މެކްރޯން އުޅުއްވަނީ ނަޕޯލިއަން ހެދިގެން

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަދުވަހު ރޮއިޓާރސް އިން ޚަބަރު ދީފައިވާ ގޮތުގައި ފަރަންސޭސި ވިލާތުގެ ސިފައިން ޔޫކްރެއިނަށް އެހީތެރިވާން ފޮނުވުމުގެ ކުރިން ނަޕޯލިއަންގެ މަތިން ހަނދާންކުރަން ރައީސްޕޫޓިންގެ ބައިވެރިން އިންޒާރުދީފިއެވެ. ފަރަންސޭސި ސިފައިން ޔޫކްރެއިނަށް ހިނގައްޖެނަމަ ކުރިމަތިލާން ޖެހޭނީ 1812 ވަނައަހަރު ނަޕޯލިއަން ބޮނަޕާރޓޭގެ ގްރޭންޑް އާރމީންނަށް މެދުވެރިވި ހާލަތުކަން އެއިންޒާރުގައި ބުނެފައިވެއެވެ. ރަޝިޔާގެ މި އިންޒާރު އައިސްފައިމިވަނީ ދާދި މިދާކަށް ދުވަހު ފަރަންސޭސި ރައީސް މެކްރޯން ޔޫކްރެއިނަށް އެހީތެރިވުމަށްޓަކައި ޔޫރަޕުގެ ސިފައިން ފޮނުވަން ގޮވާލުމާ ގުޅިގެންނެވެ. […]
އެމެރިކާ ނޭޓޯއިން ވަކިވެއްޖެނަމަ

ދުނިޔޭގެ ހަތަރު ބިތުން ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު ބާރުހުރި މަގާމުތަކުގައި ތިބެން ބޭނުންވާ ގައުމުތަކުން އެކުވެރިކަމާއެކު އެއްބާރުލުން ދިނުމުގެ ބޭނުމުގައި ބައިވެރިންތަކެއް އިޚްތިޔާރުކޮށް އެއްވިސްނުމެއްގައި ހަރަކާތްތެރިވާން ފަށައެވެ. މާޒީގެ ސަފްހާތަކުގައި މީގެ އެތައް މިސާލެއް ލިޔެވިފައި އެބަހުއްޓެވެ. އެކުވެރިކަމާއި އެއްބާރުލުންތަކުގައި ވަކި ހިސާބަކުން ރެނދުލައި އަދި ވަރަށްގިނަފަހަރު އެކުވެރިކަން ރޫޅިގެން ގޮސްފައިވެސް އެބަ ހުއްޓެވެ. މިހާރު މުޅި ދުނިޔެއަށް އެންމެ ބޮޑަށް ނުފޫޒު ހިންގަނީ ބާރުގަދަ ނޭޓޯއިންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ގައުމުތައް އިސްތިއުމާރުކޮށްގެން އުޅުމުގެ ތެރޭގައި […]
އިގުތިސާދީ ލޮޅުންގަނޑު ތެރޭގައި “ ތޭންކް ޔޫ ޕީއައިއޭ ”

ޕާކިސްތާނަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކާއި އަދި އިގުތިސާދީ ނުފުދުންތެރިކަމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރަމުންދާ އެއް ދާއިރާއަކީ ޕާކިސްތާން އިންޓަރނޭޝަނަލް އެއަރލައިނެވެ. 1962 ވަނަ އަހަރު ޖެކިއުލިން ކެނެޑީ ވިދާޅުވި ބަސްފުޅު “ ގްރޭޓް ޕީޕަލް ޓު ފްލައި ވިތު “ މިއަދުވެސް ބޭނުން ކުރަމުން ދިޔަ ކަމުގައިވިޔަސް ޕާކިސްތާނު އެއަރލައިނުން ފަހަކަށް އައިސް ހަގީގީ މާނައެއްގައި އެ ބަސް ތަމްސީލު ކޮށްދޭ ތަނެއް ނުފެނެއެވެ. ބައެއް ފަރާތްތަކުން ޕީއައީއޭ މާނަކުރަނީ ވެސް ހެއްވާ ގޮތަކަށެވެ. […]
ސްރީލަންކަން އެއަރލައިންގެ ފްލައިޓެއްގައި މީދާ އުޅެނިކޮށް ފެނިއްޖެ

