އިސްރާއީލަކީ އެމެރިކާގެ ބާރު ހިނގާގައުމެއްތަ ނޫނީ އެމެރިކާއަކީ އިސްރާއީލު ބާރު ހިނގާ ގައުމެއްތަ؟

Loading

Facebook
Twitter
WhatsApp


އާންމު ގޮތެއްގައި މީޑިއާތަކުގައި ބުނެފާ އޮންނަގޮތުން ކިޔާމީހުންނަށް ލަފާކުރެވިފައި އޮންނަނީ އިސްރާއީލަކީ އެމެރިކާއިން ބަލަހައްޓަން ބަލަދު އަރާފައިވާ ދައުލަތެއް ކަމަށެވެ. 

އެހެންނަމަވެސް ހަގީގަތަކީ އެމެރިކާއަކީ އިސްރާއީލުން ބަލަހައްޓަން ޖެހިފައި ގައުމެކޭ ބުނުމެވެ. މިހާރު ހިނގަމުންދާ ފަލަސްތީން – އިސްރާއީލުގެ ހަނގުރާމައިންވެސް އެކަން ސާބިތު ކުރެވެއެވެ. އެމެރިކާގެ އެންގުންތަކަށް އިސްރާއީލުން ބޯ ނުލަނބާނެކަން ވަރަށް ސާފު ބަހުން އެގެންދަނީ ބުނަމުންނެވެ. އެމެރިކާއަކަށް ކުރެވޭނެ ކަމެއް ނެތްކަހަލައެވެ!                                                             

1967 ގެ 6 ދުވަހުގެ ހަނގުރާމައިގާ އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވީ ނަމަވެސް އިރުމަތީ ގުދުސް ހިމެނޭގޮތުގައި ހުޅަނގު އައްސޭރިއާއި ގައްޒާއަކީ ޔުނައިޓެޑް ނޭޝަންސުން ގަބޫލުކުރާ ގޮތުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއްގެ ބިންތަކެކެވެ. އެމެރިކާއާއި އިސްރާއީލުން އެކަން ގަބޫލެއް ނުކޮށް ޔޫ. އެން. އައި މުޅިދުނިޔެއަށް ދަނީ ގޮންޖަހަމުންނެވެ. އެއްވެސް ގައުމަކަށް ބަޔަކަށް ކުރެވޭނެކަމެއް ނެތެވެ.            

ޔަހޫދީންގެ ދައުލަތެއް ސްޓޭޓް އޮފް އިސްރާއީލުގެ ނަމުގައި އިޢުލާންކުރިތާ އެންމެ 2 މިނިޓްގެ ތެރޭގައި އެމެރިކާއިން އެ ގައުމު ގަބޫލުކުރާކަން އިޢުލާންކުރިއެވެ. 1984 ވަނަ އަހަރު ގަލްފް ޓައިމްސްގައި ލިއެފައިވާ ލިއުމެއްގައި ބުނެފައި ވެއެވެ. 

އެންމެ 2 މިނިޓްތެރޭގައި އިސްރާއީލުގެ ދައުލަތް ގަބޫލުކުރިކަން އިޢުލާން ކުރުމާއި ބެހޭގޮތުން އެމެރިކާގެ އޭރުގެ ރައީސް ޓްރޫމަންއަށް މީޑިއާތަކުން ސުވާލު ދެންނެވުމުން ޖަވާބުގައި ވިދާޅުވިއެވެ. 

އެމެރިކާގެ ރައީސްގެ ގޮނޑީގައި އިށީނުމަށާއި އަދި އެގޮނޑީގައި އިނުމަށްޓަކައި އެމެރިކާގައި ދިރިއުޅެމުން ގެންދާ 6 މިލިއަން ޔަހޫދީން ތާޢީދު ބޭނުން ވެއެވެ. ވަރަށް ބޮޑު ތެދެކެވެ. 

އެ ޒަމާނުގައިވެސް އަދި މިޒަމާނުގައިވެސް އެމެރިކާގެ ރިޔާސީ ތަޚުތުގައި އިންނަން ބޭނުންވާނަމަ ޒައަނިސްޓުން ރުއްސަން ޖެހޭނެއެވެ.       

މިހާރު ހިނގަމުންދާ ފަލަސްތީން – އިސްރާއީލުގެ ހަނގުރާމައާއި ގުޅިގެން ދުނިޔެއަށް އެނގެން ބޭނުންވާ މަޢުލޫމާތުތަކެއް އެބަހުރިކަމަށް ބައިނަލް އަގްވާމީ މީޑިޢަތަކުން ބުނަން ފަށައިފިއެވެ. އޭގެތެރެއިން އެންމެ ފުރަތަމަ ފާހަގަ ކުރެވޭ ކަމަކީ އެ ހަނގުރާމައިގެ އަސްލު ސަބަބަކީ ބާރުގަދަ ގައުމުތަކެއް އިސްރާޢީލަށް ވާގިވެރިވަމުން ގެންދާ ދިއުން ކަމަށެވެ.

ދެވަނައަށް ފާހަގަ ކޮށްފައިވަނީ ޔުނައިޓެޑް ނޭޝަންސްގައި ހިމެނޭ 193 ގައުމުގެތެރެއިން 138 ގައުމުން ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް ރަސްމީގޮތުން ގަބޫލުކުރާއިރު އެކަމާއި ދެކޮޅުހަދަނީ ހަމައެކަނި 55 ގައުމުންނެވެ.

ދުނިޔޭގައި ޑިމޮކްރެސީ ތަޢާރުފް ވެފާއޮތް މިންވަރާއި އޭގައި ހުރި ބާރު މިއޮތީ ހާމަކޮށް ފެންނާށެވެ. ހުޅަނގުގެ ގައުމުތަކުން އަޑުގައި ނެތްވަރަށް ބާރުލާފައި ޑިމޮކްރެސީ އަކީ އެންމެ ފައިދާހުރި ނިޒާމޭ ކަންތައްތައް ނިންމަން ޖެހޭނީ އަޣްލަބިއްޔަތުން ބޭނުންވާ ގޮތަކަށޭ ގޮވަމުންދާއިރު ދުނިޔޭގެ 72 އިންސައްތަ ގައުމުތަކުން ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް ގަބޫލުކުރާއިރު 28އިންސައްތަ ގައުމުން އެ ބުނަނީ ތިހެނެއް ތިކަން ނުކުރެވެނެ ކަމަށެވެ.

މިކަމުގައި ފަހުބަސް ބުނަންޖެހޭނީ އަހަރެމެންނޭ ބުނަމުން ގެންދިއުންވެސް މިއޮތީ ޑިމޮކްރެސީގެ އެންމެ މުހިންމު އަސާސް ކަމުގައި ހަދާފައެވެ. މިއިން ދަސްކުރެވޭ ފިލާވަޅަކީ ޑިމޮކްރެސީއަކީ މުނާފިގުކަމަށް އިސްކަންދީގެން ރައްޔިތުންގެ މައްޗަށް ވެރިވާ ވެރިވެގަތުން ކަމެވެ. ފެންނަމުންދާ ހުރިހާ މަންޒަރެއްގައިވެސް އޮތީ ހަމަ އެކަނި މިކުލައެވެ. ގަދަފަދަ ގައުމަކީ ނުވަތަ މީހާއަކީ އެއްވެސް ގާނޫނެއް ނުވަތަ އެއްބަސް ވެވޭ އުސޫލަކަށްވެސް ބޯލަބަން ނުޖެހޭނެކަމެވެ!                                                            

އިސްރާއީލަކީ މިނިވަން ދައުލަތެއް ކަމަށް ގަބޫލުކުރަނީ ހަމައެކަނި ދުނިޔޭގެ ގައުތަކުގެ ތެރެއިން 85 އިންސައްތަ ގައުމެވެ. އެއީ ބާރުގަދަ ގައުމުތަކުގެ ފިއްތުންތަކާހުރެ އެހެންގޮތެއް ނެތިގެން ގަބޫލުކުރާ ގައުމުތަކާވެސް އެކުގައެވެ.ބާކީ 15 އިންސައްތަ ގައުމުން އިސްރާއީލު ގަބޫލެއް ނުކުރެއެވެ.

ނިންމާލަމުންވެސް ބުނެވެން އޮތީ ޑިމޮކްރެސީއަކީ މުޅިންވެސް އޮޅުވާލުމާއި މަކަރާއި ޙީލަތްތެރި އެއްޗެއްކަމެވެ. މި ތަޖުރިބާ ކުރެވެމުންދާ ޑިމޮކްރެސީ އަކީ ހަމަ ފައްކާ ޖަންގަލީގެ އުސޫލެވެ. ބާރުގަދަ އެތި އައިސް ނިކަމެތި އެތި ކާލީމާ ނިމުނީއެވެ!

Loading

One Response

  1. އިސްރާއީލަކީ އެއްވެސް ގައުމެއްގެ ބާރު ފޯރުވޭނެ ބައެއްނޫން. އެމީހުން ދެކެނީ އެއީ ހުރިހާ އިންސާނުންނަށްވުރެންވެސް މާ މަތީގައި ތިބެން ޖެހޭ ބައެއްކަމަށް،

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް