ޖަމީލު ދީދީގެ “އަލްމަސްޖިދުލްއަޤްޞާ, އަލްޤުދުސް, ފަލަސްޠީން“

އިސްލާމީ ތާރީޚުން 14 ވަނަ ޤަރުނު ހުސްވެ، 15 ވަނަ ޤަރުނަށް އެޅުނުއިރު، އިސްލާމީ ދުނިޔެއާ ކުރިމަތިވެފައިވާ ބޮޑަތި މައްސަލަތަކުގެ ތެރެއިން އެންމެބޮޑު ތިން މައްސަލައޭ ދެންނެވިޔަސް އެންމެ ރަނގަޅު ވާނެ ތިން މައްސަލައެވެ. އަލްމަސްޖިދުލްއަޤްޞާގެ މައްސަލައާއި އަލްޤުދުސް ގެ މައްސަލައާއި ފަލަސްޠީނުގެ މައްސަލައެވެ. ތިން މައްސަލައޭ ދެންނެވިޔަސް އެއީ އެއްމައްސަލައެކެެވެ. އެއީ ހަމައެކަނި ޢަރަބީންނާއި ބެހޭ ކަމެއްނޫނެވެ. ހުރިހައި މުސްލިމުންނާބެހޭ ކަމެކެވެ. ސަބަބު ދަންނަވައިލާނަމެވެ. އެންމެ ފުރަތަމަ މަސްޖިދުލްއަޤްޞާއެވެ. އެއްވެސް އޮޅުމެއްނެތްގޮތުގައި އެއީ، މުސްލިމުންގެ ހިތްތަކުގައި […]

އިސްރާއީލަކަށް އަރަބިގައުމުތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް ނުދެވޭނެ

ރޮއިޓާރސް އިން ޚަބަރު ދީފައިވާގޮތުގައި އިސްރާއީލަކުން އަރަބިގައުމުތަކުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށް ނުދެވޭނެކަމަށް ހަމާސްގެ ލީޑަރ އިސްމާއީލް ހަނިއްޔާ ވިދާޅުވެއްޖެއެވެ.  ޑިޕްލޯމެޓިކް އެއްބަސްވުމްތަކެއް ގާއިމް ކުރެވިދާނެއެވެ. އެކަމަކު އަމިއްލަ ގައުމު ދިފާއުކުރުމުގެ ގާބިލުކަން ލިބިފައި ނެތް ބަޔަކަށް އެހެން ގައުމެއްގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްދޭނީ ކިހިނެއް ހެއްޔެވެ ؟ ހަނިއްޔާ ވިދާޅުވިއެވެ. މިހާތަނަށް ހަމާސްއިން އިސްރާއީލަށް ދީފައިވާ އެންމެ ވަރުގަދަ ޙަމަލާއާއި ގުޅިގެން ވާހަކަފުޅު ދައްކަވަމުން އިސްމާއީލް ހަނިއްޔާ އިތުރަށް ވިދާޅުވީ އަރަބިގައުމުތަކުން އިސްރާއީލާއެކު ވަމުންދާ އެއްބަސްވުން ތަކުން […]

ހަމާސްއިން އިސްރާއީލުގެ ކޮމާންޑަރު ނިމްރޯދް އަލޯނީ އަތުލައިގެންފި

މިހާރު ކުރިއަށްދާ ހަނގުރާމާގައި ހަމާސް ޖަމިއްޔާއިން އަތުލައިގަތް ގިނަ އިސްރާއީލު ސިފައިންގެ ތެރޭގައި އިސްރާއީލުގެ ކޮމާންޑަރެއް ކަމަށްވާ ނިމްރޯދް އަލޯނީ ވެސް ހިމެނޭކަމަށް ޚަބަރުތަކުން ބުނެފިއެވެ.  މިއީ ވަރަށް ބޮޑު ކަމެއް. އިސްރާއީލަކީ ބޮޑު އަސްކަރިއްޔާއެއްގެ ވެރި ގައުމެއް. މީގެއިން އެނގެނީ މިފަދަ ހަމަލާއަކަށް އިސްރާއީލުން ތައްޔާރުވެފައި ނެތްކަން. އަދި މީގެއިން ހަމާސްގެ ހަގީގީ އާރާއި ބާރުވެސް ދައްކާލައިފި.“ މަސްރަޙްބަލާ އެނެލިސްޓުންނާއި ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ.  ފަލަސްތީނުގެ ރެޒިސްޓެންސް ގްރޫޕުން އިސްރާއީލާއި ދެކޮޅަށް ދިން ހަމަލާއިން ގިނަ ފަރާތްތައް […]

