އެމެރިކާއަކީ ހަނގުރާމަ އަށް ދެވިހިފާފައި އޮތް ގައުމެއް: ޗައިނާ

އެމެރިކާ އޮތީ ހަނގުރާމައަށް ދެވި ހިފާފައިކަމަށް ޗައިނާގެ ދިފާއީ ވުޒާރާއިން ބުނެފިއެވެ.  ޗައިނާގެ ދިފާއީ ވުޒާރާގެ ތަރުޖަމާނު ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ އެމެރިކާގެ ތާރީޚަކީ 240 އަހަރުވީ ތާރީޚެއް ކަމަށާއި، އެ ގައުމުން ހަނގުރާމައެއްގެ މަތީގައި ނެތީ އޭގެތެރެއިން އެންމެ 16 އަހަރު ދުވަހުކަމުގައެވެ.  ޗައިނާގެ ދިފާއީ ވުޒާރާއިން އިތުރަށް ބުނީ އެމެރިކާއިން ދުނިޔޭގެ 80 ގައުމެއްގައި 800 އަށްވުރެ ގިނަ އަސްކަރީ ބޭސް ބިނާކޮށްފައިވާ ކަމަށާއި، އެމެރިކާގެ އަސްކަރީ މެޝިންތައް ގެންދާ ދުނިޔޭގެ ކޮންމެ ހިސާބަކަށް […]

ދެކުނު އެމެރިކާގެ ގައުމުތަކުން ސަފީރުން އަނބުރާ ގެނެސް އިސްރާއީލާއި ގުޅުން ކަނޑާލައިފި

އިސްރާއީލުން ހަމާސްއާއި ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައާ ގުޅިގެން ދެކުނު އެމެރިކާގެ ބައެއް ގައުމުތަކުން އިސްރާއީލުގައި ތިބި އެ ގައުމުތަކުގެ ސަފީރުން އަނބުރާ ގެނެސް، އިސްރާއީލާއެކު ބާއްވަމުން އައި ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފިއެވެ.  މިގޮތުން، އިސްރާއީލުން ޣައްޒާގައި އިންސާނީ ހައްޤުތަކާއި ޚިލާފު ހަނގުރާމަމަތީ އެތައް ކުށެއް ހިންގަމުން އަންނަ ކަމަށާއި، މި ސަބަބާހުރެ އިސްރާއީލާއެކު އެއްވެސް ގުޅުމެއް ބާއްވަން ބޭނުން ނުވާކަމަށް ބުނެ ބޮލިވިއާއިން ވަނީ އެކަން އިއުލާނުކޮށްފައެވެ.  ބޮލިވިއާގެ ރައީސް، ލުއިސް އާރކޭގެ ކެބިނެޓް ވަޒީރެއްކަމަށްވާ […]

ޔަމަނުން ދޭ ހަމަލާތަކާ ދެކޮޅަށް ސައުދީއާއި ޖޯޑަނުން އިސްރާއީލަށް އެހީތެރިވަނީ 

ޔަމަނުގެ އަސްކަރީ ސިފައިންގެ ފަރާތުން އިސްރާއީލާއި ދެކޮޅަށް ދެމުން ގެންދާ ހަމަލާތަކުން ދިފާއުވުމަށް ސައުދީ އަރަބިއްޔާއާއި ޖޯޑަންގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ އެ ގައުމުތަކުގެ ސަރުކާރުން ދީފައިވާ ކަމަށް ޚަބަރުތަކުން ބުނެފިއެވެ.  ހަމައެއާއެކު، ސައުދީ އަރަބިއްޔާއާއި ޖޯޑަންގެ ވައިގެ ސަރަހައްދު ބޭނުންކޮށްގެން އިސްރާއީލަށް ހަމަލާދިނުމަށް ޔަމަނުން އެދުނު އެދުމަށް އެ ގައުމުތަކުން ވަނީ ނޫނެކޭ ބުނެފައެވެ.  އެމެރިކާގެ ޚާއްސަ ވައިމަތީގެ ދިފާޢީ ނިޒާމުތައް ސައުދީ އަރަބިއްޔާގެ ބޯޑަރުގެ ތެރޭގައި ބެހެއްޓުމަށް އެ ގައުމުން ހުއްދަ ދީފައިވާއިރު، […]

