ރަޝިޔާއިން ނިއުކްލިއަރ ހަނގުރާމައަކަށް ތައްޔާރު, ރައީސް ޕޫޓިންގެ އިންޒާރު ހުޅަނގަށް

އެމެރިކާގެ ސިފައިން ޔޫކްރެއިނަށް ފޮނުވައިފިނަމަ އެއީ މިހާރު ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ހިނގަމުންދާ ހަނގުރާމަ އިތުރަށް ނުރައްކާތެރިކުރަން އެމެރިކާއިން ގަސްދުކުރުންކަމަށް ދެކި ރަޝިޔާއިން ނިއުކްލިއަށް ހަނގުރާމައަކަށް ދާން ތައްޔާރު ކަމުގައި ހުޅަނގަށް އިންޒާރު ދީފިއެވެ. މިމަހުގެ 15 ން 17 ށް އޮންނަ އިންތިޚާބުގެ ކުރިން ގައުމާ މުޚާތަބުކޮށް ވާހަކަފުޅުދައްކަވަމުން ރައީސް ޕޫޓިން ވިދާޅުވީ މިހާތަނަށްވެސް ގަބޫލުފުޅުކުރައްވައިގެން ހުންނެވީ ޔޫކްރެއިނާއެކު ކުރަމުންގެންދާ ހަނގުރާމައިގާ ނިއުކްލިއަރ ހަތިޔާރު ބޭނުންކުރަން ނުޖެހޭނެ ކަމަށެވެ. އަދި މިހާރުވެސް ރަޝިޔާއިން އެކަމަށް ބޭނުމެއް […]

ނަތަންޔާހޫގެ ސިޔާސީ ހަޔާތް ތަތުންފުޅިއަކަށް ލައިފައި ޑެޑްސީގެ ލޮނުރަހަ ގަދަ ހިސާބަކަށް ކަނޑުފައްތާށެވެ.

އަޅުގަނޑުމެންގެ ކިއުންތެރިންނަށް މި ގެނެސްދެނީ ހަމާސްއާއި އިސްރާއީލުން ކުރަމުންގެންދާ ހަނގުރާމަ ދިރާސާ ކުރައްވަމުން ގެންދަވާ ޑެއިލީ ބީސްޓުގެ މުހައްލިލުންގެ ދިރާސާގެ މައްޗަށް ބިނާކޮށް ބައިނަލް އަގްވާމީ މީޑިއާތަކުގައި ދައުރުވަމުންދާ ރިޕޯޓެއްގެ އުސް އަލިތަކެވެ. ކާމިޔާބު ނުކުރެވެމުންދާ ސުލްހައިގެ ވާހަކަތަކުގެ ސަބަބުން އިސްރާއީލުން ބޭނުންވާ ގޮތަށް ހަނގުރާމަ ނިންމާލަން އަވަސް އަރުވާގަނެގެން އޫޅޭހެން ހިއެއްނުވެއެވެ. މިހާރުގެ ހާލަތަށް ބަލާއިރު ފެންނަމުންދަނީ 7 އޮކްޓޯބަރުގައި ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ހަމަލާއާއި ގުޅިގެން މެދުކެނޑުމެއްނެތި އިސްރާއީލުން ހަމާސްގެ ސަރަހައްދުތަކަށް ބޮންއަޅަމުން […]

ނަތަންޔާހޫ މަގާމުން ދުރުކުރާތަން އިސްރާއީލުން ދެކޭނެ ކަމަށް އެމެރިކާ ބުނެފި

އިސްރާއީލުން ގައްޒާގައި ހިންގަމުންގެންދާ ގަތުލުއާންމާ ދޭތެރޭ ބޮޑުވަޒީރު ނަތަންޔާހޫގެ ހަރުކަށި ސިޔާސަތަށް އިސްރާއީލުގެ އާންމު ރައްޔިތުން ނުރުހުމުގެ ނަތީޖާއާއި ކުރިމަތިލާންޖެހި އޭނާ މަގާމުން ދުރުކުރާ ދުވަސް ވަރަށް ކައިރިން އިސްރާއީލުގެ ރައްޔިތުން ދެކޭނެކަން އެމެރިކާގެ ޖާސޫސީ އޭޖެންސީތަކަށް ހަވާލާ ދީ އިނގިރޭސިވިލާތުގެ ދަ ޓެލިގްރާފުން ރިޕޯޓުކޮށްފިއެވެ. ފަލަސްތީނުގެ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ނަގާލައި އެއްވެސް ގައުމެއްގެ ރައުޔަށް ބެލުމެއްނެތި ނަތަންޔާހޫގެ ހައްދުފަހަނަޅާފައިވާ ސިޔާސަތު ތަންފީޒުކުރަމުން ގެންދިއުމުގެ ސަބަބުން އިސްރާއީލާއި އަދި މުޅި ދުނިޔޭގެ ރައްޔިތުން ދަނީ […]

ކަންތައް ނުކުރެވޭހާ މުސްކުޅިއެއް އަދި ނުވޭ: ރައީސް ބައިޑަން

މިއަހަރުގެ ރިޔާސީ ބަޔާނަށްފަހު ރައީސް ބައިޑަންގެ ކޭމްޕެއިނުން އެމެރިކާގެ ރައީސް ކަމުގައި 81 އަހަރުގެ އުމުރުފުޅުގައި ވެސް ހާސިލު ކުރެވުނު ލަނޑުދަނޑިތަކުގެ މައުލޫމާތު އެކުލެވޭ އިޝްތިހާރެއް އާންމުކޮށްފިއެވެ.     އިޝްތިހާރުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ރިޕޯޓަރަކު ދެންނެވި ސުވާލަކަށް ސަމާސާކުރައްވައި ޖަވާބު ދެއްވިއެވެ. ”އަހަރެންނަކީ އަދިވެސް ހަމަ ކަށި ނޫ ޒުވާނަކީމެވެ. ހަށިގަނޑުގައި ހަކަތަ އާއި ބާރުވެސްހުރި ވަރަށް ރީތި މީހަކީމެވެ.“                                                    30 މިލިއަން ޑޮލަރުގެ އަގަކަށް ގަނެފައިވާ 60 ސިކުންތުގެ އިޝްތިހާރު މި ހަފުތާގެ ކެމްޕޭނުގައި […]

ޔޫކްރެއިނުން ދުވާލަކު ރަޝިޔާގެ އެއްހާސް ހަމަލާއާއި ކުރިމަތިލާންޖެހޭ

ބިޒްނަސް އިންސައިޑަރގެ އާލިޔާ ޝުޢައިބު އިނގިރޭސިވިލާތުގެ ދިފާއީ ވުޒާރާއަށް ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތު މީޑިއާއަށް ހިއްސާކުރަމުން ބުނެފައިވަނީ މިދިޔަ ފެބްރުއަރީ މަހު އެވްރެޖްގޮތެއްގައި ރަޝިޔާއިން ޔޫކްރެއިނަށް ދުވާލަކު 1000 ފަހަރު ހަލާކުކުރަނިވި ހަމަލާދީފައި ވާކަމަށެވެ. ހަލާކުކުރަނިވި ހަމަލާ ކަމުގައި ބުނެފައިއެވަނީ އެ ހަމަލާތަކުގައި ސިފައިން މަރުވި ނުވަތަ ޒަޚަމްވެފައިވާ އަދަދަށް ބިނާކޮށެވެ. ރަޝިޔާއިން ގެންގުޅޭ ހަނގުރާމައިގެ އުސޫލުތަކަކީ މަރުވާ މީހުންގެ ނިސްބަތުން ވަރަށް އަގުބޮޑު އެކަމަކު ޔޫކްރެއިނަށް އިންތިހާއަށް ނުރައްކާތެރި އުސޫލުތަކެއް ކަމަށްވެސް އެ މިނިސްޓްރީއިން ބުނެފައިވެއެވެ.           […]

އިސްރާއީލުގެ ހަނގުރާމައާ ބެހޭ ކެބިނެޓަށް ބިންހެލުމެއް

ތެލްއަވީވުން އެސޯޝިއޭޓެޑް ޕްރެސްއަށް މެލާޑީ ލިޑްމަން އާއި ގައްޒާގެ ރަފާހް އިން ޝުރުފާ ޚަބަރު ދީފައިވާ ގޮތުގައި އިސްރާއީލުގެ ހަނގުރާމައާބެހޭ ވަޒީރުންގެ މަޖިލީހުގައި އުފެދުނު ދެބަސްވުންތައް ހޫނުވެ ބޮޑުވަޒީރު ނަތަންޔާހޫގެ ފަރާތުން ލައުނަތް ލިބުމުގެ ރުޅީގައި އެ މަޖިލީސްގައި ހިމެނޭ ވަރަށް އިސް ވަޒީރަކު އެމެރިކާގެ ރަސްމީ ފަރާތްތަކާއެކު ވާހަކަ ދެއްކުމަށްޓަކައި ވޮޝިންގްޓަނަށް ހިނގައްޖެއެވެ. އިސްރާއީލުގެ ސިޔާސީ އޮފިޝަލުން ހާމަކުރަމުން ގެންދާ ގޮތުގައި ރެނދުލަމުންދާ ވަޒީރުންގެ މަޖިލީހުގެ ރެނދުތައް މިހާރު ވަނީ އަލުން ކައިރިކުރުން އުދަނގޫ ވަރަކަށް […]

ދޮޅުމަސްދުވަހަށް ހަނގުރާމަ ހުއްޓާލަން އިސްރާއީލުން އެއްބަސް: އެމެރިކާ

އިސްރާއީލުން ގައްޒާއަށް ދެމުންގެންދާ ގަތުލު އާންމުގެ ހަމަލާތައް އުސޫލެއްގެ ގޮތުން 6 ހަފުތާގެ މުއްދަތަށް މެދުކަނޑައިލަން އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ އިސް އޮފިޝަލުންނާ ހަވާލާ ސީއެންއެން އިން މިއަދު ހެދުނު ރިޕޯޓުކޮށްފިއެވެ. އެމެރިކާގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި އެ މުއްދަތުގެ ތެރޭގައި ދެން ކަންތައް ކުރަންވީ ގޮތަކާ ދޭތެރޭ މަޝްވަރާކޮށް ގޮތެއް ނިންމާނީއެވެ. މި ހަފުތާގެ ކުރީކޮޅު ރައީސް ބައިޑަން ވިދާޅުވެފައިވަނީ މާދަމާ ( ހޯމަދުވަހު ) ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލެވޭނެ ކަމަށެވެ. އެހެންނަމަވެސް މިދިޔަ […]

ރައީސް ބައިޑަން ޝަރީއަތަށް ހާޒިރުކުރާކަށް ނުވާނެ: ބަންޑާރަ ނައިބު

ސަރުކާރުގެ ރަސްމީ ލިޔެކިއުންތަކެއް އެކަށީގެންނުވާ ތަނެއްގައި ބެހެއްޓި މައްސަލާގައި ރައީސް ޖޯ ބައިޑަންގެ މައްޗަށް ކުރަމުންގެންދާ ދައުވާ ކުރިއަށް ނުގެންދަން ފެޑެރަލް ސްޕެޝަލް ޕްރޮސެކިއުޓަރ ރޮބާރޓް ހާރ ނިންމަވައިފިއެވެ. އެގޮތަށް ނިންމެވި ސަބަބެއް ކަމުގައި ވިދާޅުވެފައިވަނީ ރައީސް ބައިޑަން އެކަން ކުރައްވާފައިވަނީ ނުބައި ނިޔަތެއްގައި ނޫންކަމާއި އެ މަނިކުފާނަކީ މުސްކުޅިފުޅުވުމުގެ ސަބަބުން ވަރަށް ގިނަ ފަހަރު ހަނދުމަފުޅު ނެތޭ ބޭފުޅެއް ކަމަށެވެ. ޕްރޮސެކިއުޓަރ ރޮބާރޓް ހޫރގެ ޓީމުން ދެއްވި އިންޓަރވިއުއެއްގައި އެބޭފޫޅުން ވިދާޅުވެފައިވަނީ ރައީސް ބައިޑަންގެ ހަނދުމަފުޅު […]

ކްރީމިޔާ ބްރިޖް ގޮއްވައިލަން ޖަރުމަނުން ރޭވިކަން އެނގުމުން ރަޝިޔާ ރުޅިއަތުވެއްޖެ

އެސޯޝިއޭޓެޑް ޕްރެސްއިން ދެންމެއަކު ރިޕޯޓް ކޮށްފައިވާ ގޮތުގައި ކްރީމިއާ ބްރިޖު ގޮއްވައިލަން ޖަރުމަނުން ރޭވިކަން އެނގުމުން ރަޝިޔާއާއި ޖަރުމަނުގެ މަސްރަހް ވިރިކެކޭ މިންވަރަށް ހޫނުވެ ގޯސްވެއްޖެއެވެ.          ރައީސް ޕޫޓިންގެ ވަރަށް އަރިސް ބޭފުޅުންތަކެއް ހުކުރުދުވަހު މީޑިއާއަށް ހާމަކުރި އޯޑިއޯ ރެކޯރޑިންއަކުން އެނގޭ ގޮތުން ޖަރުމަނުގެ ސިފައިންގެ އިސް މަގާމުތަކެއްގައި ތިއްބެވި ޖެނެރަލުންތަކެއް ކްރީމިއާ ބްރިޖް ގޮއްވައިލަން މަޝްވަރާ ކުރިކަން ފަޅާއެރުމުން އެގައުމުގެ ކައުންޓަރ އިންޓެލިޖެންސް އޭޖެންޓުން އެކަމާބެހޭ ގޮތުން ވަނީ ހަރަކާތްތެރިވާން ފަށައިފައެވެ. 38 މިނިޓުގެ އޯޑިއޯ […]

އެމެރިކާގެ ރިޔާސަތަށް ވާދަކުރައްވާ ބައިޑަން އާއި ޓްރަމްޕް ތިބެންވީ ދާރުލްއާސާރުގައި

އެމެރިކާގެ ރިޔާސީ އިންތިޚާބު ކައިރިވަމުންދާއިރު އަދި އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން ސިއްހީ ހާލުކޮޅާ ދޭތެރޭ އެމެރިކާގެ ރައްޔިތުންގެ ކަންބޮޑުވުން އޭގެ އެންމެ މަތީ ހަރުފަތަށް ގޮސްފައިވާއިރު ދެން ރިޔާސަތަށް އެންމެ އެކަށީގެންވާ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓަކާ ދެތެރޭ އެމެރިކާގެ ރައްޔިތުން ދެކޭ ގޮތް ބެލުމަށް ކުރެވެމުންދާ ސާރވޭތައްވެސް ގިނަވެއްޖެއެވެ. މިހާތަނަށް ރައްޔިތުންގެ ސާރވޭއަށް ހުށައެޅިފައިވާ ނަންތަކަކީ ޖޯ ބައިޑަންގެ ނައިބު ރައީސް ކަމަލާ ހަރިސް އާއި ކުރީގެ ރައީސް ބިލް ކްލިންޓަންގެ އަނބި ކަނބަލުން […]