އެމެރިކާގެ 30 މިލިއަން ޑޮލަރުގެ އަގުބޮޑު ކޮމްބެޓް ޑްރޯނެއް ހޫތީން ވައްޓާލައިފި

އެމެރިކާގެ އެމް ކިޔޫ-9 ރީޕަރ މަރުކާގެ 30 މިލިއަން އެމެރިކާ ޑޮލަރުގެ އަގުބޮޑު ހަނގުރާމަމަތީ ޑްރޯނެއް ހޫތީ މުޖާހިދުން އަނެއްކާވެސް ވައްޓާލައިފިއެވެ. މިއީ މިދިޔަ ނޮވެމްބަރު މަހުގެ ފަހުން ހޫތީ މުޖާހިދުން ވައްޓާލައި ހަލާކުކޮށްލި މި މަރުކާގެ ދެވަނަ ޑްރޯނެވެ. އެމެރިކާގެ ދެ އޮފިޝަލަކު ވަނީ މިވާހަކަ ބިޒްނަސް އިންސައިޑަރާއެކު ހިއްސާ ކޮށްފައެވެ.                                                           ހޫތީ މުޖާހިދުން ބުނެފައިވަނީ އެ ޑްރޯން ހަލާކުކޮށްލައި ވާއްޓާލީ ސަރފޭސް ޓު އެއަރ މިސައިލަކުން ކަމަށެވެ. އެ ދެ ޑްރޯން ވައްޓާލައި ހަލާކުކޮށްލާ މަންޒަރު […]

ފަލަސްތީނުގެ ބިމުގައި ތިބުން ޣައިރުގާނޫނީ ކަމަށް އަޑަށް ބާރުލާފައި ބުނަންޖެހޭނެ: ޗައިނާ

 ނެދަރލޭންޑްގެ ހޭގުގައި ހުންނަ ދުނިޔޭގެ އަދުލު އިންސާފުގެ އެންމެ މަތީ ކޯޓުގައި ބުރާސްފަތި ދުވަހު ވާހަކަފުޅު ދައްކަވަމުން ފަލަސްތީނުގެ ބިމުގައި އިސްރާއީލުން ތިބުމަކީ ޣައިރު ގާނޫނީ ތިބުމެއްކަމަށް އަޑަށް ބާރުލާފައި އެކޯޓުން އިއުލާން ކުރަންޖެހޭނެކަމަށް ޗައިނާގެ ޚާރިޖީ އޮފީހުގެ ގާނޫނީ މުސްތަޝާރު މާ ޒިންމިން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ ފަލަސްތީނުގެ ބިމަށް ގަދަބާރުން އަރައިގަނެގެން އިސްރާއީލުން ތިބޭތާ 57 އަހަރު ފާއިތުވެގެން ދިއުމަކީ އިންސާފު ލިބުން މާބޮޑަށް ލަސްވުން ކަމުގައި ދެކެން ޖެހޭނެ ކަމަށެވެ. އަދި ހަމައެއާއެކު […]

ހޫތީންގެ ހަމަލާތަކަކީ ދުރުހެލިވެވެންނެތް ބޮޑުވެގެންވާ ނުރައްކަލެއް: ސެންޓްރަލް ކޮމާންޑް

ޔޫ. ޕީ. އައި. އިން ބްރިޓިޝް ރޯޔަލް ނޭވީންގެ ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް ( ޔޫ. ކޭ. އެމް. ޓީ. އޯ. ) އަށް ހަވާލާދީ ރިޕޯރޓްކޮށްފައިވާ ގޮތުގައި ގަލްފް އޮފް އަދަނުން ދަތުރުކުރަމުންދިޔަ ބޯޓަކަށް ހޫތީ މުޖާހިދުން ދިން ހަމަލާއެއްގައި އެބޯޓުގައި އަލިފާން ރޯވެއްޖެއެވެ. ޔޫ. ކޭ. އެމް. ޓީ. އޯ. އިން ބުނެފައިވަނީ އެ ހާދިސާ ހިނގަން މެދުވެރިވި ގޮތް ބަލަމުންގެންދާ ކަމަށެވެ. އަދި އެ ސަރަހައްދުން ދަތުރުކުރާ ބޯޓުފަހަރުން ރޯވެ […]

ފަލަސްތީނުގެ ބިމަށް އަރައިގަނެގެން ތިބުމުގެ މައްސަލަ ދުނިޔޭގެ ކޯޓުން ބަލަން ފަށައިފި

ފާއިތުވެގެން މިދާ 57 އަހަރުދުވަހު އިސްރާއީލުން ފަލަސްތީނުގެ ބިމަށް އަރައިގަނެގެން ތިބި ތިބުމާބެހޭގޮތުން ޔުނައިޓެޑް ނޭޝަންސްގެ އެންމެ މަތީ ކޯޓުގެ 15 ފަނޑިޔާރުން ހިމެނޭ ޕެނަލަކުން މިދިޔަ ހޯމަދުވަހު މައްސަލަ ބަލަން ފަށައިފިއެވެ.          އިސްރާއީލުން ގައްޒާއަށް އަރައި އެ ޝަހަރު ބިމާ ހަމަކުރަމުން ގެންދާ މި ދަނޑިވަޅުގައި އެތައް ގައުމަކުން ބައިވެރިވާނެކަމަށް ބެލެވޭ މި ޝަރީއަތުގެ އަޑުއެހުންތައް ހަ ދުވަހަށް ދެމިގެން ދާނެއެވެ.                މި ދުވަސްވަރުގައި އިސްރާއީލުން ގައްޒާ ބިމާ ހަމަކުރަމުން ގެންދާ ނަމަވެސް ދުނިޔޭގެ ކޯޓުން […]

ހޫތީންގެ ހަމަލާއެރި އިނގިރޭސި ވިލާތުގެ ބަލްކް ކެރިއަރ ހަލާކުވެ ދޫކޮށްލަން ޖެހިއްޖެ

އިނގިރޭސި ވިލާތުގެ ބަލްކް ކެރިއަރ އަށް ރެޑް ސީ ތެރޭގައި އަމާޒުވި ހޫތީންގެ ހަމަލާގައި ބޯޓު ހަލާކުވެ ބޯޓު ދޫކޮށްލާފައި މީހުން ފައިބަން ޖެހިއްޖެ ކަމަށް ޔޫޕީއައި އިން އިއްޔެ ޚަބަރުދީފިއެވެ. ޔޫޕީއައިގެ ޚަބަރުގައި ބުނެފައިވާ ގޮތުން ހޫތީން އުދުއްސައިލި 2 މިސައިލް ބޯޓަށް އަމާޒުވުމުގެ ސަބަބުން ބޯޓު ހަލާކުވެ ބޯޓު ދޫކޮށްލާފައި ބޯޓުން މީހުން ވަނީ ފައިބައިފައެވެ. ހޫތީންގެ ހަމަލާތައް އަމާޒުވީ 32000 ޓަނުގެ ބަލްކް ކެރިއަރ ރޫބީ މާރ ގެ އިންޖީނު ރޫމަށެވެ. އެ […]

ހޫތީންގެ ހަމަލާތަކުން ދިފާއުވާން ލިބެނީ ކުޑަ ހިނދުކޮޅެއް: ސެންޓްރަލް ކޮމާންޑް

އަޅުގަނޑުމެންގެ މި ލިއުމަކީ ރެޑްސީ ތެރޭގައި ހަރަކާތްތެރި ވަމުންގެންދާ އެމެރިކާ ލަޝްކަރުގެ އެންމެ ކުރީ ސަފުގައި ހިމެނޭ ޑެސްޓްރޯޔަރ ޔޫއެސްއެސް ގްރޭވްލީ އަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބުނު ބިޒްނަސް އިންސައިޑަރ ގެ ނޫސްވެރިންނަށް އެ އުޅަނދުން ދައްކުވައިދިން މަންޒަރުތަކާއި އޮޅުން ފިލުވައިދިން މައުލޫމާތުތައް އަޅުގަނޑުމެންގެ ކިއުންތެރިންނާ ހަމަޔަށް ގެނެސްދިނުމަށްޓަކައި ލިއެފައިވާ ލިއުމެކެވެ. ޑެސްޓްރޯޔަރަކަށް ޒިޔާރަތް ކުރުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ނުލިބިދާނެއެވެ. އަދި ހަނގުރާމައިގެ މައިދާނެއްގައި އޮތް އެފަދަ އުޅަނދަކުން ހަރަކާތްތެރިވާން ޖެހޭ ގޮތުގެ މައުލޫމާތު އަޅުގަނޑުމެންނަށް އޮޅުންފިލާނެ […]

ވޯޓު އޮޅުވާލުމުގައި އިސްދައުރެއް އަދާކުރީމު: ރާވަލްޕިންޑީ ގެރިސަންގެ ކޮމިޝަނަރ 

އެއްވެސް ސިޔާސީ ޕާޓީއަކަށް ކާމިޔާބީއާ ހަމަޔަށް ނުދެވި ޕާކިސްތާނުގެ އާންމު އިންތިޚާބު ނިމިގެން ދިއުމުން ވޯޓު އޮޅުވާލުމާއި ވޯޓުފޮށްޓަށް ސަރުކާރުން އަތްބޭނުންފަދަ އެތައް ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށް ވޯޓު އޮޅުވާލުމާއި ވޯޓުން ވައްކަންކުރުމަށް މަގުފަހިކޮށްދިން ކަމަށް ޕާކިސްތާނުގެ އިސް އޮފިޝަލަކު އިއުތިރާފުވެއްޖެ ކަމަށް އިނގިރޭސި ވިލާތުގެ ދަ ޓެލިގްރާފުން ޚަބަރު ދީފިއެވެ. ޕާކިސްތާނުގެ ބާރުގަދަ މިލިޓްރީގެ މައިމަރުކަޒު ވެސް ހުންނަ ރާވަލްޕިންޑީގެ ސިފައިންގެ ކިއްލާތަކުގެ ކޮމިޝަނަރ ލަޔާގަތު އަލީ ޗައްޓާ ބުނެފައިވަނީ އޭނާ އަމިއްލައަކަށް ފުލުހުންގެ ބާރުގެ […]

އިސްރާއީލަށް ވަލުކުއްތާ ވަނުން ގިނަވެ މުސީބާތަކަށް ވެއްޖެ

ހަމާސްއާއި އިސްރާއީލާ ދެމެދު ކުރެވޭ ހަނގުރާމައިގާ ގައްޒާއިން އިސްރާއީލަށް ވަންނަމުންދާ ވަލުކުއްތާތައް ގިނަވެ އިސްރާއީލަށް ބޮޑު މުސީބާތަކަށް ވެއްޖެއެވެ. މިދިޔަ އޮކްޓޯބަރ މަހުން ފެށިގެން މިހާތަނަށް ގައްޒާއިން އެއްހާހަށްވުރެން ގިނަ ވަލުކުއްތާ އިސްރާއީލަށް ވަދެފައިވާކަމަށް އެ ގައުމުން ބުނެއެވެ. އަދި އެ ކުއްތާތައް ވަނުން ނުހުއްޓުވިދާނެތީއާއި އޭގެ ސަބަބުން މެދުވެރިވެދާނެ ގިނަ ނުރައްކަލާ ދޭތެރޭ އިސްރާއީލު ސަރުކާރުން މިހާރު ވަނީ ހަދާނެގޮތް ހުސްވެފައެވެ ވަލުކުއްތާތައް އިސްރާއީލަށް ވަނުމަށް މަގުފައިވެފައިވަނީ ގައްޒާއާއި އިސްރާއީލު ވަކިކުރަން ހަދާފައިވާ އިންފާރު ހަމާސްއިން […]

ބިތުފަންގި ނަގައިގެން ބެލީމާ ހަނގުރާމައިގައި ޔޫކްރެއިނަށް ލިބޭ ގެއްލުން

ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ކުރެވެމުންދާ ހަނގުރާމައިގާ ޔޫކްރެއިނަށް ލިބޭ ގެއްލުމުގެ އަންދާޒާއެއް ދެނެގަތުމަށްޓަކައި އެސޯޝިއޭޓެޑް ޕްރެސް އިން ބިތުފަންގި ނަގައިގެން ބެލުމުން ފެންނަ މަންޒަރުގެ ޚުލާސާއެއް ހާމަކޮށްފިއެވެ. ހަނގުރާމައިގައި ހޭދަވެގެން މިދާ 2 އަހަރު ދުވަހު ޔޫކްރެއިނުން މަރުވެފައިވާ މީހުންގެ އަދަދު ގުނަން ފަށަން ޖެހެނީ ސަތޭކަ ހާހުން ކަމަށާއި އަދި އޭރުންވެސް ބަރާބަރަށް އެ އަދަދު ދެނެގަނެވޭނެގޮތެއް ނެތްކަމަށް އެނޫހުން ބުނެއެވެ. އެ ނޫހުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ރަޝިޔާގެ ބާރުގެ ދަށުގައިހުރި ރަށްތަކުން މަރުވެގެންދާ […]

ޔޫކްރެއިންގެ ބޮޑު ޝަހަރެއް އަނެއްކާވެސް ރަޝިޔާއަށް

ސީއެންއެންގެ ޚަބަރުގައި ބުނެފައިވާގޮތުން އަނެއްކާވެސް ޔޫކްރެއިންގެ ބޮޑު ޝަހަރެއް ރަޝިޔާގެ ސިފައިންގެ ބާރުގެ ދަށަށް ހިނގައްޖެއެވެ. މިފަހަރު ޔޫކްރެއިނަށް ގެއްލިގެން އެ ދިޔައީ ޔޫކްރެއިން އަވްޑީވްކާއެވެ. އެ ޝަހަރަކީ ޑޮނާސްކް އޮބްލާސްޓުގައި ހިމެނޭ ޝަހަރެކެވެ. މިދިޔަ ހޮނިހިރު ދުވަސް ރައީސް ޒެލެންސްކީއަށް ފޯނުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ބައިޑަން ވިދާޅުވީ އެ ޝަހަރު ޔޫކްރެއިނަށް ގެއްލިގެން އެދިޔައީ ކޮންގްރެސްއިން ޔޫކްރެއިނަށް އެހީވެދިނުން ހުއްޓުވާފައި އޮތުމުގެ ސަބަބުން ކަމަށެވެ. ޮހަމަ މިމޭރުމުން ނާއިބްރައީސް ކަމަލާ ހަރިސްވެސް ރިޕަބްލިކަން މެމްބަރުންނަށް […]