އިސްރާއީލު-ލުބުނާން ބޯޑަރުގައި އެންޓިޓޭންކް މިސައިލް ހަމަލާއެއް ދީފި

Loading

Facebook
Twitter
WhatsApp

ލުބުނާނުގެ އުތުރާއެކު އޮންނަ ބޯޑަރުގައި އޮންނަ ޝެބާ ފާރމްސްގެ ”ޓެރަރިސްޓް ޖަމާއަތަކުން“ ދިން އެންޓި-ޓޭންކް މިސައިލް ހަމަލާއެއްގައި އިސްރާއީލުގެ ހަނގުރާމަމަތީ ޓޭންކެއް ހަލާކުކޮށްލާފައިވާ ކަމަށް އިސްރާއީލު ސިފައިން ބުނެފިއެވެ. 

ބޯޑަރާއި ގާތުން އޮންނަ މީހުން ދިރިއުޅޭ ސަރަހައްދުތަށް އިސްރާއީލުން ހުސްކުރަމުން އަންނައިރު، އެ ގައުމުން ބުނެފައިވަނީ ލުބުނާނާއެކު ހިނގަމުން އަންނަ ކުރިމަތިލުންތައް ދަނީ އިތުރުވެ ހޫނުވަމުން ކަމަށެވެ.

މީގެއިތުރުން، އިސްރާއީލުން ބުނެފައިވާ ގޮތުގައި، މި ހަމަލާތަކުގެ ފަހަތުގައިވަނީ ހިޒްބުﷲ އެވެ. އަދި މިކަމުގެ ސަބަބުން، ހަނގުރާމަ ބޮޑުވެ، ލުބުނާނުގެ ސަރުކާރު ހޫނުފެނަށް ވެއްޓިގެން ހިނގައިދާނެކަމުގެ ބިރު މިހާރު އެބަ އޮތް ކަމަށެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް