އެމެރިކާއަކީ ހަނގުރާމަ އަށް ދެވިހިފާފައި އޮތް ގައުމެއް: ޗައިނާ

Loading

Facebook
Twitter
WhatsApp

އެމެރިކާ އޮތީ ހަނގުރާމައަށް ދެވި ހިފާފައިކަމަށް ޗައިނާގެ ދިފާއީ ވުޒާރާއިން ބުނެފިއެވެ. 

ޗައިނާގެ ދިފާއީ ވުޒާރާގެ ތަރުޖަމާނު ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ އެމެރިކާގެ ތާރީޚަކީ 240 އަހަރުވީ ތާރީޚެއް ކަމަށާއި، އެ ގައުމުން ހަނގުރާމައެއްގެ މަތީގައި ނެތީ އޭގެތެރެއިން އެންމެ 16 އަހަރު ދުވަހުކަމުގައެވެ. 

ޗައިނާގެ ދިފާއީ ވުޒާރާއިން އިތުރަށް ބުނީ އެމެރިކާއިން ދުނިޔޭގެ 80 ގައުމެއްގައި 800 އަށްވުރެ ގިނަ އަސްކަރީ ބޭސް ބިނާކޮށްފައިވާ ކަމަށާއި، އެމެރިކާގެ އަސްކަރީ މެޝިންތައް ގެންދާ ދުނިޔޭގެ ކޮންމެ ހިސާބަކަށް ނުތަނަވަސްކަން ގެނުވާކަމަށެވެ. 

”އެމެރިކާގެ މިލިޓަރީ މެޝިންތައް ގެންދާ ކޮންމެ ތަނެއްގެ ރައްޔިތަކު އެކަމުގެ ހިތި ދެކި ތަޖުރިބާ ކުރަން ޖެހޭ.“ ދިފާއީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވިއެވެ. 

Loading

One Response

  1. ތީވަރަށްބޮޑުތެދެއް ތިކަންއެނގިތިބެ އަރަބިގައުތަކުގެވެރިން ވެރިކަމުގައި އުމުރަށްތިބުމުގެ ބޭނުމުގައި ރައްޔިތުންގެ ވިސްނުމާއިދެކޮޅަށް ތިޔަކަންއެދަނީކުރަމުން މިރާއްޖޭގަ ވެރިކަންކުރި މީހަކުވެސް އިޒްރޭލުން ޑރ ގެނެސް ވަރަށްގަނޑުގަން އެކަމު އެކަންފެއިލްވެ އޭނާގެހަގީގަތް ރައްޔިތުންނަށް އޭނާގެދުލުން ސާފުކޮންއެނގިއްޖެ ދެން އެއުޅުއްވާގޮތެއް ދެކިބަލަ ….

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް