އިސްރާއީލުން ޣައްޒާއަށް އެރުމުން އިރާނުން ބަދަލުގައި ދީފާނެ ހަމަލާއަކަށް އެމެރިކާއިން ތައްޔާރުވެއްޖެ

Loading

Facebook
Twitter
WhatsApp

އިސްރާއީލުން ޣައްޒާއަށް އަރައި ހަމަލާދިނުމަށް ތައްޔާރުވަމުން ދިޔުމާއެކު، ބަދަލުގައި އިރާނާއި އެ ގައުމުގެ ބައިވެރިން އެމެރިކާއަށް އަދި އެމެރިކާގެ މަސްލަހަތު އޮތް ފަރާތްތަކަށް ދީފާނެ ހަމަލާއަކަށް ތައްޔާރުވުމުގެ ގޮތުން އެސަރަހައްދުގައި ހުރި ދިފާއީ ނިޒާމުތައް ވަރުގަދަކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަމުން އަންނަކަން ހާމަވެއްޖެއެވެ. 

އެމެރިކާއިން އެ ސަރަހައްދުގައި ހުރި ދިފާއީ ނިޒާމުތައް ވަރުގަދަކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވަނީ އޮކްޓޫބަރު 18 އިގެ ފަހުން އެމެރިކާ ސިފައިންނަށް ގިނަ ހަމަލާތަކެއް އަމާޒުކުރެވުމާއި ގުޅިގެން އެތަކެއް ސިފައިންނަށް ގިނަގުނަ އަނިޔާތަކެއް ލިބުމާއި ގުޅިގެންނެވެ. އަދި ޣައްޒާއަށް ފައިމަގުގައި އަރައި ހަމަލާތައް ދޭން ފެށުމާއެކު އެމެރިކާ ސިފައިންނަށް އަމާޒުކޮށްދޭ ހަމަލާތައް އިތުރުވާނެކަމަށް އެގައުމުން ލަފާކުރެއެވެ.

ހިޒްބުﷲގެ ލީޑަރު، ޙަސަން ނަޞްރުﷲ، ހަމާސްއާއި، ފަލަސްތީނުގެ އިސްލާމިކް ޖިހާދުގެ އިސްވެރީންނާއެކު ބުދަ ދުވަހު ލުބުނާނުގައި ބައްދަލުކޮށްފައިވާއިރު، ފަލަސްޠީނަށް ހަޤީޤީ ނަޞްރު ހޯދައިދިނުމަށް ގުޅިގެން މަސައްކަތްކުރުމަށް އެތިން ޖަމިއްޔާއިންވެސް ވަނީ އެއްބަސްވެފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް