ދެކުނު އެމެރިކާގެ ގައުމުތަކުން ސަފީރުން އަނބުރާ ގެނެސް އިސްރާއީލާއި ގުޅުން ކަނޑާލައިފި

Loading

Facebook
Twitter
WhatsApp

އިސްރާއީލުން ހަމާސްއާއި ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައާ ގުޅިގެން ދެކުނު އެމެރިކާގެ ބައެއް ގައުމުތަކުން އިސްރާއީލުގައި ތިބި އެ ގައުމުތަކުގެ ސަފީރުން އަނބުރާ ގެނެސް، އިސްރާއީލާއެކު ބާއްވަމުން އައި ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފިއެވެ. 

މިގޮތުން، އިސްރާއީލުން ޣައްޒާގައި އިންސާނީ ހައްޤުތަކާއި ޚިލާފު ހަނގުރާމަމަތީ އެތައް ކުށެއް ހިންގަމުން އަންނަ ކަމަށާއި، މި ސަބަބާހުރެ އިސްރާއީލާއެކު އެއްވެސް ގުޅުމެއް ބާއްވަން ބޭނުން ނުވާކަމަށް ބުނެ ބޮލިވިއާއިން ވަނީ އެކަން އިއުލާނުކޮށްފައެވެ. 

ބޮލިވިއާގެ ރައީސް، ލުއިސް އާރކޭގެ ކެބިނެޓް ވަޒީރެއްކަމަށްވާ މާރިއާ ނީލާ ޕްރާޑާ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ، އެތައް ހާސް އާންމު ރައްޔިތުންގެ ފުރާނަ ގެއްލުވާލައި، ފަލަސްތީނުގެ އެތައް ރައްޔިތުންނެއް އިސްރާއީލުން ހާލުގައި ޖައްސާފައިވާ ކަމަށެވެ. އަދި ވަގުތުން ވަގުތައް ފަލަސްތީނާއި ދެކޮޅަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް ގޮވައިލައްވާ ކަމަށެވެ. 

ޕްރާޑާގެ ބަސްދީގަތުމަށްފަހު، ޗިލީއާއި ކޮލަމްބިއާއިން ވަނީ އިސްރާއީލުގައި ތިބި އެ ގައުމުތަކުގެ ސަފީރުން އަނބުރާ ގައުމަށް ގެނެސްފައެވެ. އަދި ބްރެޒިލްގެ ރައީސް ވަނީ ޣައްޒާއަށް ދެމުންދާ ހަމަލާތައް ކުށްވެރި ކުރައްވައި ވާހަކަ ދައްކަވައިފައެވެ. 

ބޮލިވިއާގެ ނިންމުން އައިސްފައިވަނީ އިސްރާއީލާއެކު އޮތް ގުޅުންތައް މެދުކަނޑައިލަން ޖެހޭކަމަށް ބުނެ އެ ގައުމުގެ ކުރީގެ ރައީސް އީވޯ މޮރާލޭސް ”އެކްސް“ ގައި ލިޔުއްވި ޕޯސްޓަކަށް ފަހުގައެވެ. ޣައްޒާއަށް ދެމުންގެންދިޔަ ހަމަލާތަކާއި ގުޅިގެން ބޮލިވިއާއިން 2009 ވަނަ އަހަރު ވެސް އިސްރާއީލާ އެކުގައި އޮތް ގުޅުންތައް ކަނޑާލާފައިވާއިރު، އަލުން ގުޅުން ބަދަހިކޮށްފައިވަނީ ރައީސް ޖެނީން އަނޭޒްގެ ޒަޢާމަތުގައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް