އެމެރިކާ ހަނގުރާމަމަތީ އުޅަނދަކުން ޔަމަނާއި ގާތުން ދަތުރުކުރި މިސައިލުތައް ނައްތާލުމުގައި 9 ގަޑިއިރު ހޭދަކުރި

ޔަމަނާއި ގާތުން ދަތުރުކުރި މިސައިލުތަކެއް ހުއްޓުވުމުގެ މަސައްކަތުގައި އެމެރިކާގެ ހަނގުރާމަމަތީ އުޅަނދަކުން ބުރާސްފަތި ދުވަހު 9 ގަޑިއިރު ހޭދަކުރިކަމަށް އެމެރިކާގެ އޮފިޝަލަކު ހާމަކޮށްފިއެވެ. އެގޮތުން އޭނާ ބުނީ 4 ކްރޫޒް މިސައިލާއި 15 ޑްރޯން ހުއްޓުވާފައިވާ ކަމަށާއި، މިއީ މިހާ މަދު ވަގުތުކޮޅެއްގެ ތެރޭގައި މީގެ ކުރިން ހުއްޓުވަން ޖެހުނު އަދަދެއް ނޫންކަމަށެވެ.  ”ޔޫއެސްއެސް ކާނީ“ ނަމަކަށް ކިޔާ އާރލޭ-ބާރކް ކްލާސްގެ މި ހަނގުރާމަމަތީ އުޅަނދު ބުދަ ދުވަހު ސުއޭޒް ކެނެލް ހުރަސްކޮށް ދެކުނަށް ދަތުރުކުރިއިރު، މި […]

އިސްރާއީލުން ދިން ހަމަލާތަކުގައި ގާޒާގެ 31 މިސްކިތް ހަލާކުކޮށްލައިފި

އޮކްޓޫބަރު 7 ގެ ފަހުން އިސްރާއީލުން ގާޒާއަށް ދީފައިވާ ހަމަލާތަކުގައި މިހާތަނަށް ގާޒާގެ 31 މިސްކިތެއް ހަލާކުކޮށްލާފައިވާކަމަށް ގާޒާގެ މިނިސްޓްރީ އޮފް އެންޑޯމަންޓްސްއިން ހާމަކޮށްފިއެވެ.  އެ ވުޒާރާގެ ބަޔާނަކާ ހަވާލާދީ ތުރުކީއާއި އެހެން އަރަބި މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އިސްރާއީލުން އެންމެ ފަހުން ދިން ހަމަލާތަކުގައި އިތުރު ފަސް މިސްކިތެއް ސުންނާފަތިކޮށްލުމާއެކު މިއަދަދު 26 ގައި ހުރުމަށްފަހު 31 އަށް ވަނީ އިތުރުވެފައެވެ.  އިސްރާއީލަށް ވާގިވެރިވުމަށްޓަކައި އެމެރިކާއިން އެ ގައުމުގެ އެންމެ ބޮޑު ހަނގުރާމަމަތީ އުޅަނދު […]

އިސްރާއީލު-ލުބުނާން ބޯޑަރުގައި އެންޓިޓޭންކް މިސައިލް ހަމަލާއެއް ދީފި

ލުބުނާނުގެ އުތުރާއެކު އޮންނަ ބޯޑަރުގައި އޮންނަ ޝެބާ ފާރމްސްގެ ”ޓެރަރިސްޓް ޖަމާއަތަކުން“ ދިން އެންޓި-ޓޭންކް މިސައިލް ހަމަލާއެއްގައި އިސްރާއީލުގެ ހަނގުރާމަމަތީ ޓޭންކެއް ހަލާކުކޮށްލާފައިވާ ކަމަށް އިސްރާއީލު ސިފައިން ބުނެފިއެވެ.  ބޯޑަރާއި ގާތުން އޮންނަ މީހުން ދިރިއުޅޭ ސަރަހައްދުތަށް އިސްރާއީލުން ހުސްކުރަމުން އަންނައިރު، އެ ގައުމުން ބުނެފައިވަނީ ލުބުނާނާއެކު ހިނގަމުން އަންނަ ކުރިމަތިލުންތައް ދަނީ އިތުރުވެ ހޫނުވަމުން ކަމަށެވެ. މީގެއިތުރުން، އިސްރާއީލުން ބުނެފައިވާ ގޮތުގައި، މި ހަމަލާތަކުގެ ފަހަތުގައިވަނީ ހިޒްބުﷲ އެވެ. އަދި މިކަމުގެ ސަބަބުން، ހަނގުރާމަ ބޮޑުވެ، […]

މެދުއިރުމަތީގެ ގައުމުތަކުން އިސްރާއީލާއެކު ގުޅުން ބަދަހިކުރުން އާންމުކަމަކަށް!

މެދުއިރުމަތީގެ ގައުމުތަކުން އިސްރާއީލާއެކު ގުޅުން ބާއްވައި އެ ގުޅުން ބަދަހިކުރުމަކީ އާންމުކަމަކަށް އަދި އާދައަކަށް މިހާރު މިވަނީ ހަދާފައެވެ. އޮކްޓޫބަރު 2023 ގެ ނިޔަލަށް އެތައް ގައުމަކުން އިސްރާއީލާއެކު ގުޅުންތައް އާލާކޮށްފައިވާއިރު، އެހެން ބައެއް ގައުމުތަކުން މިހާރު ވެސް އިސްރާއީލާއެކު ގުޅުން ބަދަހިކުރުމުގެ މަޝްވަރާތަކާއިގެން ދަނީ ކުރިއަށެވެ.  އެގޮތުން، 1979 ވަނަ އަހަރު އިސްރާއީލުން މިޞްރާއި އާންމުކޮށް ގުޅުން ބަދަހިކޮށްފައިވާއިރު، އެކުވެރި އަރަބި އިމާރާތުންނާއި، ބަހްރޭނުންނާއި، ސޫދާން އަދި މޮރޮކޯއިން އިސްރާއީލާއި ގުޅުންތައް އާލާކުރީ 2020 ވަނަ […]

ޑިޕްލޮމެޓިކް އިމްތިޔާޒު ނައްތާލާނެކަމުގެ އިންޒާރާއެކު ނިއުދިއްލީގައި ތިބި ކެނެޑާގެ 41 ޑިޕްލޮމެޓުން އަނބުރާ ގެންގޮސްފި

އިންޑިއާގައި ތިބި ކެނެޑާގެ ޑިޕްލޮމެޓުންގެ ޑިޕްލޮމެޓިކް އިމްތިޔާޒު ފިލުވައިލާނެ ކަމަށްބުނެ އިންޑިއާއިން ދިން އިންޒާރާއި ގުޅިގެން ނިއުދިއްލީގައި ތިބި ކެނެޑާގެ 41 ޑިޕްލޮމެޓުން އަނބުރާ ކެނެޑާއަށް ގެންގޮސްފައިވާކަމަށް ކެނެޑާގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ. އިންޑިއާގެ އިންޒާރު އައިސްފައިވަނީ ކެނެޑާގައި ހުރި ސީކް ސެޕަރޭޓިސްޓެއް ގަތުލުކުރުމާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި ޖެހުނު މައްސަލައަކާއި ގުޅިގެންނެވެ.  ޚާރިޖީ ވަޒީރު މެލާނީ ޖޯލީ ބުރާސްފަތި ދުވަހު ވިދާޅުވީ އިންޑިއާގައި ތިބި ކެނެޑާގެ 62 ޑިޕްލޮމެޓުންގެ ތެރެއިން 41 ޑިޕްލޮމެޓުން އިންޑިއާއިން […]

ފަލަސްތީނު މީހުންނަށް ދިވެހި ރައްޔިތުކަން ދޭން ފެނޭތޯ؟

ގާޒާއަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކުގައި އަމިއްލަ އާއިލާއާއި، ގެދޮރާއި، ބިންތައް ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ދިވެހިރާއްޖޭގެ ސަރުކާރުން ދިވެހި ރައްޔިތުކަން ދިނުމަށް އެއްބަސްވާނެހެއްޔެވެ؟ ދިވެހިރާއްޖޭގެ ގިނަ ރަށްރަށަކީ ފަޅުގޭގެ ގިނަ ރަށްރަށެވެ. ގެދޮރު ދޫކޮށް އެ ގޭގޭގެ ވެރިން ހުޅުމާލެއަށް ހިޖުރަކޮށްފައިވުމާއެކު، މި ގޯތިތައް މިއަދު ހުރީ ފަޅަށެވެ.  މުސްލިމުންނަށް ވެތިބެ، ފާއިތުވެދިޔަ 60 އަހަރުދުވަހު ހާލުގައި ތިބި ފަލަސްތީނުގެ މުސްލިމް އަޚުންނާއި އުޚުންތުންނާއެކު މާތްރަަސްކަލާނގެ ރަޙްމަތްފުޅުން ދިވެހީންނަށް ލިބިފައިވާ ނިޢުމަތްތައް ހިއްސާކުރުމަށް މިއީ ރަނގަޅު […]

އިސްރާއީލާއި ހަނގުރާމަކުރުމަށް ނަންނޯޓުކުރި ބޭމުސާރީންގެ އަދަދު 2.5 މިލިއަނަށް އަރައިފި: އިރާން

ފަލަސްތީނަށްޓަކައި އިސްރާއީލާއި ދެކޮޅަށް ހަނގުރާމަކުރުމަށް ނަން ދީފައިވާ ބޭމުސާރީންގެ އަދަދު 2.5 މިލިއަނަށް އަރާފައިވާކަމަށާއި، ބޭނުންޖެހިއްޖެނަމަ މީގެތެރެއިން ގިނަ މީހުން ހިޒްބުﷲގެ ސަފުތަކުގައި ބައިވެރިކޮށްގެން ހަނގުރާމަ ކުރިއަށް ގެންދާނެކަމަށް އިރާނުން ބުނެފިއެވެ. އެހެން އަރަބި އަދި މުސްލިމް ގައުމުތަކުގެ އަސްކަރީ ބާރުތަކުންވެސް އެއްބާރުލުމެއް ލައިފިނަމަ މި އަދަދުތައް މިއަށްވުރެ ވެސް އިތުރުވެގެންދާނެކަމަށް ބެލެވެއެވެ. މިވަގުތު އެންމެ ހޫނު ހަމަލާތަކެއް ބަދަލުކުރެވެމުންދަނީ އިސްރާއީލާއި ލުބުނާނާއި ދެމެދުގައި އޮންނަ ބޯޑަރުގައި ހިޒްބުﷲ އަދި އިސްރާއީލު ސިފައިންގެ ދެމެދުގައެވެ. މި ހަމަލާތައް […]

އިޒްރޭލާ ދެކޮޅަށް ރާއްޖެއިން ފިޔަވަޅު އަޅަން ގޮވާލައްވައި މަޖިލީހަށް ގަރާރެއް

އިޒްރާއީލުން ފަލަސްޠީނުގެ އެކި ސަރަޙައްދުތަކަށް ދެމުންގެންދާ ނުރައްކާތެރި އުދުވާނީ ހަމަލާތަކާ ލާއިންސާނީ އަނިޔާތައް ކުށްވެރިކޮށް, އިޒްރޭލާ ދެކޮޅަށް ރާއްޖެއިން ފިޔަވަޅު އަޅަން ގޮވާލައްވައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ. ގަރާރު ހުށަހެޅުއްވީ ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިންއެވެ. މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ މި ގަރާރަކީ އިޒްރާއީލުން ފަލަސްޠީނުގެ އެކި ސަރަޙައްދުތަކަށް ދެމުންގެންދާ ނުރައްކާތެރި އުދުވާނީ ހަމަލާތައް ކުށްވެރިކޮށް, އެ ހަމަލާތައް ވަގުތުން ހުއްޓުވާލުމަށާއި, ފަލަސްޠީނުގެ ރައްޔިތުންނަށް އިޒްރާއީލުން ދެމުންގެންދާ ލާއިންސާނީ އަނިޔާތައް ކުށްވެރިކޮށް އެ އަނިޔާތައް […]

އިސްރާއީލުން ފަލަސްތީނުގެ އެއް އާއިލާގެ 40 މީހަކު ޝަހީދުކޮށްލައިފި

ފަލަސްތީނުގެ ބިމަށް ވެރިވެގަނެގެން އުޅޭ އިސްރާއީލުން އާންމުން ދިރިއުޅޭ ގެތަކަށް ދިން ވައިގެ ހަމަލާގައި އަބްދުލްރަޙްމާން ޝެހަބްއާއި އޭނާގެ އާއިލާގެ ގިނަ މެންބަރުންތަކެއް ޝަހީދުވެއްޖެއެވެ. ޝެހަބްގެ ތިމާގެ އެތައް އާއިލާއެއް ދިރިއުޅެމުންދިޔަ ކައިރިކައިރީގައި ހުންނަ 12 އިމާރާތެއް ބިމާއި ހަމަކޮށްލިއިރު، އޭނާގެ އާއިލާއާއި އެކު އެތައް އާއިލާތަކަކާއި ކުޑަކުދީން ވަނީ މަރުވެފައެވެ. އެހެންނަމަވެސް، ހަމާސް އިން ކުޑަކުދީންނާއި ތުއްތުކުދީން ރަހުމުކުޑަ ގޮތްގޮތަށް މަރަމުން ގެންދާކަމަށް ބުނެ އެމެރިކާގެ ރައީސް ޖޯ ބައިޑަން ޓީވީއަށް އަރައި ގެންދަނީ ދޮގުހަދަމުންނެވެ. […]

އިސްރާއީލުން ޣައްޒާއަށް ދިން ބޮމުގެ ހަމަލާގައި ޑރ.ޖަމީލާއި އޭނާގެ މުޅި އާއިލާ ޝަހީދުކޮށްލައިފި

އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާގައި ގައްޒާގައި ފާހަގަކޮށްލެވޭ ޝަޚުސެއްކަމަށްވާ ޑރ.މުޙައްމަދު ޖަމީލާއި އޭނާގެ އާއިލާގެ ހުރިހާ މެންބަރުން ޝަހީދުވެއްޖެއެވެ.  މެލޭޝިއާގެ ފޮރިން ޕޮލިސީ ތިންކް ޓޭންކް (އޭޝިއާ މިޑްލް އީސްޓް ސެންޓަރ) ގެ ސީނިއަރ ފެލޯއެއްގެ ގޮތުގައި މަސައްކަތްކުރައްވާ ޖަމީލަކީ މުސްލިމް ގައުމުތަކުގެ ޚާރިޖީ ސިޔާސަތުތައް ވަރުގަދަކޮށް މިނިވަންކަން ކަށަވަރުކުރުމަށް އެހީތެރިވެދެއްވަމުން އައި ބޭފުޅެކެވެ. މިޑްލް އީސްޓް އޭޝިއާ ތިންކް ޓޭންކުން ވަނީ ދިވެހިރާއްޖޭގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބު އޮބްޒާވްކުރުމަށް ވަފްދެއް ވެސް […]