ހުރްމޫޒް ކަނޑުއޮޅީގެ މައްސަލައިގައި އީރާނުން އެމެރިކާއަށް ވަރުގަދަ އަދި ވޭނީ ހަމަލާތަކެއްގެ އިންޒާރު ދީފި

ދުނިޔޭގެ ސިޔާސީ މަސްރަހު އަނެއްކާވެސް ނުތަނަވަސްވަމުންދާއިރު، އެމެރިކާއިން އަސްކަރީ އެއްވެސް ހަރަކާތެއް އަލުން ފަށައިފިނަމަ، ”ދިގުދެމިގެންދާ އަދި ވޭނީ ހަމަލާތަކަކާ“ ކުރިމަތިލާން ޖެހޭނެ ކަމަށް ބުނެ އީރާނުން ވަރުގަދަ އިންޒާރެއް ދީފިއެވެ. މިދިޔަ އޭޕްރިލް މަހުގެ 8 ވަނަ ދުވަހުން ފެށިގެން ދެ ފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ ރަސްމީ އެއްބަސްވުމެއް އޮތް ނަމަވެސް، މި އިންޒާރުގެ ސަބަބުން މިހާރުގެ މަސްރަހު އޮތް ނާޒުކު މިންވަރު ވަނީ ހާމަވެފައެވެ. މި އިންޒާރު ދީފައިވަނީ އީރާނުގެ ރިވޮލިއުޝަނަރީ […]
ހުރްމުޒް ކަނޑުއޮޅިއަކީ ގުދުރަތުން އީރާނަށް ދެއްވާފައިވާ ނިއުކްލިއަރ ބޮމެކެވެ.

އެމެރިކާގެ ހަނގުރާމައާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާގޮތުން ކޮންގްރެސްގެ ހުއްދަ ހޯދުމަކާ ނުލައި އެމެރިކާގެ ރައީސަކު އެއްވެސް ގައުމަކާ ދެކޮޅަށް ހަނގުރާމައެއް ފަށައިފިނަމަ އެ ގާނޫނުގެ ދަށުން 60 ދުވަހުގެ ތެރޭގައި ކޮންގްރެސްގެ ހުއްދަ ހޯދަން ޖެހޭނެއެވެ. އެހެންނޫނީ ވަޒީފާ ދޫކޮށްލަން ޖެހޭނެއެވެ. އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ހަނގުރާމައަށް 60 ދުވަސް ވުމުގެ ކައުންޓް ޑައުން މިހާރު ފެށިއްޖެއެވެ. މި ހަނގުރާމަ ރައީސް ޓްރަމްޕްއަށް ކާމިޔާބު ނުކުރެވި އަދި ކޮންގްރެސްއަށް ޖަވާބު ދާރީ ނުވެވިއްޖެނަމަ ގުރުބާން ކުރައްވާނެ […]
އައްބާސް އަރާގްޗީ ކުރައްވަމުންގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން މެދުއިރުމަތި

މިއަދު ހެނދުނު އީރާނުން ލިބިފައިވާ ރިޕޯރޓްތަކަށް ބަލާއިރު އެ ގައުމުގެ ޚާރިޖީ ވަޒީރު އަރާގްޗީ ޕާކިސްތާނަށް ވަޑައިގަތުމަށްފަހު އޮމާނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭގެ ވަގުތެއްގައި އަނެއްކާވެސް ޕާކިސްތާނަށް ވަޑައިގަންނަވާނެއެވެ. އަދި އެއަށްފަހު ދެން ވަޑައިގަންނަވާނީ ތެހެރާނަށެވެ. އެއީ މޮސްކޯއަށް ކުރައްވާ ދަތުރުފުޅަށް އެންމެފަހުގެ ނިންމުންތަކާއި އިރުޝާދު ހޯއްދެވުމަށެވެ. އެއަށްފަހު މޮސްކޯއަށް ދަތުރުފުޅު ފެއްޓެވީއެވެ. 48 ގަޑިއިރުތެރޭގައި 3 ގައުމަކަށް 4 ފަހަރު މިކުރައްވާ ދަތުރުފުޅުގައި އެމެރިކާއާ ގުޅުން ހުރި އެއްވެސް ބޭފުޅަކާ ބައްދަލު ނުކުރައްވައެވެ.ޚާރިޖީ ވަޒީރުގެ […]
އީރާނުން ކަލޭމެން ފައްސާލުމުގެކުރިން މެދުއިރުމަތިން ބޭރުވެ ގަންނާށެވެ.

ހަނގުރާމައެއް ކާމިޔާބު ކުރުމުގައި ކުރީ ޒަމާނުގައި ހަތިޔާރުގެ ބާރުވެރިކަމަށް ބަރޯސާވެފައި އޮތުން މި ޒަމާނާ ގުޅޭ ވިސްނުމެއް ނޫންކަމަށް ތަޖްރިބާ ކާރުން ވިދާޅުވަމުން ގެންދާން ފަށައިފިއެވެ. އެ ބޭފުޅުން ދެކިވަޑައިގަންނަވާގޮތުގައި މިހާރު މެދު އިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގާ ކޮންމެ ދުވަހަކު ދަނީ އެކަން ސާބިތުކޮށްދެމުންނެވެ. ދުނިޔޭގެ ސުޕަރ ޕަވަރ އެމެރިކާއާއި މެދު އިރުމަތީގެ ސުޕަރ ޕަވަރ އިސްރާއީލު ގުޅިގެން އީރާނާ ދެކޮޅަށް ދެމުންގެންދާ ފަނާކުރަނިވި ހަމަލާތަކަށް ދޮޅުމަސް ފުރޭއިރު އީރާން ބަލި ނުކުރެވިގެން އުޅޭ ސަބަބުގެ މައްޗަށް […]
މާދަަރީ ބަހާއި އާދަކާދަ ގެއްލިގެން ދިއުމުގެ ބިރުވެރި ވަގުތުގައި

މީގެ އަހަރުތަކެއް ކުރިން ދިވެހިބަހުން ލިޔާ ލިއުންތައް ލެޓިން އަކުރުން ލިއުމަށް ބާރުއެޅެމުން ދިޔަ ދުވަސްތަކެއް ވަނީ ފެނިފައެވެ. ކޮންމެ ކަމެއްވެސް އަލަށް ފަށާގަންނައިރު ފާޑުކިއުން ތަކާއި އަދި އުދނގޫ ތަކަކާވެސް ކުރިމަތިލާން ޖެހޭނެއެވެ. އެ ދުވަސްވަރު އެންމެ ބޮޑު ތަކްލީފެއް އުފުލަން ޖެހިވަޑައި ގެންނެވި ބޭފުޅުންގެ ތެރޭގައި ހުކުރު ކުރައްވާ އިމާމުން ހިމެނިވަޑައިގެންނެވިއެވެ. ލެޓިން އަކުރުން ލިޔެފައިވާ ޚުތުބާ ކިއުމަށް ގިނަ ވަގުތު ހޭދަވެގެން ދިޔައީތީވެއެވެ. ދިވެހިބަހުން ދިވެހިން ބޭނުންކުރަމުންގެންދިޔަ ތާނަ އަކުރުގެ ބަދަލުގައި ލެޓިން […]
އަނެއްކާވެސް އެމެރިކާގެ ސުޕަރ އެއާރކްރާފްޓް ކެރިއަރެއްގައި އަލިފާނުގެ ހާދިސާއެއް

އެމެރިކާގެ ނޭވީ ނިއުކްލިއަރ-ޕަވަރ ސުޕަރ އެއާރކްރާފްޓް ކެރިއަރ ޔޫ އެސް އެސް ޑްވައިޓް އައިޒަންހާވަރގެ ފޮޓޯއެއްއެމެރިކާގެ ނޭވީ ނިއުކްލިއަރ-ޕަވަރ ސުޕަރ އެއާރކްރާފްޓް ކެރިއަރ ޔޫ އެސް އެސް ޑްވައިޓް އައިޒަންހާވަރގައި އަނެއްކާވެސް އަލިފާނުގެ ހާދިސާއެއް މެދުވެރިވެ ނޭވީންގެ 3 މީހަކު ޒަޚަމް ވެއްޖެއެވެ. މިއީ މިއަހަރު އެ އުޅަނދުގައި އަލިފާނުގެ ހާދިސާ މެދުވެރިވި ދެވަނަ ފަހަރެވެ. މިފަހަރު އަލިފާނުގެ ހާދިސާ މެދުވެރިވި ސަބަބަކާއި ތަނެއް ހާމަކޮށްފައެއް ނުވެއެވެ. އެއާރކްރާފްޓް ކެރިއަރ މަރާމާތު ކުރުމަށްޓަކައި މިހާރުވަނީ ނޯރފޯކް ނޭވަލް […]
އެމެެރިކާގެ ޚާރިޖީވަޒީރު އިމްޕީޗް ކުރަން ހުށައެޅުމުގެ މަސައްކަތް ފަށައިފި

މާރޗް 3 ވަނަދުވަހު ދިފާއީ ވަޒީރު ހެގްސެތު ކެޕިޓްލް ހިލްގައި ކޮންގްރެސްއަށް ހަނގުރާމައިގެ މައުލޫމާތު ދެނީއެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު އިމްޕީޗްކުރަންޖެހޭ 6 ޝަރުތެއް ޑިމޮރެޓުން ބަޔާންކޮށް ހުށައަޅައިފިކަމަށް ސީ ބީ އެސް ނިއުސްއިން ބުނެފިއެވެ. މި ކަމުގައި އެންމެ އިސކޮށް އުޅެނީ އެރިޒޯނާގެ ރިޕަބްލިކަން ސެނެޓަރ ޔާސްމީން އަންސާރީއެވެ. އެމެރިކާގެ ކޮންގްރެސްއަށް އެންމެ ފުރަތަމަ އިންތިޚާބު ކުރެވުނު އީރާން ނަސްލަށް ނިސްބަތްކުރެވޭ ސެނެޓަރއަކީ ޔާސްމީން އަންސާރީއެވެ.އަންސާރީ ހުށައަޅާފައިވާ ޝަރުތު ތަކުގެ ތެރޭގައި ހިމެނެނީ:ހ. ކޮންގްރެސްގެ […]
މަޝްވަރާތަކުގައި ރައީސް ޓްރަމްޕް ގެންދަވަނީ ނައިބުރައީސްގެ ފެންވަރު ބަލަމުން

އެމެރިކާގެ ނައިބު ރައީސްގެ ހައިސިއްޔަތުން ޖޭ ޑީ ވޭންސް އީރާނާއެކު ކުރަމުންގެންދާ މަޝްވަރާތަކުގެ ނަތީޖާއާ ބެހޭ ގޮތުން ރައީސް ޑޮނާލްޑް ޓްރަމްޕް އިތުބާރުކުރައްވާ ވަރަށް ޚާއްސަ ބޭފުޅުންގެ ރައުޔު ހޯއްދަވަމުންގެންދަވާކަން މައުލޫމާތު ލިބެފައިވާ ތިން މީހަކު ސީ އެން އެން އަށް ކިޔާދީފިއެވެ. ޕާކިސްތާނުގައި މަޝްވަރާތައް ކުރިއަށް ދިޔައިރު ވަރަށް ގިނައިން ރައީސް ގެންދެވީ ނައިބު ރައީސަށް ފޯނުން ވާހަކަ ދައްކަވަމުންނެވެ. ހަމައެއާއެކު ނައިބު ރައީސްގެ ހުނަރާ ދޭތެރޭ މުޝީރުންނާއި އަދި ޚާއްސަ ބޭފުޅުން ދެކޭގޮތްވެސް ގެންދެވީ […]
މަސްތުވާތަކެތި ބޭނުންކޮށް ޖުވާ ކުޅެމުންދިޔަ 38 ބިދޭސީން ޑީޕޯޓުކުރަނީ

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގައި ޑްރަގް ބޭނުންކޮށް ޖުވާ ކުޅޭ ބޮޑު ގްރޫޕެއް ހޯދައި، ޑީޕޯޓު ކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ މަސްތުވާތަކެތި ގެންގުޅުމާއި އޭގެ ބޭނުންކުރުމުގެ އިތުރުން، ޖުވާކުޅުންފަދަ ގާނޫނާ ހިލާފު އަމަލުތަކެއް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ގިނަ އަދަދެއްގެ ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، މިފަދަ ކަންކަން ހިންގާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، 2026 […]
އާންމު ދަތުރުތަކަށް ހޮރްމުޒް ކަނޑުއޮޅި ވަގުތީގޮތުން ހުޅުވާލެވިއްޖެ

އިސްރާއީލުން ލެބަނަން އަށް ދެމުންގެންދާ ހަމަލާތައް ދިހަ ދުވަހުގެ މުއްދަތަކަށް ހުއްޓާލުމާ ގުޅިގެން ހޮރްމުޒް ކަނޑުއޮޅި ބައިނަލް އަގްވާމީ ދަތުރުތަކަށް މިހާރު ހުޅުވާލެވިފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އާއި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ އާއި ދެބޭފުޅުންވެސް ހާމަކުރައްވައިފި ކަމަށް އެސޯޝިއޭޓެޑް ޕްރެސްގެ ޚަބަރުގައި ބުނެފިއެވެ. އީރާނުން ހޮރްމުޒް ކަނޑުއޮޅި މިހާރު ހުޅުވައިފިކަން ރައީސް ޓްރަމްޕް ވަނީ އެމަނިކުފާނުގެ ސޯޝަލްމީޑިއާގައިވެސް ޕޯސްޓްކޮށްފައެވެ. އިސްރާއީލުން ލެބަނަންއަށް ދެމުންގެންދިޔަ ހަމަލާތައް ހުއްޓާލާފައި އޮންނަ މުއްދަތުގައި ހޮރްމުޒް ކަނޑުއޮޅި […]