އިމްރާން ޚާން އެކަހެރިކޮށްފައި ޕާކިސްތާނުގައި ސަރުކާރެއް އެކުލަވައިލަނީ

2022 ވަނަ އަހަރު ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މަގާމު ގެއްލުވައިލަން އެންމެ ބާރުއަޅައި މަސައްކަތްކުރި ޕާކިސްތާން މުސްލިމް ލީގު- ނަވާޒް އާއި ޕާކިސްތާން ޕީޕަލްސް ޕާޓީ ގުޅިގެން ޕާކިސްތާނުގައި އަލަށް ސަރުކާރެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ. އެ ދެ ޕާޓީއަށް ޕާލަމެންޓުގައި ކާމިޔާބު ކުރެވުނު ގޮނޑީގެ ޖުމުލަ އަދަދުން ސަރުކާރެއް އެކުލަވާލަން ބޭނުންވާ އަދަދު ހަމަނުވާތީ މިހާރު މަސައްކަތް ކުރަމުންގެންދަނީ އިންތިޚާބުގައި ގޮނޑި ކާމިޔާބު ކުރެވުނު ކުދި ޕާޓީތަކުގެ ރުހުން ހޯދުމަށެވެ. ޕާކިސްތާނުގެ މުސްލިމް […]

ހޫތީންގެ ހަމަލާ އަތަށް ގޮވީތަ ނޫނީ މީޑިއާގެ ޚަބަރު އަތަށް ގޮވީތަ!

ބާބުލް މަންދޫބްގެ ތެރެއިން ދެކުނުގެ މިސްރާބަށް ދަތުރުކުރަމުންދިޔަ އެމެރިކާއާއި ގުޅުންހުރިކަމަށްބެލެވޭ  ސްޓާރ އައިރިސް އަށް ހޫތީން ހޯމަދުވަހު ހެނދުނު ދިން މިސައިލް ހަމަލާއަކީ ވިހި މިނިޓް ތެރޭގައި ވަރަށް ބަރާބަރަށް  އަމާޒަށް ފޮނުވާލެވުނު ހަމަލާއެއްކަމަށް އެ ޖަމާއަތުން ހާމަކޮށްފިއެވެ. އެހެންނަމަވެސް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން މިކަމާ ބެހޭގޮތުން މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެއެވެ.                                 ޚަބަރުތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި އެ ބޯޓު ބަރުކޮށްފައިވަނީ އީރާނަށް ގެންދާ ސާޅީސް ހާސް ޓަނުގެ ޒުވާރި އެވެ. އެހެންނަމަވެސް އެކަމާގުޅޭގޮތުން އީރާނުންވެސް ވާހަކައެއް ނުދައްކައެވެ.  […]

ޕާކިސްތާނުގެ އިންތިޚާބުގެ ނަތީޖާ

ސީއެންއެން ގެ އެންމެފަހުގެ ޚަބަރުތަކަށް ބަލާއިރު މިދިޔަ އާދީއްތަ ދުވަހު ޕާކިސްތާނުގެ އިންތިޚާބީ އިދާރާއިން އާންމުކުރި ނަތީޖާގައި  ޕާކިސްތާނުގެ ތަހްރީކޭ އިންސާފު ޕާރޓީއަށް ނިސްބަތްކުރެވޭ އަމިއްލަ ކެންޑިޑޭޓުން ކުރި ހޯދައިފިއެވެ. އެ ނަތީޖާގައި ބުނެފައިވާ ގޮތުން ޕާލަމެންޓުގެ 102 ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ވަފާތެރި މިނިވަން ކެންޑިޑޭޓުންނެވެ.                 ނަވާޒް ޝަރީފުގެ ޕީއެމްއެލްއެން. ޕާޓީއަށް 73 ގޮނޑި ކާމިޔާބުކުރެވުނު އިރު ޕީޕީޕީ އަށް ކާމިޔާބު ކުރެވުނީ 54 ގޮނޑިއެވެ.                                                  ޕާކިސްތާނުގެ އެންމެ ބޮޑު […]

ފަލަސްތީނުގައި އިސްރާއީލުން ބޭނުންހާ ގޮތަކަށް ޖަރީމާ ނުހިންގޭނެ: ބްލިންކަން

އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ރައްޔިތުން މިނިވަން ކުރެވޭނީ ހަމާސްގެ ލީޑަރ ޔަހްޔާ ސިންވާރާއި އެހެން ހުރިހާ އިސް ބޭފުޅުން ގައުމު ދޫކޮށް އެހެން ގައުމަކަށް ހިޖުރަ ކުރުމުން ކަމަށާއި އަދި ގައްޒާގައި ހަމާސްގެ ވެރިކަން ނިންމުމުންކަން ޝަރުތުކޮށް އިސްރާއީލުގެ ވަރަށް ގިނަ އިސް އޮފިޝަލުން ހާމަކޮށްފައިވާކަމަށް އެން. ބީ. ސީ. އާ ހަވާލާ ދީ ޔޫ. އެސް. އޭ ޓްޑޭ އިން މައުލޫމާތު ހާމަކޮށްފިއެވެ. އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ މިހާރުވެސް ބުނަމުންގެންދަނީ ޔަހްޔާ ސިންވާރާއި މުޙައްމަދު […]

އިގުތިސާދީ ފުދުންތެރިކަން ނެތި މިނިވަންކަމުގެ ރާހަތެއް ނުކުރާނެ

ހަނގުރާމަކޮށް ލޭ އޮހޮރުވައި އެތައްބައެއްގެ ފުރާނައިން ގުރުބާންވެގެން ގިނަ ގައުމުތަކެއް އިސްތިއުމާރީ އަޅުވެތިކަމުން ސަލާމަތްވެ މިނިވަން ދައުލަތަކަށްވުމުގެ އުފާ ލިބިގެންފައި އެބަހުއްޓެވެ. އެހެންނަމަވެސް އެ މިނިވަން އެންމެ ފުރިހަމަގޮތުގައި ނޫނަސް ފުރިހަމަ ގޮތެއްގައިވެސް ދެމެހެއްޓޭނީ އެ ގައުމެއްގެ އިގުތިސާދު ރަނގަޅަށް މެނޭޖް ކުރެވިގެންނެވެ. ގައުމަށް ލިބޭ އެއްޗަކަށްވުރެން ޚަރަދު ބޮޑުވަމުން ގޮސް ދަރަނިވެރިވެ ގައުމުގެ ރައްޔިތުން ބިކަވެ އަތާއި އަނގަޔާ ދިމާނުވާ ހާލަތަކަށް ދިއުމުން މިނިވަން ގައުމެކޭ ކިއުން ޖާއިޒު ވެގެންނެއް ނުވެއެވެ. ބައެއް ގައުމުތަކުން މުޅިދުނިޔެ […]

އިސްލާމީވަންތަކަމުގެ މުހިންމުކަން: ދިވެހީންގެ ހަގީގީ ބާރު ނެގެހެއްޓުމަށް ގޮވާލެވޭ ގޮވާލުމެއް

Islamic identity

ިންޑިއާކަނޑުގައި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އުފެދިފައި އޮންނަ ދިވެހިރާއްޖެއަކީ، މުސްލިމް ރައްޔިތެއް ދިރިއުޅޭ ގައުމެކެވެ. އެހެންނަމަވެސް، އަދުގެ ދިވެހިރާއްޖެ އޮތީ ގައުމީވަންތަ ފިކުރެއްގެ މަތީގައި އެއްބައިވުމަށް ގޮވާލާ ގޮވާލުމެއްގެ ދަށުވެ ތާށިވެފައެވެ. މިގޮތުން، ގައުމީވަންތަކަން އިސްކުރުމަށް ގޮވާލާ އަޑުގެ އަނެއްފަރާތުގައި އޮތީ ގައުމު ބިނާ ކުރުމަށްޓަކައި އިސްލާމީވަންތަކަން އިސްކުރުމުގެ މުހިންމުކަން ފާހަގަކޮށް އެކަމަށް ގޮވާލާ ފަރާތްތަކެވެ. މިލިޔުމުގައި އަލިއަޅުވާލާނީ ގައުމީވަންތަކަމުގެ ބާރުކަނޑުވާލައި، އިސްލާމީ ޢިލްމުވެރިންގެ އިރުޝާދާއެކު ދިވެހިރާއްޖެ އޭގެ ހަގީގީ މާނައިގައި ބާރުވެރިކުމަށްޓަކައި އިސްލާމީވަންތަކަމުގެ ބިންގާ ސާބިތުކޮށް […]

އިސްރާއީލަށް 17.6 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީދޭކަށް މިފަހަރުވެސް ފާހެއްނުވި

ޔޫ އެސް އޭ ޓްޑޭ ވޯޝިންގްޓަނުން ޚަބަރު ދީފައިވާ ގޮތުގައި އިސްރާއީލަށް އެހީގެ ގޮތުގައި އެމެރިކާ ސަރުކާރުން ދޭން ބޭނުންވެގެން އުޅޭ 17.6 ބިލިއަން އެމެރިކާ ޑޮލަރ މިފަހަރުވެސް މަޖިލީހުން ފާހެއް ނުވިއެވެ. މިއީ ބޭރު ގައުމުތަކަށް އެހީވެ ދިނުމުގެ ކުރިން އެމެރިކާގެ ބޯޑަރާއި އިމިގްރޭޝަންއަށް މެދުވެރިވެފައިވާ ގޮންޖެހުންތައް އެންމެ ފުރަތަމަ ހައްލުކުރަން ޖެހިފައިވާ ކަމަށް ދެ ޕާޓީން ވެސް ބާރުއަޅަމުންދާ ވަގުތެއްގައި އެ މެމްބަރުންނާ ދެކޮޅަށް އިސްރާއީލަށް އެހީ ފޯރުކޮށްދިނުމުގެ ޕެކޭޖް ފާސްކުރަން މަޖިލީހުގެ ރައީސް […]

އިންތިޚާބުގެ ކުރިން ހަނގުރާމަ ނިންމައިދިނުމަށް ބައިޑަން އެދިވަޑައިގެންފި

އެމެރިކާ ސަރުކާރުން އިސްރާއީލަށް ހިފެހެއްޓުމެއްނެތި މަދަދުކުރުން އެމެރިކާގެ ޒުވާން ޖީލުން ގަބޫލު ނުކުރާކަން ހާމަވެފައިވާތީއާއި ހަނގުރާމަ ނުހުއްޓި ކުރިއަށްދާނަމަ އާންމު އިންތިޚާބުގައި ޒުވާނުންގެ ވޯޓު ނުލިބޭނެކަން ކަށަވަރު ކުރެވޭތީ މިއަންނަ ރިޔާސީ އިންތިޚާބުގެ ކުރިން ހަމާސްއާއި ދެކޮޅަށް އިސްރާއީލުން ކުރަމުންގެންދާ ހަނގުރާމަ ހުއްޓާލުމަށް ރައީސް ބައިޑަން ނަތަންޔާހޫގެ ކިބައިން އެދިވަޑައިގެންފިއެވެ. ބައިނަލް އަގްވާމީ މީޑިއާއަށް އެނގިފައިވާ ގޮތުގައި ރައީސް ބައިޑަން މިގޮތަށް އެދިވަޑައިގެންފައިވަނީ ފޯނު ކޯލަކުންނެވެ. އެމެރިކާގެ 2 އޮފިޝަލަކު ވިދާޅުވެފައިވަނީ 40 މިނިޓަށް ދެމިގެންދިޔަ އެ […]

ފަލަސްތީނުގެ މިނިވަން ދައުލަތެއް އެމެރިކާއިން ގަބޫލުކުރާނެތަ!

އިސްރާއީލާއި ހަމާސްއާއި ދެމެދު ކުރެވެމުންދާ ހަނގުރާމަ ހީވެސް ނުކުރާ ކަހަލަ ކުރިއެރުމަކާއެކު އެމެރިކާއިން ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ފަލަސްތީނުގެ މިނިވަން ދައުލަތެއް ގަބޫލުކުރުން ވެސް ހިމެނޭ ގޮތުގައި ކުއްލިއަށް ނިމިދާނެކަމުގެ އުންމީދުތަކެއް ކުރެވެން ފަށައިފިކަމަށް އެމެރިކާގެ ދަ ވީކް އިން ޚަބަރުދެމުން އެބަ ގެންދައެވެ. ޣައްޒާގެ ހަނގުރާމަ ނިމުމާއެކު ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމާއި އަދި އެމެރިކާއާއި ބައިނަލްއަގްވާމީ ދުނިޔެއިން އެ ދައުލަތް ގަބޫލު ކުރުމާބެހޭ ގޮތުން މިހާރު އެކުލަވާލާފައިވާ އުސްއަލިތައް އަލުން ދިރާސާކުރުމަށް އެމެރިކާގެ ޚާރިޖިއްޔާގެ […]

އެމެރިކާ ސަރުކާރުގެ ހަނގުރާމައިގެ ސިޔާސަތު ގާނޫނީ އިމުން ބޭރުކަމުގެ އިންޒާރު

މިދިޔަ އާދީއްތަ ދުވަހު އިރާގާއި ސީރިޔާއާއި އަދި ޖޯޑަން ގުޅޭ ސަރަހައްދުގައި ހުރި އެމެރިކާގެ މިލިޓްރީ ބޭސްއަށް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންގެންދާ މުޖާހިދުން ދިން ހަމަލާގައި އެމެރިކާގެ ސިފައިންގެ ތިން މީހަކު މަރުވެ އެތައްބަޔަކު ޒަޚަމް ވުމާ ގުޅިގެން އިރާގައި ސީރިޔާގައި އީރާނުގެ މަދަދު ލިބެމުންދާ މުޖާހިދުންގެ އަމާޒުތައް ކަމަށް ބެލެވޭ ގިނަތަންތަނަށް އެމެރިކާގެ މިލިޓްރީން ވައިގެ ހަމަލާތައް ދީފިކަމަށް އެސޯޝިއޭޓެޑް ޕްރެސްއިން ޚަބަރު ދީފިއެވެ. އެ ޚަބަރުގައި ބުނެފައިވާގޮތުން ހަތް ސަރަހައްދެއްގައި ހުރި 85 ތަނަކަށް […]