2030 ވަނަ އަހަރުގެ ވޯލްޑްކަޕް މޮރޮކޯ، ސްޕެއިން އަދި ޕޯޗުގަލްގައި

ވޯލްޑްކަޕްގެ މެޗްތަކަށް ގަރުނެއްވުމުގެ މުނާސަބަތުގައި 2030 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ ތިން މެޗު ދެކުނު އެމެރިކާގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.  ބައިނަލްއަޤްވާމީ ފުޓުބޯޅަ އެސޯސިއޭޝަން (ފީފާ) އިން ހާމަކޮށްފައިވާގޮތުގައި 2030 ވަނަ އަހަރުގެ މުބާރާތް ބާއްވާނީ މޮރޮކޯ، ޕޯޗުގަލް އަދި ސްޕެއިންގައެވެ. އެގޮތުން ވޯލްޑް ކަޕަށް 100 އަހަރު ފުރުމުގެ މުނާސަބަތުގައި، މުބާރާތުގެ ފުރަތަމަ ތިން މެޗު އޮންނާނީ އާޖެންޓީނާއާއި، ޕެރެގުއޭ އަދި އުރުގުއޭ ގައެވެ.  ބުދަ ދުވަހު އިއުލާނުކުރި ފީފާގެ ނިންމުމުން ހާމަވެގެން […]

އެމެރިކާއާއި އިންޑިއާއިން ހިއްސާކުރަނީ މަސްލަހަތު, އަޚުލާޤީ އުސޫލުތަކެއް ނޫން

މިއީ އެތައް އަހަރުތަކެއްވާންދެން ކަންކަން ހިނގާފައިވާ ގޮތެވެ. އެމެރިކާގެ ސިޔާސަތުތައް ލިޔާ ފަރާތްތަކުން އިންޑިއާއަށް ދަތުރުކުރާ ކޮންމެ ފަހަރަކު ވެސް އެ ގައުމުގެ ސިޔާސީ އުސޫލުތަކާއި، ގެންގުޅޭ ސިޔާސަތުތަކާއި، ގައުމީ ސިންދަފާތުގެ އިތުރުން ދެ ގައުމުން ހިއްސާކުރާ އަޚްލާޤީ އުސޫލުތަކުގެ ވާހަކަތައް ދައްކައި އެއަށް ސަނާ ކިޔައި އުޅެއެވެ. އެމެރިކާގެ އެތައް ރައީސުންނެއް މީގެ ކުރިން ބުނެފައިވާ ގޮތުގައި ”ދުނިޔޭގެ އެންމެ ދުވަސްވީ ޑިމޮކްރަސީ“ އާއި ”ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ“ ގުޅުވައިދެނީ ދެ ގައުމުން ހިއްސާކުރާ […]

ޕެރިހުގައި ”ބެޑްބަގްސް“ އާލާވެ ފެތުރުން: ދަތުރު ކުރުމުގައި ސަމާލުވާންޖެހޭ ކަންކަން

ދަތުރުވެރިންގެ މެދުގައި މަގުބޫލު ޕެރިހުގެ ހޮޓެލްތަކާއި ރޭލުތަކާއި ސިނަމާތަކަށް ދާންދެން ޕެރިހުގައި އާލާވެ ފެތުރެމުންދާ ”ބެޑްބަގްސް“ގެ ޝިކާރައަކަށް ވަނީ ވެފައެވެ. ފްރާންސްގެ ވެރިކަންކުރާ ޕެރިހުގައި ސޫފީގެ ބޮޑު މައްސަލަތަކެއް ފެތުރެން ފަށާފައި މިވަނީ 2024 ވަނަ އަހަރުގެ ހޫނު މޫސުމުގެ ދުވަސްވަރުގައި އެގައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ”2024 ސަމަރ އޮލިމްޕިކްސް“ ކުޅިވަރަށް 10 މަސްދުވަހަށް ކުރުވެފައި ވަނިކޮށެވެ.  ޕެރިހަށް ނުވަތަ ބެޑްބަގްސްގެ މައްސަލަ ކުރިމަތިވެފައިވާ އެހެން ހިސާބަކަށް ނަމަވެސް ދަތުރުކުރާއިރު ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ބައެއް […]

ގަވާއިދުން ސައިބުއިމަކީ ހަކުރުބަލިން ރައްކާތެރިވުމަށް އޮތް މަގެއް ހެއްޔެވެ؟

ޓައިޕް-ޓޫ ޑައިބިޓީސް ނުވަތަ ޓައިޕް-ދޭއް ހަކުރުބައްޔަކީ ބްލަޑް ޝުގަރ ނުވަތަ ހަށިގަނޑުގެ ލޭގެ ގްލޫކޯޒް މިންގަނޑު ބަލަހައްޓާ ކޮންޓްރޯލް ކުރާ ހޯމޯން ކަމުގައިވާ އިންސިއުލިންގެ މަސައްކަތަށް ހުރަސްއެޅުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. ހަކުރުބަލި ކޮންޓްރޯލް ނުކުރެވިއްޖެނަމަ ލޭގެ ޕްރެޝަރު މައްޗަށް ދިޔުމާއި، ހިތުގެ ބަލިތަކަށް މަގުފަހިވުމާއި، ނާރުގެ ބަލިތައް ޖެހުމުގެ އިތުރުން، ލޮލުގެ ފެނުމަށް އަސަރުކޮށް ކިޑްނީގެ ބަލިތަކަށް ވެސް މީހާ ހުޅުވާލައެވެ.  ދުނިޔޭގައި ހަކުރުބަލި ޖެހިފައި ތިބި 462 މިލިއަން މީހުން ތިބިއިރު، މި އަދަދު […]

