ޕެރިހުގައި "ބެޑްބަގްސް" އާލާވެ ފެތުރުން: ދަތުރު ކުރުމުގައި ސަމާލުވާންޖެހޭ ކަންކަން

Loading

Facebook
Twitter
WhatsApp

ދަތުރުވެރިންގެ މެދުގައި މަގުބޫލު ޕެރިހުގެ ހޮޓެލްތަކާއި ރޭލުތަކާއި ސިނަމާތަކަށް ދާންދެން ޕެރިހުގައި އާލާވެ ފެތުރެމުންދާ ”ބެޑްބަގްސް“ގެ ޝިކާރައަކަށް ވަނީ ވެފައެވެ. ފްރާންސްގެ ވެރިކަންކުރާ ޕެރިހުގައި ސޫފީގެ ބޮޑު މައްސަލަތަކެއް ފެތުރެން ފަށާފައި މިވަނީ 2024 ވަނަ އަހަރުގެ ހޫނު މޫސުމުގެ ދުވަސްވަރުގައި އެގައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ”2024 ސަމަރ އޮލިމްޕިކްސް“ ކުޅިވަރަށް 10 މަސްދުވަހަށް ކުރުވެފައި ވަނިކޮށެވެ. 

ޕެރިހަށް ނުވަތަ ބެޑްބަގްސްގެ މައްސަލަ ކުރިމަތިވެފައިވާ އެހެން ހިސާބަކަށް ނަމަވެސް ދަތުރުކުރާއިރު ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ބައެއް ފިޔަވަޅުތައް ކަމާއިބެހޭ މާހިރުން ވަނީ ކިޔައިދެއްވާފައެވެ.

އެންމެ ފުރަތަމަ ކަމަކީ މިފަދަ ސޫފިތަކަށް އަބަދުވެސް ސަމާލުވެ ތިބުމެވެ. 

ފުރާފުރިހަމަ ވެފައި ތިބޭ ބެޑްބަގްސް ހުންނާނީ މުށި ނުވަތަ ރަތް-މުށި ކުލައެއްގައި ވަށް-ދިގު ބަށްޓަމުގެ ހަށިގަނޑެއް ލައިފައެވެ. އެތަކެއްޗަކީ އާފަލު އޮށުގެ ބޮޑުމިނުގެ ސޫފިތަކެއް ކަމަށް އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީއިން ބުނެއެވެ. ބެޑްބަގްސްގެ ތުއްތު ސޫފިތައް ސައިޒުގެ ގޮތުން ކުދިކޮށް ތިބޭއިރު، އޭގެ ހަށިގަނޑު ހުންނާނީ ފެންކުލަ ނުވަތަ ހުދު-ރީނދޫ ޒާތެއްގެ ކުލައެއްގައެވެ. އަދި ހަމަލޮލަށް އެތަކެތި ނަގައިގަންނަންވެސް އުނދަގޫވާނެއެވެ. ބެޑްބަގްސްއަކީ ދަންވަރުގެ ވަގުތުތަކުގައި އިންސާނުންގެ ހަށިގަނޑުން ލޭބޯން ފާޅުވާ ސޫފީގެ ވައްތަރެކެވެ. 

ހޮޓަލަކަށް ނުވަތަ ކުލީ ކޮޓަރިއަކަށް ނަމަވެސް ވަންނަނަމަ އެނދާއި، އެނދު ދަށާއި، އެނދުގެ ފަޑިއާއި، ގޮދަޑިއާއި، ގޮދަޑީގެ އަރިއަރި މައްޗާއި، ގޮދަޑީގެ ދޭތެރެތައް ރަނގަޅަށް ބަލައި ހޯދަންވާނެއެވެ. 

Loading

One Response

  1. ﷲ ހެޔޮ ރަހްމަތް ފުޅުން، ބަނީ އިސްރާއީލް ބާގައިގެ މީހުންނަށް އުކުނުން ކޯފާ ލެއްވެވި ގޮތަށް، އިސްލާމް ދީން އަށް ގެންލުން ދީ، މުސްލިމުން މަރާ މުޖުރިމުންގެ ލޭ، ފަލަސްތީންގައި ޒަހަމްވެ ޝަހީދުވާއަޚުން އުޚްތުންގެ ލެޔަށް ވުރެ ގިނައިން ބުއިމަށް އެ ތަތްމަކުނު ތަކަށް ތައުފީގް ދެއްވާ، އީމާން ވެއްޖެއުމަށް ދާންދެން ވޭންދެނިވި ހަޔާތެއް ދެއްވާށި! އާމީން!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް