ނޭޓޯއާއި އިސްރާއީލް އަދި އަރަބި ގައުމުތައް ގުޅިގެންވެސް  ދެނެއް އީރާން ނުހުއްޓުވޭނެ 

Loading

Facebook
Twitter
WhatsApp

މެދުއިރުމަތީގެ ފަލަ ސުރުޚީތަކުގެ ނަމުގައި ސީ އެން އެން އިން ހަފުތާއަކު ތިންފަހަރު ގެނެސްދޭ ޕްރޮގްރާމުގެ މިހަފުތާގެ ފުރަތަމަ ޕްރޮގްރާމުގައި ބަލާލާފައިވަނީ އީރާނުން އިސްރާއީލަށް ދިން ޙަމަލާގައި ބޭނުންކުރި މިސައިލާއި ޑްރޯން ތަކުގެ މައްޗަށެވެ.

ސީ އެން އެން އިން ބުނެފައިވާ ގޮތުގައި އެ ހަތިޔާރުތައް ހަމަލޮލުން ދެކިލުމަކީ ދުވަހަކުވެސް ލިބިދާނެކަމަށް އުންމީދުކުރި ފުރުސަތެއް ނޫނެވެ.                      

ސީ އެން އެން އަށް މި ފުރުސަތުގައި އީރާނުގެ ރިވޮލިއުޝަނަރީ ގާރޑުންގެ އެއްގަމާއި ޖައްވުގެ ކެރިފޯރުންތެރި ކަމާއި އިސްރާއީލަށް ޙަމަލާ ދިނުމުގައި ބޭނުންކުރި ހަތިޔާރުތައް ދައްކާލިއެވެ. އެމެރިކާގެ އެއްވެސް މީޑިއާއަކަށް މި ފުރުސަތު އީރާނުން ދީފައެއް ނުވެއެވެ.                          

އީރާނުގެ ބިމުން އިސްރާއީލަށް ސީދާ ޙަމަލާއެއް ދިނުން އެއީ ލިބުނު ކާމިޔާބެއް ކަމުގައި އީރާނުން ދެކެއެވެ.

ތެހެރާނުގެ ހުޅަނގު ސަރަހައްދުގައި އޮންނަ އީރާނުގެ ރިވޮލިއުޝަނަރީ ގާރޑުންގެ އެއަރޯ ސްޕޭސް ފޯސްގައި އެތައް ބައިވަރު މެދު ރާސްތާއާއި އަދި ދުރު ރާސްތާގެ ކުރޫޒް މިސައިލްތަކާއި ޑްރޯންތައް ފެންނާނެ ގޮތަށް ހުރީ ބަހައްޓާފައެވެ.                                                      

މިއަދު މިސައިލްތަކާއި ޑްރޯންތަކަކީ ގައުމުގެ ހަކަތައާއި ކެރިފޯރުންތެރިކަންހާމަކުރުމުގައި ފެންނަގޮތަށް ބެހެއްޓުން ކޮންމެހެންވެސް ބޭނުން ކަމަކަށް މިއޮތީ ވެފައެވެ. 

އީރާނުން އިސްރާއީލަށް އޮއްސާލި ޙަމަލާތަކަކީ އީރާނުން ފަޚްރުވެރިކުރުވާކަމެކެވެ. އެ ޙަމަލާތައް ދިފާޢުކުރުމަށްޓަކައި އިސްރާޢީލާއެކު އެމެރިކާއާއި އިނގިރޭސި ވިލާތާއި ފަރަންސޭސީންނާއި ޖޯރޑްންގެ ދިފާއީ ނިޒާމު ހަރަކާތަށް ގެނައުމުން އިސްރާއީލުގެ ޖައްވު އޮތީ އެކީ އެކަށް ދިއްލިފައެވެ. 

ނޭޓޯއާއި އެމެރިކާއާއި ބައިވެރިންގެ އިތުރުން މި ސަރަހައްދުގެ ބައެއް އަރަބި ގައުމުތަކުން ގުޅިގެންވެސް އީރާނުގެ ޙަމަލާތައް ނުހުއްޓުވޭނެކަން އެރޭ ހާމަވެގެން ދިޔަކަމަށް ބްރިގޭޑިއަރ ޖެނެރަލް ބިލާހީ ވިދާޅުވިއެވެ. އެޙަމާލާތައް ދީފައިވަނީވެސް އެމެރިކާއާއި އެމީހުންގެ ބައިވެރީނަށް 72 ގަޑިއިރުގެތެރޭގައި ޚަމަލާތައް ފެއްޓޭނެކަން އަންގާފައެވެ. އެހެނީ އެމީހުން ދިފާޢުވުމަށް ވަގުތު ދިނުމެވެ. އެކަމުގެ ބޭނުމެއްކަމުގައި މިހާރު އެނގިގެންދިޔައީ ޙަމަލާ ދޭނެކަން ބުނެފާ ޙަމަލާދިނުމުން އިސްރާޢީލާއި އޭނާގެ ބައިވެރީންގެ ހަކަތަ ކުރިމިންވަރު ދެނެގަތުމަށެވެ.                                                           