ހުޅަނގުގެ ސެކިއުރިޓީއަށް ގެއްލުމާ ކުރިމަތިލާން ޖެހެނީ ޖަރުމަނާހެދި

ޔޫރަޕްގެ އެންމެ ބާރުގަދަ ގައުމުކަމުގައި ޖަރުމަނު އޮންނަންޖެހޭނަމަވެސް ފެންނަމުންދަނީ ޖަރުމަނުން އަބަދުވެސް ޔޫރަޕާ ދެކޮޅުފަރާތްތަކާ ގުޅުންބަދަހި ކުރަމުންގެންދާތަނެވެ. ދުނިޔޭގައި ވެރިކަން ކުރަމުންގެންދާ އަނިޔާވެރި ސިޔާސަތު ދެނެގަނެ ޖަރުމަނަށް އެންމެ ފައިދާބޮޑީ ކޮން ގޮތަކަށް ސިޔާސަތު ބިނާކުރުމާއި ބައިވެރިން ކަނޑައެޅުމުންކަން ޖަރުމަނަށްވެސް އެނގެންޖެހޭނެއެވެ.                                       މިފަހަރު ޔޫކްރެއިން- ރަޝިޔާގެ ހަނގުރާނައިގާވެސް ވަކިފަރާތަކަށް ޖެހުން ޖަރުމަނަށް އޮތީ ނުކުޅެދިފައެވެ. ރަޝިޔާގެ ހަކަތައަށް […]

ޗައިނާގެ ޚާރިޖީ ވަޒީރުގެ ވަޒީފާ ގެއްލުނީ ކަސްބީ އަންހެނަކާ މަންޖޯޅި ޖެހުނީތީ – ޗައިނާ

މަޢުލޫމާތު އެނގޭ މީހުންގެފަރާތުން ހާމަކޮށްފައިވާކަމަށް ވޯލްސްޓްރީޓް ޖާރނަލް އަށް ޙަވާލާދީ ރޮއިޓާރސް އިން ޚަބަރު ދީފައިވާ ގޮތުގައި މީގެ ކުރިން ހުންނެވި ޗައިނާގެ ޚާރިޖީ ވަޒީރު ވަޒީފާއިން ވަކިކުރައްވާފައިވަނީ އެމަނިކުފާނަކީ ޗައިނާއިން އެމެރިކާއަށް ކަނޑައަޅުއްވާފައިހުރިސަފީރު ކަމުގެ ދުވަސްވަރު ކަސްބީ އަންހެނަކާއިއެކު ގުޅުން ބާއްވަވައި އަދި އެ ގުޅުމަށް ދަރިއަކުވެސް ލިބިވަޑައިގެންފައިވާކަން ފަޅާއެރުމުންނެވެ. ސީނިއަރ ޗައިނީޒް އޮފިޝަލުން ކޮމިއުނިސްޓް ޕާރޓީގެ އެތެރޭގެ ތަޙްގީގަށް މަޢުލޫމާތު ދީފައިވާގޮތުގައި ޚާރިޖީ ވަޒީރު، ކިން ގާންގް އެމެރިކާގައި ހުންނަވާ ޗައިނާގެ ސަފީރުކަމުގައި ހުންނެވި މުއްދަތުގައި އެގުޅުން ދެމެހެއްޓެވިކަމަށް ތަޙުގީގުގައި އެއްބަސްވެ ވަޑާއިގެންފާވެއެވެ. އަދި ތަޙްގީގުގައި އެމަނިކުފާނު ގެންދަވަނީ […]

ބިންހެލުމުގެކުރިން އުޑުމަތިން ފެނިގެންދިޔަ އަޖައިބުކުރުވަނިވިއަލިކަން

މިދިޔަ ހުކުރު ދުވަހު މޮރޮކޯގެ މައްރަކޭޝް ސަރަހައްދަށް އައި ބިންހެލުމުގައި އެތައްބަޔަކު މަރުވެ އިމާރާތްތައް  ބިމާހަމަވެ އެތައް ބަޔަކު ވިއްސިވިހާލިވެ މުޅި ދިރިއުޅުން ވަނީ އަލުން އިއާދަނުކުރެވޭ ބަރަށް ބަނގުރޫޓު ވެފައެވެ.  މި ބިންހެލުމުގެ ކުރިން އެސަރަޙައްދުގެ އުޑުމަތިން ފެނިގެންދިޔަ އަޖައިބުން ފުރިފައިވާ އަލިކަމުގެ ސަބަބު، އޮޅުންފިލުވާދިނުން މިއަދާހަމަޔަށްވެސް ސައެންސުވެރިން ވަނީ ނުކުޅެދިފައެވެ.ބިންހެލުމާބެހޭ ތަޖްރިބާކާރުންވެސް ބުނަމުންގެންދަނީ އެ އަލިކަން ދިރާސާ ކުރުމަށްވެސް ހުރަސްތަކެއް ކުރިމަތިވެފައި ވާކަމަށެވެ.                    ރޮއިޓާރސް އިން މަޢުލޫމާތު ދީފައިވާގޮތުގައި […]