ޔަމަނުގެ ހޫތީން އިސްރާއީލަށް ބަލިސްޓިކް މިސައިލު ހަމަލާތަކެއް ދީފި

އިސްރާއީލާއި ދިމާއަށް ގިނަ އަދަދެއްގެ ބަލިސްޓިކް މިސައިލުތަކަކާއި ޑްރޯންތަކެއް ފޮނުވާލައި އިސްރާއީލަށް ހަމަލާ ދީފައިވާނެ ކަމަށާއި، އިތުރު ހަމަލާތައް ދޭން ތައްޔާރުވަމުން އަންނަކަމަށް ޔަމަންގެ ހޫތީ މުޖާހިދުން ބުނެފިއެވެ.  ރަތް ކަނޑުގެ މަތިން ދަތުރުކުރި ގޮތްނޭނގޭ އޭރިއަލް ޓާގެޓެއް ނައްތާލާފައިވާ ކަމަށް އިސްރާއީލުން ކުރިން ބުނެފައިވެއެވެ.  އޮކްޓޯބަރު 7 ގައި ކުރިމަތިލުންތަން ފެށުނު ފަހުން ފުރަތަމަ ފަހަރަށް އިސްރާއީލުގެ ”އެރޯ“ އޭރިއަލް ދިފާއީ ނިޒާމު ބޭނުންކޮށްފައިވާއިރު، އެ ނިޒާމު ބޭނުންކޮށް އިސްރާއީލާއި ދިމާއަށް ރަތް ކަނޑު މަތިން […]

އިންޑިއާގެ 800 މިލިއަނަށްވުރެ ގިނަ މީހުންގެ ސިއްރު މައުލޫމާތުތަކެއް ލީކުކޮށްލައިފި

އިންޑިއާގެ 800 މިލިއަނަށްވުރެ ގިނަ ރައްޔިތުންގެ އާދާރްއާއި ޕާސްޕޯޓް މައުލޫމާތު ހިމެނޭގޮތަށް ސިއްރު މައުލޫމާތުތަކެއް ލީކުކޮށްލައި ޑާކްވެބްގައި ބީލަމަށް ލައިފިއެވެ.   އިންޑިއާގެ ބޮޑު ޑާޓާ ލީކެއްގެ މައުލޫމާތު ސަމާލުކަމަށް ގެނެސްފައިވަނީ އެމެރިކާއަށް ނިސްބަތްވާ ސައިބަރ ސެކިއުރިޓީ ކުންފުންޏެއް ކަމުގައިވާ، ރީސެކިއުރިޓީއިންނެވެ. އެގޮތުން، އެކުންފުނިން ޝާއިއުކުރި ބްލޮގް ޕޯސްޓެއްގައި ބުނެފައިވަނީ އިންޑިއާ ރައްޔިތުންނަށް ނިސްބަތްވާ ”ޕާސަނަލީ އައިޑެންޓިފަޔަބްލް އިންފޮމޭޝަން (ޕީއައިއައި)“ ތަކެއް އޮކްޓޯބަރު މަހުގެ ކުރީކޮޅު ޑާކްވެބްގައި ވިއްކަން ޖަހާފައި ހުރިކަމަށެވެ.  ”pwn0001“ ގެ ނަމުން ޑާކްވެބްގެ ބްރީޗް […]

ފަލަސްތީނަށް އެހީތެރިވުމަށް އެހެން މުސްލިމް ގައުމުތަކުން އިރާނަށް ވާގިވެރިވާނެތަ؟

މިހާރު ފެންނަމުން އެދަނީ އިސްރާއީލު ސަލާމަތްކުރުމަށްޓަކައި ހުޅަނގުގެ ބާރުތަކުން އެކުވެ ކުރާ މަސައްކަތްތަކެކެވެ.  މެދުއިރުމަތީގެ ހުރިހާ ގައުމަކުން ކަހަލަ ގޮތަކަށް އިސްރާއީލުގެ ހަމާލާތައް ހުއްޓާލައި، ޤަތުލުއާންމު ނިމުމަކަށް ގެނައުމަށް ގޮވާލަމުން ގެންދިޔަ ނަމަވެސް، އެމީހުންނަށް ލިބިފައިވާ އަސްކަރީ ބާރާއި ތެޔޮ ބޭނުންކޮށްގެން މެދުއިރުމަތީގައި އެމެރިކާއިން ބިނާކޮށްފައިހުރި އަސްކަރީ ބޭސްއަކަށް ހަމަލާދީ، އަމަލީ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އަރަބި ގައުމުތަކުގެ ވެރީން މިމައްސަލާގައި އެއްވެސް އަމަލީ ފިޔަވަޅެއް އަޅަން ބޭނުންވާކަމާމެދު ވެސް ޝައްކުއުފެދެއެވެ. އެމީހުންގެ ސިޔާސީ އަދި އިޤްތިޞާދީ […]

ފަލަސްތީނަށް ތާއީދުކުރާތީ ހުޅަނގުގެ ގައުމުތަކުން އިންޒާރުދިން: މެލޭޝިއާ ބޮޑުވަޒީރު

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ފަލަސްތީނާ އެއްކޮޅަށް ވާހަކަދައްކައި ތާއީދުކުރާތީ ހުޅަނގަށް ނިސްބަތްވާ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ގައުމުތަކުން މެލޭޝިއާ އާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް ބުނެ އިންޒާރުތައް ދީފައިވާކަމަށް މެލޭޝިއާ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ.  ފަލަސްތީނަށް ތާއީދުކޮށް ބޭއްވި ހިނގާލުމެއްގައި, އަމިއްލަ ފުރާނަފުޅަށް ވެސް ނުރައްކާވެފައިވާކަން ފާހަގަކުރައްވައި  ވާހަކަފުޅު ދައްކަވަމުން އަންވަރު ވިދާޅުވީ، އެއީ މައްސަލައެއް ނޫންކަމަށާއި، އެތައް މަސައްކަތެއް ކުރަން އެބަޖެހޭކަމަށެވެ. އަދި މަސައްކަތާއިގެން ދާނީ ކުރިއަށްކަމަށް ވެސް އޭނާ ވިދާޅުވިއެވެ. […]

ޤަތަރުގައި އިސްރާއީލަށް ޖާސޫސްކޮށްދިން އިންޑިއާގެ 8 މީހަކު މެރުމަށް ހުކުމްކޮށްފި

އިސްރާއީލަށް ޖާސޫސްކޮށްދިން އިންޑިއާގެ 8 މީހަކު މެރުމަށް ޤަތަރުގެ ކޯޓަކުން ހުކުމްކޮށްފައިވާކަމަށް އިންޑިއާގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ.  މަރުގެ ހުކުމް އިއްވާފައިވަނީ އަލް ދަހްރާ ކުންފުނީގެ ވަޒީފާގައި އުޅުނު ބަޔަކަށެވެ. އަދި އެމީހުން ހައްޔަރުކޮށްފައިވަނީ އިސްރާއީލަށް ޖާސޫސްކޮށްދޭކަމުގެ ތުހުމަތުކުރެވިގެންނެވެ.  ”މަރުގެ ޙުކުމް އިއްވުމުން މިތިބީ ހައިރާންވެފަ. އަދި މަޑު މިކުރަނީ ނިންމުމުގެ ތަފްސީލީ ރިޕޯޓަކަށް. އެ މައުލޫމާތު ލިބުމުން ޤަތަރުގެ ކަމާބެހޭ ވުޒާރާތަކާއެކު މިކަމުގެ މަޝްވަރާތައް ކުރިއަށް ގެންދާނަން. ސިއްރުކުރެވިގެން ކުރިއަށް ގެންދެވުނު އަޑުއެހުންތަކެއްކަމުން މިވަގުތު ވަކި […]

އެމެރިކާގެ ޑެލްޓާ ފޯސް އިސްރާއީލާއެކު ގާޒާގައި ހަރަކާތްތެރިވަނީ

ގާޒާގެ ކޯސްޓަލް ސަރަހައްދުތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމެރިކާ އަސްކަރިއްޔާގެ ޑެލްޓާ ސިފައިން އިސްރާއީލު ސިފައިންނާއިއެކު ފައިމަގުގައި ހަނގުރާމަކޮށް ގާޒާގައި ހަރަކާތްތެރިވަމުން އެބަގެންދެއެވެ.  އިސްރާއީލުން ފާޅުގައި ނަސްލު ދޮވެލުމަށް ހިންގަމުންދާ ޤަތުލުއާންމުގެ ރަސްމީ ބައިވެރިޔަކަށް އެމެރިކާއިން މިހާރު ވެފައިވާއިރު، މިއީ އެކުވެރި ދައުލަތުގެ އާންމު މެންބަރުންގެ ގޮތުގައި ހިތައި އެ އުސޫލުން ކަންކޮށްގެން ނުވާނެއެވެ.  އެމެރިކާ ސަރުކާރުން ވަނީ ވަރަށް ފާޅުކަން ބޮޑުގޮތެއްގައި އިސްރާއީލަށް އަސްކަރީ އެހީގެ އިތުރުން އަދި މައުލޫމާތު ފަތުރާ  ވަސީލަތްތަކުގެ ޒަރިއްޔާއިން ވެސް މި […]

އިސްރާއީލުން ޣައްޒާއަށް އެރުމުން އިރާނުން ބަދަލުގައި ދީފާނެ ހަމަލާއަކަށް އެމެރިކާއިން ތައްޔާރުވެއްޖެ

އިސްރާއީލުން ޣައްޒާއަށް އަރައި ހަމަލާދިނުމަށް ތައްޔާރުވަމުން ދިޔުމާއެކު، ބަދަލުގައި އިރާނާއި އެ ގައުމުގެ ބައިވެރިން އެމެރިކާއަށް އަދި އެމެރިކާގެ މަސްލަހަތު އޮތް ފަރާތްތަކަށް ދީފާނެ ހަމަލާއަކަށް ތައްޔާރުވުމުގެ ގޮތުން އެސަރަހައްދުގައި ހުރި ދިފާއީ ނިޒާމުތައް ވަރުގަދަކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަމުން އަންނަކަން ހާމަވެއްޖެއެވެ.  އެމެރިކާއިން އެ ސަރަހައްދުގައި ހުރި ދިފާއީ ނިޒާމުތައް ވަރުގަދަކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވަނީ އޮކްޓޫބަރު 18 އިގެ ފަހުން އެމެރިކާ ސިފައިންނަށް ގިނަ ހަމަލާތަކެއް އަމާޒުކުރެވުމާއި ގުޅިގެން އެތަކެއް ސިފައިންނަށް ގިނަގުނަ އަނިޔާތަކެއް […]