ޗައިނާގެ ޚާރިޖީ ވަޒީރުގެ ވަޒީފާ ގެއްލުނީ ކަސްބީ އަންހެނަކާ މަންޖޯޅި ޖެހުނީތީ – ޗައިނާ

Loading

September 23, 2023
profile
Facebook
Twitter
WhatsApp

މަޢުލޫމާތު އެނގޭ މީހުންގެފަރާތުން ހާމަކޮށްފައިވާކަމަށް ވޯލްސްޓްރީޓް ޖާރނަލް އަށް ޙަވާލާދީ ރޮއިޓާރސް އިން ޚަބަރު ދީފައިވާ ގޮތުގައި މީގެ ކުރިން ހުންނެވި ޗައިނާގެ ޚާރިޖީ ވަޒީރު ވަޒީފާއިން ވަކިކުރައްވާފައިވަނީ އެމަނިކުފާނަކީ ޗައިނާއިން އެމެރިކާއަށް ކަނޑައަޅުއްވާފައިހުރިސަފީރު ކަމުގެ ދުވަސްވަރު ކަސްބީ އަންހެނަކާއިއެކު ގުޅުން ބާއްވަވައި އަދި އެ ގުޅުމަށް ދަރިއަކުވެސް ލިބިވަޑައިގެންފައިވާކަން ފަޅާއެރުމުންނެވެ.

ސީނިއަރ ޗައިނީޒް އޮފިޝަލުން ކޮމިއުނިސްޓް ޕާރޓީގެ އެތެރޭގެ ތަޙްގީގަށް މަޢުލޫމާތު ދީފައިވާގޮތުގައި ޚާރިޖީ ވަޒީރު، ކިން ގާންގް އެމެރިކާގައި ހުންނަވާ ޗައިނާގެ ސަފީރުކަމުގައި ހުންނެވި މުއްދަތުގައި އެގުޅުން ދެމެހެއްޓެވިކަމަށް ތަޙުގީގުގައި އެއްބަސްވެ ވަޑާއިގެންފާވެއެވެ.

އަދި ތަޙްގީގުގައި އެމަނިކުފާނު ގެންދަވަނީ ފުރިހަމައަށް އެއްބާރުލުން ދެއްވަމުންނެވެ. ރޮއިޓާރސްގެ މި ޚަބަރާ ގުޅޭގޮތުން ޗައިނާގެ ޚާރިޖިއްޔާއަށް ދެންނެވުމުން އެމިނިސްޓްރީގެ ތަރުޖަމާނު  މާއޯ ނިންގް ވިދާޅުވެފައިވަނީ ތިޔައީ އަހަރެންގެ މިވަޒީފާއާއި ޙަވާލުވުމުގެކުރިން ހިނގާފައިވާ ހާދިސާއަކަށްވީތީ އެކަމާއި ބެހޭގޮތުން އެއްޗެއް ވިދާޅުވަން ނޭންގޭ ކަމަށެވެ.             

ކިން ގާންގް ޚާރިޖީ ވަޒީރުގެ މަގާމުން ދުރުކުރެވުމުގެ ކުރިން މަހެއްހާ ދުވަހު އެއްވެސް މުނާސަބަތެއްގައި ނުފެނި މަހެއްހާ ދުވަސް ފާއިތުވެގެން ދިޔައެވެ. އެމަނިކުފާނު ވަޒީފައިން ވަކިކުރެއްވި ސަބަބެއްކަމަށް ޗައިނާއިން ހާމަކޮށްފައިވަނީ ލައިފް ސްޓައިލްގެ މައްސަލައަކާއި ގުޅިގެން ކަމަށެވެ. އެމަނިކުފާނުގެ ބަދަލުގައި މިހާރު ވޭންގް ޔީ  ވަނީ ޚާރިޖީ ވަޒީރުކަމަށް އައްޔަން ކުރައްވާފައެވެ.

އެމެރިކާގައި އުޅުއްވާ ބޭރުގެ ސަފީރުންނަށް މިފަދަ ހިންހަމަޖެއްސުމާއީ ޕާޓީކުރުމުގެ އޮފަރ ތަކަކީ އާންމުކަމެކެވެ. ޗައިނާގެ ޑިޕޮލުމޭޓުނަށް އެފަދަ އޮފަރ ތަށް ބޭނުން ކުރުންވަނީ ޗައިނާގެ ވެރިކަންކުރާ ޕާޓީން މަނާކޮށްފައެވެ.

Loading

2 Responses

  1. Mee 100% Muslim gau me ko kithan me hadi huthuru amale hingi yas vazeefa onnaa ne anni ge veri kamuga dheky webcam hingi mee hun ves mihaaru ves MDP vetiver kame vee ma hama mathematics magaam tha kuga

  2. މިގައުމުގައި ކޮންމެ ކުޅިއެއް ކުޅުނަސް ރައީސް މީހާ އާއި އޭނާގެ ޕާޓްނަރުންނަށް އޯކޭ. މުސްލިމް ގައުމެކޯލަ!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް