އިސްރާއީލަކީ އެމެރިކާގެ ބާރު ހިނގާގައުމެއްތަ ނޫނީ އެމެރިކާއަކީ އިސްރާއީލު ބާރު ހިނގާ ގައުމެއްތަ؟

އާންމު ގޮތެއްގައި މީޑިއާތަކުގައި ބުނެފާ އޮންނަގޮތުން ކިޔާމީހުންނަށް ލަފާކުރެވިފައި އޮންނަނީ އިސްރާއީލަކީ އެމެރިކާއިން ބަލަހައްޓަން ބަލަދު އަރާފައިވާ ދައުލަތެއް ކަމަށެވެ.  އެހެންނަމަވެސް ހަގީގަތަކީ އެމެރިކާއަކީ އިސްރާއީލުން ބަލަހައްޓަން ޖެހިފައި ގައުމެކޭ ބުނުމެވެ. މިހާރު ހިނގަމުންދާ ފަލަސްތީން – އިސްރާއީލުގެ ހަނގުރާމައިންވެސް އެކަން ސާބިތު ކުރެވެއެވެ. އެމެރިކާގެ އެންގުންތަކަށް އިސްރާއީލުން ބޯ ނުލަނބާނެކަން ވަރަށް ސާފު ބަހުން އެގެންދަނީ ބުނަމުންނެވެ. އެމެރިކާއަކަށް ކުރެވޭނެ ކަމެއް ނެތްކަހަލައެވެ!                                   […]

އިރާނުގެ އިންޒާރުތައް ހަރުކަށިވަނީ، އިރާޤާއި ސީރިއާގައި ހުރި އެމެރިކާ ބޭސްތަކަށް އިތުރު ހަމަލާތަކެއް!

ޣައްޒާގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމާގައި އިރާނާއި އިރާނުން ތާއީދުކުރާ މުޖާހިދީން ކުރިއެރުން ހޯދުމުގެ ފުރުސަތު ކުޑަ ކުރުމަށްޓަކައި އެމެރިކާގެ އޯހައިއޯ-ކްލާސް ނިއުކްލިއަރ-ޕަވަރޑް ސަބްމެރިންއެއް ފަލަސްތީނު ސަރަހައްދަށް ފޮނުވާފައިވާއިރު، އިރާޤާއި ސީރިއާގައި ތިބި އެމެރިކާގެ ސިފައިންނާއި ދެކޮޅަށް ހަފުތާ ބަންދުގައި ދެވުނު ރޮކެޓު އަދި ޑްރޯން ހަމަލާތައް އިތުރުވެއްޖެއެވެ. މިގޮތުން، އިރާޤުގެ އަންބަރ ޕްރޮވިންސުގައި ހުންނަ އެމެރިކާގެ އައިން އަލް-އަސަދް ވައިގެ އަސްކަރީ ބޭސްގެ އިތުރުން ސީރިއާގައި ހުންނަ އެ ގައުމުގެ ތިން އަސްކަރީ ބޭސްއަކަށް ހުކުރު ދުވަހުގެ […]

ފިނި ހަނގުރާމައިގެ ދުވަސްވަރު އެކުލަވައިލި މުއާހަދާ ރޫޅައިލުމުގެ ޒިންމާ އެމެރިކާއިން ނަގަންޖެހޭ: ރަޝިއާ

ރަޝިއާއިން ފިނި ހަނގުރާމައިގެ ދުވަސްވަރު އެކުލަވައިލި މުއާހަދާ އުވައިލުމަށް ރަޝިއާއިން ނިންމާފައިވާއިރު، އެ މުއާހަދާ ރޫޅުމުގެ ޒިންމާ އެމެރިކާއާއި އެ ގައުމުގެ ބައިވެރިން ނަގަން ޖެހޭކަމަށް ރަޝިއާއިން ބުނެފިއެވެ. ”ޓްރީޓީ އޮފް ކޮންވެންޝަނަލް އާމްޑް ފޯރސެސް އިން ޔޫރޮޕް“ ގެ ނަމުން ނަންދީފައިވާ މި މުއާހަދާ ރޫޅާލުމަށްޓަކައި ވްލާޑިމިރް ޕުޓިން ރަޝިއާގެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލު، މަޖިލީހުގެ ދެ ހައުސްގެ ތާއީދާއެކު ވަނީ ފާސްކޮށްފައެވެ. މިގޮތުން، މިއަހަރުގެ މެއި މަހުގައި ޕުޓިންވަނީ މި ބިލު ތަސްދީގު […]

އެމެރިކާއިން ޓައިވާނަށް އަސްކަރީ އެހީ ދީ, ހަތިޔާރުން ބަރާކޮށްފި

ޓައިވާނުން އެމެރިކާއިން ތައްޔާރުކުރާ އަސްކަރީ ހަތިޔާރު ގަތުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން 80 މިލިއަން އެމެރިކާ ޑޮލަރު (64.6 މިލިއަން ޕައުންޑުގެ) އެހީ ދިނުމުން ޗައިނާއިން އެކަމާއި ”ދެކޮޅުވެރިވެ ނަފްރަތު“ ކުރާކަމަށް ބުނެފައިވާއިރު، ދުރުން ބަލަން ތިބޭ ބަޔަކަށް މިއީ ހަތިޔާރު ގަތުމަށް ޚަރަދުކުރަން މާބޮޑު އަދަދަކަށް ނުވާނެއެވެ.  އެއީ އެންމެ ފަހުގެ ފައިޓަރ ޖެޓެއްގެ އަގު ވެސް އަދާކުރެވޭވަރުގެ ފައިސާގެ މިންވަރެއް ނޫނެވެ. ޓައިވާނުން މިހާރުވެސް 14 މިލިއަން ޑޮލަރުގެ އެމެރިކާ ހަތިޔާރު އޯޑަރުކޮށްފައިވާއިރު، […]

ރަޝިއާގެ އަސްކަރީ ބޭސްތަކުން ޔޫރަޕު ވަށާލަނީ

ރަޝިއާއިން ޔޫރަޕު ވަށައިގެން އަސްކަރީ ބޭސްތައް ހަދައި ޔޫރަޕު ވަށާލުމަށް ތައްޔާރުވަމުން އަންނަކަން ހާމަވެއްޖެއެވެ.  ރަޝިއާގެ އަސްކަރިއްޔާއާއި ޚަލީފާ ހަފްތާރްގެ ލިބްޔަން ނެޝަނަލް އާމީ (އެލްއެންއޭ) އިން ގުޅުންތައް ވަރުގަދަކޮށް މަޝްވަރާތައް ކުރަން ފަށާފައިވާއިރު, ރިޕޯޓުތަކުން ބުނާ ގޮތުގައި މި ދެ ފަރާތުން އަންނަނީ ދިފާޢީ އެއްބަސްވުންތަކެއް އެކުލަވާލައި، ސޮއިކުރުމަށް ތައްޔާރުވަމުންނެވެ. މި އެއްބަސްވުމުގެ ސަބަބުން ލިބްޔާގެ އައްސޭރިފަށުގައި ރަޝިއާގެ އަސްކަރީ ބޭސްތައް ރޭނުމުގެ މަގުކޮށިގެންދާނެއެވެ.  ރަޝިއާގެ ނޭވަލް ބޭސްއެއް ލިބްޔާގެ އައްސޭރިފަށުގައި ބިނާކުރެވުމުގެ ނަތީޖާއެއްގެ ގޮތުން، […]

ޕާކިސްތާނުގެ އެއަރފޯސް ބޭސްއަކަށް ބޮމުގެ ހަމަލާތަކެއް ދީފި

ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތުގައި ޕަންޖާބުގެ މިއަންވަލީގައި ހުންނަ ޕާކިސްތާނުގެ އެއަރފޯސް ބޭސްއަކަށް ގިނަ ޖިހާދީންތަކަކާއި، ސުއިސައިޑް ބޮމްބަރުން ގުޅިގެން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.  ތެހްރީކް-އޭ-ޖިހާދް އިން މި ހަމަލާގެ ޒިންމާ ނަގާފައިވާއިރު، ރިޕޯޓުތައް ބުނާގޮތުން ހަމަލާދީފައިވަނީ 9 ޖިހާދީންގެ ވަފުދަކުންނެވެ. އަދި މި ހަމަލާގެ ތަސްވީރުތަކާއި ވީޑިއޯތައް މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.  ޕާކިސްތާނުގެ މީޑިއާ ވިންގުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަމަލާދިން 9 ޖިހާދީންވެސް މަރާލާފައިވާ ކަމަށާއި، އަސްކަރީ ބޭސްގައި ހަރަކާތްތެރިވި ސިފައިންގެ އެއް އޮފިސަރަކަށް […]

އީލޮން މަސްކުގެ ގްރޮކް: ”ސިޔާސަ“ އާޓިފިޝަލް އިންޓެލިޖެންސް ޗެޓްބޮޓެއް

ދަ ހިޗްހައިކާސް ގައިޑް ޓު ދަ ގެލެކްސީއިން މިސާލު ނަގައިގެން އީލޮން މަސްކް ފަރުމާކޮށްފައިވާ ”ސިޔާސަ“ އާޓިފިޝަލް އިންޓެލިޖެންސް ޗެޓްބޮޓް، ”ގްރޮކް“ ތައާރަފު ކޮށްފިއެވެ.  އާޓިފިޝަލް އިންޓެލިޖެންސަކީ އިންސާނިއްޔަތަށް އޮތް އެންމެ ބޮޑު ނުރައްކާކަމަށް ބުނެ އިންޒާރުދިން ޓެސްލާގެ ސީއީއޯ، އީލޮން މަސްކް ބުނެފައިވަނީ، ތަހުލީލީ މަރުހަލާ ނިމުނުހައި އަވަހަކަށް ޗެޓްޖީޕީޓީގެ ވާދަވެރި މި ޗެޓްބޮޓް އޭނާގެ ”އެކްސް“ ޕްލެޓްފޯމްގެ ޕްރީމިއަމް ސަބްސްކްރައިބަރުންނަށް ބޭނުންކުރެވޭ ގޮތަށް ނެރޭނެ ކަމަށެވެ.  ”އެކްސް“ގައި ލިޔެފައި ހުންނަ ޕޯސްޓުތައް ގްރޮކްއަށް ބެލޭނެ […]

އިސްރާއީލާއި ފަލަސްތީނުގެ ހަނގުރާމަ އެ ސަރަޙައްދަށް ފެތުރިގެން ދިއުން!

  އީރާނުގެ މިލިޓަރީ ތައްޔާރީ ޙާލަތަށް ގެނެސްފާ : އެން. ބީ. ސީ.ގެ ފަރާތުން އިސްރާއީލާއި ފަލަސްތީނުގެ މުޖާހިދު ޙަމާސްގެ ހަނގުރާމައާއި ބެހޭގޮތުން ހާމަކޮށްފައިވާ ދިރާސާއެއް ސަންދާނުގެ ކިއުންތެރިންގެ މަޢުލޫމާތަށްޓަކައި ގެނެސްދިނުމަށް މިފުރުސަތުގެ ބޭނުންކުރަމެވެ. މިއީ ތަޖްރިބާކާރުންގެ ދިރާސާއެކެވެ. މިގޮތަށް ކަންތައް ނުދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ. ކޮންމެ ހަނގުރާމަޔަކީ ކާރިސާއެކެވެ. އޭގެ ގެއްލުން އެންމެ ބޮޑަށް ލިބެނީ ނިކަމެތި އާންމު ރައްޔަތުމީހާއަށެވެ.                             ޙަމާސްގެ ހަނގުރާމަވެރިންނާއި ޔަހޫދީ ޒައަނިސްޓް ހަރުކަށީ ފިކުރުގެ ނަތަންޔާހޫގެ ސަރުކާރާއި ދެމެދު ކުރެވެމުން މިދާ […]

ހަމާސް މުޖާހިދުންގެ ހަރަކާތްތައް ހުއްޓާލައި، ޖަމިއްޔާ އުވައިލުމަށް ޖަރުމަނުން ގޮވާލައިފި

ފަލަސްތީނުގެ މުޖާހިދުންގެ ޖަމިއްޔާ، ހަމާސްގެ ހުރިހާ ހަރަކާތެއް މުޅިން ހުއްޓާލަން ޖެހޭކަމަށާއި، އިސްރާއީލާ ދެކޮޅު އެންޓި-ސެމިޓިކް ޚިޔާލުތައް ފަތުރާތީ އެ ޖަމިއްޔާ އުވައިލަން ޖެހޭކަމަށް ޖަރުމަނުވިލާތުން ބުނެފިއެވެ.  ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި، ޖަރުމަނުވިލާތުގެ އިންޓީރިއަރ މިނިސްޓަރު، ނޭންސީ ފޭސަރ ވިދާޅުވީ، ހަމާސްގެ ހަރަކާތްތަކާއި، ހަމާސްއަށް ތާއީދުކުރުމުގެ ގޮތުން ހިންގާ ހަރަކާތްތައް ރަސްމީކޮށް މަނާކޮށްފައިވާނެކަމަށާއި، ހަމާސްއަކީ ޓެރަރިސްޓް ޖަމިއްޔާއެއްކަމަށް ޖަރުމަނު ވިލާތުން ދެކޭކަމަށެވެ.  ”ހަމާސްއަކީ އިސްރާއީލު ނައްތާލުމަށް މަސައްކަތްކުރާ ޓެރަރިސްޓު ޖަމާއަތެއްކަމުން، އެ ޖަމިއްޔާގެ ހުރިހާ ހަރަކާތެއް […]

ފަލަސްތީނަށް ތާއީދުކުރުމުގެ ގޮތުން ކިމް ޖޮންގް އުން ބޭނުންކުރައްވަނީ އިޒްރޭލް ދިދައިގެ ޓޮއިލެޓް ޕޭޕަރު

ފަލަސްތީނަށް ތާއީދުކުރުމުގެ ގޮތުން ނޯތު ކޮރެއާގެ ލީޑަރު، ކިމް ޖޮންގް އުން ގަޟާހާޖާކުރައްވަން ބޭނުންފުޅުކުރައްވަނީ އިސްރާއީލުގެ ދިދަ ކުރަހާފައި ހުންނަ ޓޮއިލެޓް ޕޭޕަރުކަމަށް މީސް މީޑިއާގައި ޚަބަރުތައް ފެތުރިއްޖެއެވެ.  ހަމާސްއަށް ހަތިޔާރު ފޮނުވައި، ވެވެން އޮތްގޮތަކަށް އެހީތެރިކަން ފޯރުކޯށްދިނުމަށްވެސް ކިމް ޖޮންގް އުން ވަނީ އޭނާ ކޮމާންޑްކުރާ އަސްކަރީ ސިފައިންނަށް އަންގާފައެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އަރަބި ގައުމުތަކުން ތިބީ އެފަދަ ކަމެއް ކުރާވަރަށްވުރެ ބިރުންނެވެ.  ނޯތު ކޮރެއާގެ ލީޑަރަށް ތާއީދުކުރާ ރަޝިއާއިންވެސް އަންނަނީ ފަލަސްޠީނުގެ ހަމާސްއަށާއި […]