ކޮލޮމްބޯއިން ޑެއިލީ މިރަރ ޚަބަރު ދީފައިވާގޮތުގައި ސްރީލަންކަން އެއަރލައިންގެ ފްލައިޓެއްގެ ތެރޭގައި މީދާ އުޅޭތަން ފެނިގެން އެ ފްލައިޓް ފުރުން ލަސްކޮށްފިއެވެ. މިކަން ސްރީލަންކަންގެ ޗެއާރމަން އަޝޯކް ޕަތިރާގެ ވަނީ ކަށަވަރުކޮށް ދެއްވާފައެވެ. ސްރީލަންކާގެ އެވިއޭޝަނާ ބެހޭ ވަޒީރާއެކު ދެއްކެވި ވާހަކަ ފުޅުގައި ޗެއަރމަން ވިދާޅުވެފައިވަނީ މީދާ ފެނުނު މަތިންދާ ބޯޓު އަލުން ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މުޅިބޯޓަށް ސްޕްރޭ ކުރުމަށްފަހު އެއްދުވަސްވަންދެން ދަތުރުނުކޮށް ބާއްވަން ޖެހުނު ކަމަށެވެ. އަދި އެ ނޫން އެހެން 2 އެއާރކްރާފްޓެއް […]
ފަލަސްތީނުގެ ބޮޑުވަޒީރާއި ސަރުކާރު އިސްތިއުފާ ދެއްވައިފި

ސީއެންއެން އިން ދާދި ދެންމެއަކު ޚަބަރު ދީފައިވާ ގޮތުގައި ފަލަސްތީނުގެ ބޮޑުވަޒީރު މުޙަންމަދު ޝްތާޔާހް އާއި ސަރުކާރު މިއަދު އިސްތިއުފާ ދެއްވައިފިއެވެ. އެމަނިކުފާނުގެ އިސްތިއުފާ ގުޅިފައިވަނީ ގައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލު އާންމުގެ ސަބަބުން ކަމަށް ވިދާޅުވެފައިވެއެވެ. ވަތަން ޓީ. ވީ އިން ސަރުކާރުގެ އިސް އޮފިޝަލުންނާ ޙަވާލާދީ ބުނެފައިވާގޮތުގައި ބޮޑުވަޒީރު އިސްތިއުފާ ދެއްވީ އަރަބި ގައުމުތަކާއި އަދި އެމެރިކާގެ ފިއްތުންތަކާހުރެ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އެގޮތަށް އެދިވަޑައިގަތުމުގެ ސަބަބުންނެވެ. އަދި އެއީ މިހާރު ހިންގަމުންދާ […]
ހޫތީ މުޖާހިދުންގެ އިންޒާރާ އެއްގޮތަށް ކަނޑު އަޑީގެ ކޭބަލްތަކެއް ހަލާކު ކޮށްލައިފި

މީގެ ހަފުތާއެއްހާ ދުވަސް ކުރިން ހޫތީ މުޖާހިދުން ދީފައިވާ އިންޒާރެއްގައި ބުނެފައިވާކަމަށް ސެންޓްރަލް ކޮމާންޑުން ހާމަކޮށްފައިވަނީ އެ ޖަމާއަތުން އަލަށް ދީފައިވާ އިންޒާރުގެ ތެރޭގައި ރެޑްސީގެ ތެރެއިން އަޅާފައިވާ ކަނޑު އަޑީގެ ކޭބަލްތައް ހަލާކު ކޮށްލާނެ ކަމަށެވެ. ސެޓެލައިޓްގެ ޒަރީއާއިން ދުނިޔޭގެ ކަންކޮޅުތަކުގައި ފަސޭހަކަމާއެކު މުވާސަލާތީ ގުޅުންތައް ގާއިމްކޮށްފައި އޮތް ނަމަވެސް ކަނޑު އަޑިން އަޅާފައިވާ ކޭބަލްތަކަކީ އެންމެ އާންމު ގޮތެއްގައި މިހާރު ވެސް ބޭނުން ކުރެވޭ ވަސީލަތެވެ. އަގުހެޔޮކޮށް މުވާސަލާތުކުރުމުގައި ކަނޑު އަޑީގެ ކޭބަލްތަކުގެ ދައުރު […]
ވަގުތީގޮތުން ހަނގުރާމަ ހުއްޓާލަން އެއްބަސްވެވިއްޖެ

ހަމާސްއިން ރަހީނުކޮށްފައިތިބި އިސްރާއީލުގެ 40 މީހުން މިނިވަންކުރުން ޝަރުތުކޮށް 6 ހަފްޔާގެ މުއްދަތަށް ހަނގުރާމަ ހުއްޓާލަން އިސްރާއީލުން އެއްބަސް ވެއްޖެކަމަށް އެކްސިއޯން ނިއުސް ވެބްސައިޓުން ރިޕޯޓްކޮށްފިއެވެ. އެމެރިކާއާއި ގަތަރާއި މިސްރުން އިސްރާއީލާއެކު ޕެރިސްގައި ބޭއްވި މަޝްވަރާތަކުގައި ބައިވެރިވި އިސްރާއީލު އިންޓެލިޖެންސްގެ އެންމެ އިސް 2 ވެރިން ރޯނެން ބާރ އާއި ޑެވިޑް ބަރނިއާ އެ މަޝްވަރާތައް ނިންމާލުމަށްފަހު މިދިޔަ ހޮނިހިރު ދުވަހު އެނބުރި ގައުމަށް ވަނީ އައިސްފައެވެ. މީޑިއާގެ ރިޕޯޓްތަކުން އެނގިފައިވާގޮތުގައި މިފަހަރު ދޫކޮށްލާނެ ރަހީނުންގެ ތެރޭގައި […]
ހޫތީ މުޖާހިދުންގެ ހަމަލާތަކުގައި ފޮރުވިފައިވާ ފަރާތް

ކޮންމެ ހަނގުރާމައަކާއި ދެކޮޅުވެރިކަމެއްގައި ވެސް އަނެކުންނަށް އެނގެން ބޭނުންނުވާ ހަގީގަތްތަކެއް ފޮރުވާފައިވާ އޮންނާނެކަމަށް ކަމުގެ މާހިރުން ވަނީ ވިދާޅުވެފައެވެ. އަޅުގަނޑުމެންގެ ކިއުންތެރިންނަށް މި ގެނެސްދެނީ ހޫތީ މުޖާހިދުން އެމެރިކާގެ ބިޔަ ކޯލިޝަނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގާ އެ މުޖާހިދުން ހާމަކުރަން ބޭނުންނުވާ ކަންތައްތަކާ ބެހޭގޮތުން ތަޖުިރިބާކާރުން ބުނެފައިވާ ބައެއް ވާހަކަތަކުގެ ޚުލާސާއެކެވެ. ޔަމަނުގެ ސަރަހައްދުތެރެއިން ލައިފައި ދަތުރު ކުރަމުން ގެންދާ ވަކި ގައުމުތަކެއްގެ ބޯޓުފަހަރަށް އަމާޒުކޮށް ހޫތީ މުޖާހިދުން މިސައިލާއި ޑްރޯނުން ހަމަލާދެމުންގެންދާތާ ތިން ހަތަރު މަސް […]
ޔޫކްރެއިން ހަނގުރާމައަކީ ޔޫރަޕްގެ ހިތުގައިހުރި ފަސޭހަ ނުކުރެވުނު ފާރުގަނޑެއް: ގުޓަރެސް

ޔޫކްރެއިން ސަރުކާރުގެ އެދުމުގެ މަތިން ޔޫރަޕްގެ އެންމެ އިސްވެރިން ހިމެނޭގޮތުގައި ސުލްހައިގެ މަޝްވަރާތަކެއް ބާއްވަން ގަސްދުކުރައްވާ ކަމަށް ސުވިސް ޚާރިޖީ ވަޒީރު އިގްނާޒިއޯ ކަސިސް ވިދާޅުވެއްޖެކަމަށް ރޮއިޓާސްއިން ޚަބަރުދީފިއެވެ. އިސްރާއީލާއި ހަމާސްގެ ހަނގުރާ ހިނގަމުންދާ މި ދަނޑިވަޅުގައި އަދި މުޅި ދުނިޔޭގެ ސަމާލުކަން އެ ދިމާއަށް ހުއްޓިފައިވާއިރު ޔޫކްރެއިން ސިފައިންވެސް ހަނގުރާމަކޮށްކޮށް ވަރުބަލިވެފައި ވުމުގެ ސަބަބުން ރައީސް ޒެލެންސްކީގެ ދިހަ ނުކުތާގެ މައްޗަށް އެކުލެވޭ ސުލްހައިގެ ޕްލޭނާދޭތެރޭ މަޝަވަރާކުރަން ބޭނުންވާކަމަށް ޚާރިޖީ ވަޒީރު ކަސިސް ވިދާޅުވިއެވެ. ރައީސް ޒެލެންސްކީގެ […]
ކުރީގެ ރައީސް ޓްރަމްޕާއެކު ރިޔާސީ ބަހުސެއްގައި ރައީސް ބައިޑްން ފުނޑާލާނެއެވެ.

މީގެ ދެހަފްތާކުރިން ނޫސްވެރިންނަށް ރައީސް ޖޯ ބައިޑަން ދެއްވި ބަސްދީގަތުމެއްގައި މަނިކުފާނަށް ގައުމުތަކުގެ ވެރިންނާއި އިސްބޭފުޅުންގެ ނަންތައް ހަނދުމަފުޅު ނުހުންނަނީ ކީއްވެގެންތޯ ސުވާލު ދެންނެވުމުން ޖަވާބުގައި ވިދާޅުވިކަމަށްވަނީ އަހަރެންގެ ހަނދާނުގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި އަދި އެގޮތަށް ނަންތައްވެސް ހަނދާން ނެތިވަޑައިނުގަންނަވާކަމަށެވެ. ރައީސް ޖޯ ބައިޑްން އެހެން ވިދާޅުވި ނަމަވެސް ގައުމުތަކުގެ ވެރިންނާއި އިސްބޭފުޅުންގެ ނަންފުޅުތައް އެމަނިކުފާނަށް އޮޅިގެން ވިދާޅުވުން މިހާރު އޮތީ އަޑުއިވޭމީހުންވެސް ލަދުގަންނަ ހިސާބަށް ގޮސްފައެވެ. މި ސިލްސިލާގައި ރައީސް ބައިޑަން ކުރައްވާފައިހުރި […]