އޭޕްރިލް 14 ވަނަ ދުވަހު އީރާނުން އިސްރާއީލަށް ޙަމަލާ ދިނުމުގައި ކިތައް ބެލިސްޓިކް މިސައިލް ބޭނުން ކުރީމު ހެއްޔެވެ؟ ސީ އެން އެން ގެ މި ސުވާލަށް ލާނެތް ހިނިތުން ވުމަކާއި އެކު އީރާނުގެ ރިވޮލިއުޝަނަރީ ގާރޑުގެ ބްރިގޭޑިއަރ ޖެނެރަލް އަލީ ބިލާޙީ ވިދާޅުވީ “ ތިޔަ ސުވާލުގެ ޖަވާބު އިސްރާއީލުން ހޯދާށެވް ”. 

އެ ޙަމަލާގައި ބޭނުންކުރި މިސައިލްތަކުގެ ލޭޒަރ ޕްރިންޓެއް ބޭނުން ކުރައްވަމުން ކުރިމަތީގައި ދައްކާލަން ބަހައްޓާފައިހުރި ބިޔަ މިސައިލް ތަކަށް އިޝާރާތް ކުރައްވާފައި އިތުރަށް ވިދާޅުވީ އެއީ އިސްރާއީލަށް ދިން ކުޑަކުޑަ އަދަބެއް ކަމަށެވެ.އީރާނުން ބޭނުންވެއްޖެ ހިނދެއްގައި ބޭނުންވާ ފެންވަރެއްގައި އީރާނުގެ ބިމުން ސީދާ އިސްރާއީލުގެ އެންމެ އެތެރެއަށްވެސް ޙަމަލާދެވިދާނެކަން އަންގާލަން ދިން ޙަމަލާއެއް ކަމަށެވެ.           

ނޭޓޯއާއި ގުޅިފައިވާ ބާރުތަކުން އީރާނުގެ ޙަމަލާތައް މަތަކުރުމުގައި ކާމިޔާބީ ތަކެއް ހޯދިނަމަވެސް އިސްރާއީލުގެ ނެގޭވް ސަރަހައްދުގައި ހުންނަ ނެވާޓިމް އެއަރބޭސްއަށް ބައެއް ޙަމަލާ ވަނީ އަމާޒު ކުރެވިފައެވެ.          

އިސްރާއީލުން ދިމިޝްގުގައި ހުންނަ އީރާނުގެ ސަފީރު އޮފީހަށް ދިން ޙަމަލާއާއި އަދި އެނޫނަސް އީރާނުން ރައްދު ޙަމަލާ ދޭން ޖެހިދާނެ ކިތަންމެ ފުޅާ ދާއިރާއެއްގައި ބަދަލުކުރަންޖެހޭ ޙަމަލާއަކަށް ވެސް އީރާނުން ފަސްނުޖެހޭނެކަން ދުނިޔެއަށް ހާމަކޮށްދިނުމަކީ އީރާނުން އެދިއެދި އޮތް ކަމެކެވެ.          

އީރާނުން ދިން ޙަމަލާގެ ބަދަލުގައި އިސްރާއީލުންވެސް ރައްދު ޙަމަލާއެއް ދިނެވެ. އެކަމަކު ދެ ގައުމުން ދިން ޙަމަލާގައިވެސް ފާހަގަކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ.                        

އީރާނުގެ މިސައިލްތަކަށް އިޝާރަތް ކުރައްވަމުން ބްރިގޭޑިއަރ ޖެނެރަލް ޢަލީ ބިލާހީ ވިދާޅުވީ އެ މިސައިލްތަކުގެ އަމާޒަށް ވާސިލުވުމުގައި އެކިއުރެސީ އަކީ ގާތްގަނޑަކަށް 5 މީޓަރުގެ ރޭޑިއަސް އެކެވެ. އަދި އެއިން ކޮންމެ ހަތިޔާރަކުން 320 އާއި 500 ކިލޯގްރާމުގެ ވޯހެޑް އުފުއްލޭނެ ކަމަށެވެ.

އީރާނުގެ މިސައިލް ޕްރޮގްރާމަކީ ގިނަ ދުވަސްތަކަކަށް އެމެރިކާއާއި މެދު އިރުމަތީގެ ބައެއް ގައުމުތަކުގެ ބޮލު ރިހުމަށް އޮތީ ވެފައެވެ. މެދު އިރުމަތީގައި މިސައިލްގެ ގޮތުން އެންމެ ބާރުގަދަ ގައުމަކީ އީރާނުކަން އެމެރިކާއިންވެސް މިހާރު ވަނީ ގަބޫލު ކޮށްފައެވެ.

އީރާނުން އަބަދުވެސް ބުނަމުން ގެންދަނީ އީރާނުގެ މިސައިލް ޕްރޮގްރާމަކީ އަމިއްލަ ގައުމުގެ ދިފާއުގައި ކުރިޔަށް ގެންދާ މަޝްރޫއެއް ކަމަށެވެ. އެހެންނަމަވެސް އިސްރާއީލަށް ޙަމަލާދިނުމާއި ހަމަޔަށް ފަސްފަހަރެއްގެ މަތިން އީރާނުން މިސައިލްގެ ޙަމަލާ ދީފައިވެއެވެ. އެއީ އިރާގުގައި ތިބޭ އެމެރިކާގެ ސިފައިންނަށާއި  އިސްރާއީލުގެ އިންޓެލިޖެންސްއާއި ގުޅޭ ތަންނަށާއި ކާރދިޝް ހަނގުރާމަވެރިންގެ އަމާޒު ތަކަށާއި އަދި ސީރިޔާގައި ތިބި އައި އެސް އައި އެސްގެ ހަނގުރާމަ ވެރިންނަށެވެ.                           

ބްރިގޭޑިއަރ ޖެނެރަލް ބިލާހީ ގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވީ އީރާނުގެ ދިފާއަށްޓަކައި މިސައިލް ތަރއްގީ ކުރުން ހުއްޓާނުލައި ކުރިއަށް ގެންދަވާނެ ކަމަށެވެ. އަހަރެމެންނަށް އެހީ ފޯރުކޮށްދޭން އެހެން ގައުމަކުން އަތުވެދާނެކަމަށް ބަލައިގެން އަހަރެމެންގެ ދިފާއުގައި ކުރާ މަސައްކަތް ނުހުއްޓާނަމެވެ. އަދި މިހާތަނަށް މި ދާއިރާއިން އަހަރެމެން ހޯދާފައިވާ ކުރިއެރުންވެސް ހާމައެއް ނުކުރާނަމެވެ.              

އަހަރެމެންގެ ޝާހިދު 136 މަރުކާގެ ޑްރޯން އަކީ ވަރަށް އަގުހެޔޮ “ ފަޔަރ އެންޑް ފޮރގެޓް “ ހަތިޔާރެކެވެ. އެ ޑްރޯން ދަތުރު ކުރަންވީ މަގު ޕްރޮގްރާމް ކޮށްދިނުމުން މިނިވަންކަމާއި އެކު އޭގެ އަމާޒަށް ވާސިލުވާނެއެވެ. މިބާވަތުގެ ގިނަ ޑްރޯންތައް ޔޫކްރެއިނާ ދެކޮޅަށް ބޭނުންކުރަން އީރާނުން ރަޝިޔާއަށް ފޯރުކޮށްދެމުންގެންދާ ކަމަށް އެމެރިކާއިން ތުޙުމަތު ކުރެއެވެ.                                            

Loading

3 Responses

  1. ބްރިގޭޑިއަރ ޖެނެރަލް އެ ވިދާޅުވީ ވަރަށް ބުއްދިވެރި ވާހަކަ ފުޅެކެވެ. ތިމަތމާމެންގެ މަސްލަހަތާއި މިނިވަންކަން ރައްކާތެރިކުރަން އެހެން ބަޔަކާ ހަވާލުކުރުމަކީ ނުވަތަ ބަރޯސާ ވުމަކީ އަޅުވެތި ކަމުގެ ސިފައެކެވެ.
    އެކުވެރިކަމާއި އެއްބާރުލުން ދިނުން އެއީ މުޅިން އެހެން ކަމެކެވެ.

  2. ބަރާބަރު ޔަހޫދީން އިޒްރާއީލާއި އެމެރިކާއަށް ﷲގެ ކޯފާ މިންވަރު ކުރައްވާނދޭވެ އާމީން

  3. އަސްލަކީ ތިއީއެވެ. ނަމަވެސަ ޝިއާ ސުންނީ ކާޑް އެމެރިކާއިން ޖައްސާ މުސްލިމުންގެ މެދުގައި ހަމަނުޖެހުން އުފައްދާނެއެވެ. ކާފަރުން އާދެ! ހަރުބީ ކާފަރުން އެހަރެމެނަށް މިޔަދު ބުނެދެނީ ޝިއާ ސުންނީ ވައަހާބު އަހުމަދިއަޔާ މަޒުހަބެއްގެ ވާހަކައެވެ. މީގެ ތެރެއިންނަކީ ޝަހާދަތުގެ ދެ ކަލިމެ ގަބޫލުކުރާ މީހުނެވެ. ހަރުބީ ކާފަރަކީ މާތްﷲ އާއި ރަސޫލު ގަބޫނުކުރާ މަކަރުވެރި އިންސާނުންނެވެ. ދެރައީ އެ ހަރުބީންގެ ވަކަޔަށް މުސްލިމް ޢަރަބި އުންމަތް ހެއްލި އެކެހިވެރުގައި ޖެހިފާވާތީއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް