއާރސީގެ ފައިސާތައް ހޯދަން ޔާމީނަށް އެކަނި ދަޢުވާކުރާނެ ހެއްޔެވެ؟ އަދި އަމުދުން ތިބުނާހެން ބޮޑު ދެވަގު ގޭގައި ބަހަށްޓައިގެން ކާންދީ ބޯންދީ ޖަލަށް ނުގެންދާމަތިން ހެކި ނައްތާލާ ހެކި އުފަށްދާ ދެ ފެކްޓަރީހެން .ދެން ދެން ދޯ ބޮޑުވަރު؟
    ނަޝީދު އަބުނާ ފޫކޮޅު ދަށަށް ޖަހައިގެން އެ ގެންގުޅޭ އެމްއެމްޕީއާރސީގެ ވައްކަމުގެ ލިސްޓް ޢާންމުކޮށް ނިކަން ދަޢުވާތަށްކޮށް އެފައިސާތައް ރައްޔަތުންނަށް ހޯދަ ދީބަލާށެވެ. އޭރުން ރައްޔަތުން ހަނާނުކޮށް ޓެކސް ބޮޑު ނުކޮށް ޖޫރިމާނާތައް ނުކޮށް ވާނެ ނޫންހެއްޔެވެ. ރައްޔަތުން ގުނބޯހެއްދުން ދެން ހުށްޓަވާލައްވާށެވެ. 2023 ހޭވެސް ދެން ތިމީހުން ނުކިޔާސެވެ.

  2. I am currently writing a paper and a bug appeared in the paper. I found what I wanted from your article. Thank you very much. Your article gave me a lot of inspiration. But hope you can explain your point in more detail because I have some questions, thank you. 20bet

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް